އަނިޔާވެރިކަމާ ބެހޭގޮތުން، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމުގެ އަނބިކަނބަލުން، ނަސްރީނާ އިބްރާހީމް، މިއަދު މީސް މީޑިޔާގައި އާއްމުކުރެއްވި ބައެއް ވާހަކަތަކަށް، ނައިފަރު ދާއިރާގެ މެންބަރު، އަޙުމަދު ޝިޔާމް ރައްދު ދެއްވައިފިއެވެ.
މިއަދު ޕީޕީއެމް އިން ބޭއްވި ޕްރެސް ކޮންފަރެންސް އެއްގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ޝިޔާމް ވިދާޅުވީ، ރައްޔިތުންނަށް އަނިޔާ ލިބިފައި ހުރީ ކޮން އިރަކުންކަންވެސް އެނގޭކަމުގަޔާއި އެއީ ކޮން ވެރިކަމެއްގައިކަންވެސް، ރައްޔިތުންނަށް އެނގޭކަމުގައެވެ.
"އަޅުގަނޑުމެން މިއަދު ތަފާތު އެކި ސޯޝަލް މީޑިޔާގެ ތަފާތު އެކި ޒަރީއާއިން، އެބަ އަޑުއިވޭ ހަމަ ކުރީގެ ވެރިކަން ކުރެއްވި ބޭފުޅެއްގެ އަނބިކަނބަލުން ހަމަ އަނިޔާވެރިކަމުގެ ވާހަކަ ދައްކާއިރު އަޅުގަނޑުމެންގެ ޕީޖީ ލީޑަރު ދެން ވަރަށް ރަނގަޅަށް ވިދާޅުވެއްޖެ، އަޅުގަނޑުމެންގެ ތެރޭގައިވެސް އެބަތިބި، ދުނިޔޭގައި ތިބި މީހުން، އެއަނިޔާވެރީ ކޮން ހިސާބެއްގަތޯ، ނުވަތަ ކޮން ސަރުކާރެއްގައިތޯ ދިރިއުޅުމުގެ ކިހާ ހިސާބެއްގަތޯ." އޭނާ ވިދާޅުވިއެވެ.
މީގެއިތުރުންވެސް، ޝިޔާމް ވިދާޅުވީ، ނަސްރީނާ އަކީ އަނިޔާވެރިކަމުގެ ވާހަކަ ދައްކަން ނުވަތަ އަނިޔާވެރިކަން ނިންމުމުގެ ވާހަކަ ދައްކަން އެންމެ އެކަށީގެންވާ ބޭފުޅާ ނޫންކަމުގައެވެ. އަދި، އެކަން އެނގޭ އެތައް ރައްޔިތުންތަކެއް މިއަދުވެސް ދުނިޔޭގައި ތިބިކަމަށާއި، އޭގެ ތެރޭގައި ޒުވާނުންވެސް ތިބިކަމަށް މެންބަރު ފާހަގަކުރެއްވިއެވެ.
"އެމީހުންނަށް އަނިޔާ ލިބިފައި ހުރީ އަޅުގަނޑުމެންގެ ދިވެހި އާއިލާތަކަށް، އާއިލާތަކުގެ އެބަ ތިއްބެވި ބައްޕައިން، މަންމައިން އަދިވެސް ހަމަ މި ދެންނެވިހެން، ސާޅީހުގެ އަހަރުތައް ގުނަމުންދާ ހަމަ ވަރަށް ގިނަ ޒުވާން ބައްޕައިންވެސް މީގެ ތެރޭގައި އެބަ ހިމެނޭ. އެހެންވީމާ އަނިޔާވެރިކަމުގެ ވާހަކަ ދައްކާ، އަނިޔާވެރިކަން ނިންމާ ވާހަކަ ދައްކަން އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެއީ އެންމެ ރަނގަޅު ބޭފުޅާކަމަކަށް. އިނގޭތޯ." ނައިފަރު ދައިރާގެ މެންބަރު ފާހަގަކުރެއްވިއެވެ.
