ރ. ދުވާފަރުން މިއަދު ކަރަންޓްގެ ހިދުމަތް މެދުކަނޑާލަން ނިންމާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

އެ ކުންފުނިން ނެރުނު ނޯޓިސްއެއްގައި ބުނީ އެ ކުންފުނިން ރ. ދުވާފަރުގައި ފޯރުކޮށްދޭ ކަރަންޓްގެ ހިދުމަތް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް އެކި ފޭސްތަކަށް ބަހާލައިގެން ކުރަމުންދާ ކަމަށެވެ.

އެގޮތުން ޕެނަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް މިއަދު ހެނދުނު 11:30ން ހަވީރު 16:30ށް މުޅި ރަށުން ކަރަންޓްގެ ހިދުމަތް މެދުކެނޑޭނެ ކަމަށެވެ. މިފަދައިން ގަޑި ކަނޑައަޅާފައި ވީނަމަވެސް މަސައްކަތް ނިމުނުހާ އަވަހަކަށް ކަރަންޓްގެ ހިދުމަތް އަލުން ފޯރުކޮށްދޭނެ ކަމަށް ވަނީ ބުނެފައެވެ.

ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. ރާއްޖޭގެ 19 ރަށެއްގައި ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އެއްބަސްވުންތަކުގައި މިދިޔަ އަހަރު ޑިސެމްބަރުގައި ވަނީ ސޮއި ވެސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހޯބޯ

    ކޮންމެ ހަފްތާއަކު އެއް ފަހަރު ކުރަން ޖެހޭ ކަމެއް އެއީ ދުވާފަރު ގަ ..
    ކުރީގެ ވަގު މެންބަރު އަސްމާއިލް ބުނީ ތިމަން ދައުރު ހުންނާނީ މައްސަލަ ނުޖެހި..ފޮނި ކުރާތީ ދުވާފަރުން ބުނީ ވަގެއް ހެވޭ