މެެއި މަހުގެ އެއް ވަނަ ދުވަހު ފާހަގަކުރާ މޭޑޭ ނުވަތަ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ރެލީއެއް ބާއްވަން ނިންމައިފިއެވެ.

މޯލްޑިވްސް ޓްރޭޑް ޔުނިއަން ކޮންގްރެސް އިން މިއަދު ބުނީ މަސައްކަތްތެރިންގެ ދުވަހު ރެލީއެއް ބާއްވަން ނިންމާފައިވާ ކަަމަށެވެ. އަދި މި ރެލީގައި އެކި ޖަމިއްޔާތަކާއި އާއިލާތައް ބައިވެރިވުމަށް ދައުވަތު ދީފައިވާއިރު، ކަންބޮޑުވުންތަކުގެ އަޑު އުފުލާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ކޮންމެ އަހަރެއްގެ މެއި މަހުގެ ފުރަތަމަ ދުވަހަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މަސައްކަތްތެރިންގެ ހައްގުތަކުގެ އަޑު އުފުލަން ބޮޑެތި ހިނގާލުންތައް ބާއްވާ ދުވަހެކެވެ.

މިހާރު ރައްޖޭގައި އިންޑަސްޓްރިއަލް ރިލޭޝަންސްއާ ގުޅޭ ބިލެއް ވަނީ ފާސްކޮށްފައެވެ. މި ބިލުގައި ގާނޫނުއަސާސީގެ ދަށުން ލިބިދޭ މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފެއްދުމާއި، އެފަދަ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމާއި ނުވުމުގެ ހައްގު ކުރިއަރުވައި އެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ކުރާނެ ކަންކަން ބަޔާންކޮށްފައިވެއެވެ. އަދި އެ ހައްގު ލިބިދެވޭނެ ދާއިރާ އެކަށައެޅުމާއި، މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް އުފެއްދުމާއި އެފަދަ ޔޫނިއަންތައް ހިންގުމާގުޅޭ އުސޫލުތައް މިބިލުގައި ހިމަނާފައި ވެއެވެ.

އޭގެ އިތުރުން މި ބިލުގައި މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ ދެމެދުގައި އުފެދޭ މައްސަލަތަކާއި ދެބަސްވުންތައް ހައްލުކުރުމާގުޅޭ އުސޫލުތަކާއި، ޓްރޭޑް ޔޫނިއަންތަކާގުޅޭ އެނޫންވެސް ކަންކަން އިންތިޒާމު ކުރުމުގެ އުސޫލުތައް ބަޔާންކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮޔާ

    މަގުމަތި ހަލަބޮލި ކުރަންނޫޅެ ގެއަށް ދޭ

    2
    1
  2. އަލިބެއްޔާ

    ކޮބާތަ ށޭހު އިމުރާނު އެއީދޯ މޭޑޭގެ ލީޑަރަކީ

    1
    1
  3. އަޅި އަލި

    އެމްޑީޕީ ވެރިކަމުން ވެއްޓޭއިރަށް އުފަންވާ ބައިގަނޑެއްތިޔާއީ! މިދިޔަ ފަސް އަހަރު ނިދާފަ!

    4
    1
    • ޙަމް

      ބުރޯ ކައޭ އުޅެނީ މި ގައުމުގަތަ؟

      1
      2
      • ބަކުރު

        ކައެ ގޭގަތަ އުޅެންވީ؟ ގައްޑާ ވާން ކޮމެންޓުނުކުރައްޗޭ އާޓިކަލް އަށް ކޮމެންޓްކުރާނީ!!