ރާއްޖޭގެ ޒަކާތު ހައުސް ތަރައްގީ ކުރުމާއި ގުޅޭގޮތުން ކުވައިތުގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ޑރ، މާޖިދު ސުލައިމާން އަލްއާޒިމީ މަޝްވަރާ ކުރައްވައިފިއެވެ.

ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ކުވައިތުގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ޑރ މާޖިދު އާ ބައްދަލު ކުރައްވާފައެވެ.

އެ ވުޒާރާއިން މައުލޫމާތު ދެއްވިގޮތުގައި މި ބައްދަލުވުމުގައި މަޝްވަރާކުރީ ރާއްޖޭގެ ޒަކާތު ހައުސް ތަރައްގީކުރުމާއި މުވައްޒަފުންނާއި ޝަރީއާ ބޯރޑް ތަމްރީނު ކުރުމާއި ޒަކާތުގެ ބެހެނިވެރިންގެ ޝަރުއީ މިންގަނޑުތަކާ ބެހޭގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީގެ 116 ވަނަ މާއްދާއިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު 'ދިވެހިރާއްޖޭގެ ޒަކާތު ހައުސް' އުފެއްދެވީ 18 ޑިސެމްބަރ 2023ގައެވެ. އަދި މި އަހަރު ޖެނުއަރީ 2 ވަނަ ދުވަހު އެމަނިކުފާނު ވަނީ 'ދިވެހިރާއްޖޭގެ ޒަކާތު ހައުސް' އިފްތިތާހްކޮށްދެއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެކަޑަމީ

    އެއްކޮޅުން ނަސީރު ބުނަނީ މުއިއްޒު ޒަޢާމަތުގައި ދިވެހިބަސް ވަރުގަދަވާނެ ވާހަކަ. އަނެއްކޮޅުން ޝަހީމު މިއުޅެނީ ޒަކާތު ހައުސްއެއް ހަދައިގެން. މީގެ ކުރިން ޝަހީމު ޒަކާތަށް ކިހިނެއް ހެދީ؟

    • އަލޮމް މިއާ

      ތަފާތު ދެކަމެއްގެ ވާހަކަ ތިބުނީ
      ޒަކާތުގެ މުހިންމުކަން ދަނެގެން ކޮމެންޓުކުރުންއެދެން
      "ޝަހީމު ޒަކާތް" ކިޔާ ޒަކާތެއް ނޫޅޭ

  2. މަށްލާ

    ސާބަހޭ ޑޮކުޓަރ ޝަހީމް ސާބަހޭ ޑޮކުޓަރ ރައީސް މުއިއްޒު ގައުމާއިގެން ކުރިއަށް ވަޑައިގަންނަވާ ތިޔައީ ދެފަހުލަވާނުން މިގައުމު ތަރަށްގީ ކުރެވޭނީ ތިފަދަ ލަޔާގަތާއި ގާބިލިއްޔަތު ވެރިންނަށް އަލްހަމްދުލި ﷲ ޝުކުރު.