މި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޝިޔާމް އިތުރަށް ވިދާޅުވީ، ފެބުރުވަރީ އަށްވަނަ ދުވަހު، އެމްޑީޕީ އިން ދިން އަނިޔާތަކުން އަދިވެސް އަރައި ނުގަނެވޭކަމުގައެވެ. އަދި، އެދުވަހުގެ ލަކުނުތައް އަދިވެސް ލައިފައިވާކަމަށް ވިދާޅުވިއެވެ. އެދުވަހު އެތައް ޕޮލިސް ސްޓޭޝަނަކާއި ކޯޓުތައް އަންދާލުމުން، އާއްމުންގެ އެތައް އެއްޗެއް ގެއްލިގެން ދިޔަކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އިބްރާހީމް މުޙައްމަދު ޞާލިހު (އިބޫ) ރަށްރަށަށް ވަޑައިގެން، ގިނަ ވައުދުތަކެއް ވެވަޑައިގަންވަމުންދާކަމުގައެވެ. އަދި، އެކަންކަން ނޫސްތަކުން ސުރުޚީތަކުން ފެންނަކަމަށާއި އެހެންނަމަވެސް، އެއީ އެއްވެސް ރޭވުންތެރިކަމެއް އޮވެގެން ކުރައްވާ ކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ. އަދި، ރައީސް ޔާމީން އެކަންކަން ކުރައްވަމުންދަނީ ރޭވުންތެރިކަމާއެކު ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިއަދު ޕޯޑިއަމްގައި މި ދައްކާ ވާހަކަތައް އަޑުއަހައިން، ރައްޔިތުން ދޭނެ ވޯޓެއް އަޅުގަނޑަކަށް ހިއެއް ނުވޭ އޮންނާނެ ހެންނެއް އިބްރާހީމް މުޙައްމަދު ޞާލިހަކަށް." އޭނާ ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރު ދެއްކުމަށް އެމްޑީޕީން އެތައް މަސައްކަތެއް ކުރަމުންދާކަމުގައެވެ.
2018 ޔާމިން ޝަހީމް
ނޭންގޭތަ މައުމޫނާއި އަންނިއާއި ދެމީހުން އެކަކު އަނެކަކަށް މަޢާފުބކުރިކަމެއް އިސްލާމްދީނަކީމަޢަފު ކުރުމުން ފާފަކެޑޭކަމެއް
ވަރައްބޮޑު ތެދެއް ނަސްރީނާގެ ފިރިމީހާ މީހުން ޖަލައް ލައިގެން މީހުންނައް ކުރިއަނިޔާ ކޮބާ؟ ނިކަމެތި ދަރިންގެ ބަފައިން މީހުންގެފިރިން ނިކަމެތި މައިންގެ ދަރިންނައް ޖަލުގަދިނީ ކޮންފަދަ އަނިޔާއެއްތޯ ތަޅާމެރީ މިހާރު ތިބުނާމައުމޫނު ޖަލުގައެއިނީ އަރަާމުގަ އޭނައައް ވިސްނޭނެބާ ހައްގަކާނުލާ އަނިޔާކޮށް މެރުނީ ކިތައް މީހުން ކަން
މީނަޔާ މީނަކޮއްކޮ މިއީ އަނިޔާވެރިކަމޭ ކިޔަންޖެހޭވަރު ބަޔެއްނޫން... ދަންނަ ނުދަންނަ
ބަލަގަ މައުމޫން ހީއެއް ނުކުރޭ ދޯ މިދުވަސް އަތުވެދާނެ ކަމަކަށް ހީކޮށް ގެންހުރީ ވެރިކަން ކުރެއްވި ގޮތަށް އަބަދުވެސް އުޅެވިދާނެ ކަމަށް ވެރިކަން ކުރެއްވި ބޭފުޅެކޭ ކިޔާފައި އަބަދު އަށްޖަހާ ކަށްނުތިބެވޭނެ 30 އަހަރުން ނުގެނެވުނު ތަރައްޤީ 5 އަހަރުން މިހާރު ވަނީ ގެނެސްފައި އެންމެން 1 ވޯޓް
ނަޞްރީނާފަކީރުވެސް ގަޅަހައްދާލެވިއްޖެތާ ދޯ؟ ގަދަ ބައިގަޑެއް!!!!!
