ފުލުހުން މަޑުކުރަން އެންގުމުން ދެކޮޅު ހެދި ސައިކަލެއްގައި ފުލުހުން ފައިންޖަހާ ވައްޓާލުމުން، އެކަކަށް އަނިޔާވެއްޖެއެވެ.
އައްޑޫ ސިޓީ ހިތަދޫ، އައްޑޫ ހައި ސްކޫލާއި ދިމާލުން ލިންކް ރޯޑުގައި މި ހާދިސާ ހިނގިއިރު އެ ސައިކަލުގައި އެވަގުތު ދެ މީހުން ތިއްބެވެ. އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން މީހާއަށެވެ. އޭނާ އަށް މިހާރު ދަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
މި ހާދިސާ ހިނގީ ދުއްވާފައި ދިޔަ އެ ސައިކަލުގެ ފަހަތުން ފުލުހުންތަކެއް ސައިކަލެއްގައި ގޮސް އެ ޒުވާނުން ދުއްވަން ތިބި ސައިކަލުގައި ފައިން ޖެހުމުން، ސައިކަލު ކޮންޓްރޯލް ނުވެ ވެއްޓުމުންނެވެ.
މި ހާދިސާގައި ސައިކަލުގެ ފަހަތުގައި ހުރި މީހާއަށްވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވަނީ ލިބިފައެވެ. މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނިގޮތުގައި މި ހާދިސާގައި ސައިކަލް ދުއްވަން ހުރި ޒުވާނާގެ ފައި ވަނީ ބިނދިފައެވެ.
ފުލުހުން ވަނީ އެކްސިޑެންޓު ހިނގުމާއި އެކު އެ ސަރަޙައްދު ބަންދުކޮށް ހާދިސާގެ ތަހުޤީޤު ކުރިޔަށް ގެންގޮސްފައެވެ.
ވެލްޑަން ޕޮލިސް
ކަމެއްވީމަ ދޯ މަޑުކުރަން އަންގަނީ.. މަޑުނުކޮށްފިއްޔާ މަޑު ކުރެވުނު ގޮތަކަށް މަޑުކުރުވަން ޖެހޭނެ. މީގަ މަޖާ ކަމަކީ އެހެން ވައްޓާލީމަވެސް ގޯސްވާނީ ފުލުހުން. އެސޮރު މަޑުނުކޮށް ގޮސް މީހެއްގެ ގަޔައް ވަޅިޖެހިޔަސް ގޯސްވާނީ ދިވެހިން.. އަހަރެން ބޭނުންވަނީ މިޤައުމުގެ ވެރިޔަކަށް ޕިލިޕިންސްގެ ރައީސް ޑުޓާޓޭ ގެންނަން.. ނޭނގޭ ކުދިން ވިކިޕީޑިޔާ އިން ބަލާލާ ކާކުތޯ..
މަވެސް ވަރަށް ތާއީދު ކުރާ ކަމެއް ތީ. އެވަރުގެ އިންޤިލާބެއް ގެންނަންކެރޭ ވަރުގެ ރައީސެއް ނެތް މި ޤައުމަކު
?
ސާބަސް ޕޮލިސް، ތިތިކަން ކުރަންވިގޮތް،
ޕޮލިހުންތިކަހަލަ ކަންތައް ކުރުން މާ ބޮޑަށްވެސް ލަސް ވެއްޖެ ، ސާބަސް ޕޮލިސް ވަރަށް ބޮޑަށް ޝުކުރިއްޔާ
ބަރާބަރު
ޢަދިކިރިޔާ ތި ރަގަޅުވަނީ....ވަކިމީހެތް ނުބަލާ ފުލުހުންގެ ވާޖިބު އަދާކުރަނި ކޮށް ގައުމު ރަގަޅުވެދާނެ...
ތީގަ ގޯސްވާނީ ފުލުސްމީހާ. ހުއްޓަންބުނީމަ މަޑުނުކުރިމީހާގެ ހައްގު ނިކަން ގިނަވާނެ.
މިގައުމަގަ ކުއްވެރިންގެ ހައްގު އެކަނި އޮންނާނީ