އިންޑިއާގެ ހަވާދެއް ކަަމަށްވާ "އެވަރެސް" އަދި "އެމްޑީއެޗް" ބްރޭންޑްގެ ހަވާދުު ބައެއް ބާވަތްތަކުގައި އެތިލީން އޮކްސައިޑް (އީޓީއޯ) ހުރިކަމަށް ބުނެ ސިންގަޕޯރ ފުޑް އެޖެންސީ އަދި ހޮންގކޮންގ ސެންޓަރ ފޮރ ފުޑް ސޭފްޓީން އެ އުފެއްދުން ބޭނުން ނުރުމަށް އިލްމާސްކޮށް، އަސަރުކޮށްފައިވާ މި ބްރޭންޑްގެ ބާވްތައް ބާޒާރުން ނެގުމަށް އަންގައިފިއެވެ.

އީޓީއޯއަކީ ކެންސަރަށް މަގުފަހިކޮށްދޭ ކެމިކަލެކެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ވިދާޅުވީ އީޓީއޯއަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ފިއުމިގޭޓް ކުރުމަށް ބޭނުން ކުރާ ކެމިކަލްއެެއް ކަމަށެވެ. ނަމަވެސް ސިއްހަތަށް ކޮށްފާނެ ނޭދެވޭ އަސަރަށްޓަކައި މި ކެމިކަލް ކާބޯތަކެތީގެ އުފެއްދުންތަކުގައި ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށް ވިދާޅުވެފައި ވެއެވެ.

އެމްއެފްޑީއޭއިން ވިދާޅުވީ މި ހަވާދަކީ ރާއްޖެއަށްވެސް ގިނަ އަދަދަކަށް އެތެރެކޮށް ބޭނުންކުރަމުންދާ ހަވާދުގެ ބާވަތެއް ކަމުން، ރާއްޖެެއަށް އެތެރެ ކުރާ މި ބްރޭންޑްގެ އުފެއްދުންތަކުގެ ހިރާސް ދެނެގަތުމުގެ މަސަައްކަތް ކުރަމުންދާ ކަމަށެވެ.

އެހެންކަމުން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން މި ދެ ބްރޭންޑްގެ ހަވާދުގެ ބާވަތްތައް ރާއްޖެއަށް އެތެރެ ކުރުމާއި، ވިއްކުމާއި ބޭނުން ނުކުރުން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަމޫ

    ަހަވާދު ޕެކެޓުގެ ފޮޓޯ ވެސް ލީނަމަ

  2. ގެރިބީފް

    މަށަކު ވާ އިންޑިޔާގެ އެއްވެސް ކާނާ އެއް ނުގަންނަށް ޙާއްސަކޮއް ތައްޔާރީ ބާވަތްތަށް ޕީނަޓްބަޓަރު މާމުއި ހާވާދު ކައްކާތެޔޮ ކުކުޅު ވެސް ހާލާލު ވުމާމެދު ސައްކުވޭ. އިންޑިޔާ މީހުން ކޮންމެފަދަ ކަމެތްވެސް ކޮއްފާނެ ކަން ފެނޭ ކުރައިމް ޕެޓްރޯލް އެޕިސޯޑް ތަކުން.

  3. މަސާލާ މޭން

    ޢަސްލީ މަސާލޭ ސަޗް އެމްޑިީއެޗް އެމްޑީއެޗް

  4. ލޮލް

    ސިންގަޕޯ އިން މި މި ދިރާސާކޮށް ބޭން ކުރީމަ ކޮޕީ ކުރި ވާހަކަ ބުނަން ލަދު ގަންނަނީ ތަ؟

  5. Anonymous

    ޖީ 8 ގެ ކޮންފަރެންސު ބާއްވައިގެން ތިޔަކަންތޯ އިންޑިޔާއިން ކުރަނީ ، ތިޔައީ ޑިވޮލަޕް ތޯ ، އިންސާނުނަށް ގެއްލުން ތަކެތި އުފައްދަނީ !

  6. ދޯ

    ފުއްޕާމޭގެ ކެންސަރަށް މަގުފަހި ވާތީ ސިނގިރޭޓާ ދުންފަތް މަނާކުރަން ކެރޭނެތަ؟

  7. ައަލީ

    ކެންސަރު ގިނަވީމަ ފައިދާވަނީ އިންޑިޔާއަށް އެހެންވެ ގަސްތުގަ ކުރާކަންތައް.

  8. Anonymous

    ޝޭމް ޝޭމް އިންޑިޔާ ! ހީވެސް ނުވޭ! ހީވެސް ނުވޭ !