ވަރަށް ސަޅި. ކޮބާތަ އެމް.ޑީ.ޕީ އިން އެބުނާ ، ވަޔަށް، ޖައްވަށް، ފަޒާއަށް ޖެހި ބަޑީގެ ވަޒަންތައް؟ ކިތައްމީހުން މަރުވިތަ؟ ކަމަނާ(ފޯމަރ މެޑަމް) އޭރު ކޮބާ؟ހާދަބަޔަކު ހަމަ އެހާމެ ގިނަ ރޯދަމަސްތަކެއްގައި ތިޔަ ވިދާޅުވާ ޖަލުގައި ހޭދަކޮށްފައި ވާނެއޭ. ތިޔަވަޑައިގެންނެވީ ކޮންތާކު އުޅުއްވާފަ ތޯ؟
ނަސްރީނާ ކައިރީގައި އަހައިބަލަ މީދޫ ޢަޒީ މައުމޫނުގެ ވެރިކަމުގައި ކިތައްފަހަރު ޖލަށްލިންތޯ؟ އަނިޔާއޭ ކިޔަން ލަދެއްނުގަނޭތަ؟
މިއަދުތަ މީހަކު ޖަލައްލެވިގެންމިއުޅެނީ، ނޫނީ އެއީތަހަމައެކަނި މިގައުމުގަ ހުރި ދިވެހިރައްޔިތަކީ، ކިހާދެރަކަމެއް. ކިތައް މީހުން ޖަލުގަ ނުހައްގުން އުމުރުގެ ބޮޑުބައި ހޭދަކޮށްފަ ތިބީ، މިއަދު ނިކުމެ ތިމަންނަމެން ސިޓީނުލާ ތަނެއްނެތޭ ކިޔައިގެން ވާހަކަ ދައްކާއިރު ދުވަހަކުވެސް ވާކަމއެއްނޫން މައުމޫނުގެ ވެރިކަމުގަ ވަކިބަޔަކަށް ނޫނީތަނަކަށް ސިޓީއެއްލައިގެން ޖަވާބެއްލިބުމަކީ..... މިހާރު އިހުސާސް ކުރެވޭވެ އާންމު ރައްޔިތާގެ އިހުސާސް.....
ގާނޫނުއަސާސީގެ 17 ވަނަ މާއްދާގަ ބުނަނީ ތިމާ ފުރި މަގާމަކުން ތިމާގެ ހުރި މުއްސަނދިކަމަކުން ގާނޫނީ ތަފާތު ނުކުރެވޭނެކަމަށް .ދަރި ވިޔަސް ބަފާވިޔަސް އެއްބަނޑު އެއްބަފާ ވިޔަސް އަދި އުމުރަށް ވިޔަސް ބަލާލުމަކާނުލާ ގާނޫނު ތަންފީޒުކުރަންޖެހޭ . ކޮންމެ މީހަކުވެސް ހުންނަންވާނީ ގާނޫނުގެ ދަށުގަ . ގާނޫނުގެ މައްޗަށް އަރައިފިނަމަ ގާނޫނުގެ ދަށަށް ތިރިކުރުމަކީ ގާނޫނުއަސާސީގެ 18 ވަނަ މާއްދާގަ ދަވްލަތުގެ މައްޗަށް ވާޖިބު ކޮށްފައިވާކަމެއް.
ބަލަ ނަސްރީނާ.....
މޑޕ ކުދިން ބުނީ އަނިޔާވެރިޔަކީ މައުމޫނޭ...
ކަލޭގެ ބޭބެ އިލްޔާސޭ....... ޖަލުގަ މީހުންމެރީ މައުމޫނު ބުނެގެންނޭ.. އަހަރެންވެސް ދެކަންފަތުން އަޑުއެހިން މައުމޫނު ޓީވީގައި ބުނި ތިމަންނަ ބުނެގެންނޭ ޖަލުގއި ބަޑިޖެހީ .. އެކަމަކު ފަހުން ހަމަ އެދުލުން ދޯ ބުނީ ތިމަންނައަކަށް ނޭގެެއޭ
ކަލޭގެ ފިރިމީހާއަށް އެލިބެނީ ބަޣާވާތްް ކުރިކަމުގެ ޙައްޤު އަދަބު......
ޢޭނަ މީހުންނަށް ކުރި އަނިޔާގެ ބަދަލު
މީހުން ވޯޓު ނުދިނީމާ ނުހައްގުން މީހުންގެ ވަޒީފާއިންވަކިކޮށް ރަށްރަށަށް އަރުވައި ހެދކަމުގެ ސަޒާ.....
ޢަދި ނޭވާލެވޭނީ ކަލޭގެ ބޭބެ ސަރުކާރުން ވަގަށްނެގި ލާރިގަނޑުގެ ބަދަލު ވެސް ހޯދުމަށްފަހު... ނިކަން މައިތިރިވެގެން އިނދެބަލަ....
ޚަލޭގެ ފަސްޓު ލޭޑީކަމުގަ ކީއްތަ ކުރީ...
ބޮޑާކަމާ ކިބުރުވެރިކަން ނޫންކަމެއަ ނުފެނޭ....
މާ ތަަހިރެެަނޫން އަނިޔާއޭ ކިޔާފަ ނުކުންނާކަށް....
މި ކަމަނާ މި ތެޅިފޮޅެނީ މައުމޫން ހައްޔަރުވީމައެއްނޫން. އެފް.ޕީ.އައި.ޑީ ގެ މައްސަލަ ބަލާނަމޭ ބުނެގެން. ގޯތިމީހުން ބުނެގެން މައުމޫނަށް ވަރަށް އަހުވަ ދެއްކި މީހެއްތިއީ.