ރައްޔިތުން މަޖިލީހުގެ އަށް މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓުގައި ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން އަބްދުﷲ މުހައްމަދު ވަކިވެފައިވާ ކަމަށް ބުނާ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ވަކީލު ވަކާލާތު ކުރައްވަން ފެއްޓެވުމުން އުއްތަމަ ފަނޑިޔާރު ސުވާލު ކުރެއްވި ވަކީލާއި ގޮނޑި ނުގެއްލޭ ކަމަށް ނިންމި ނިންމުން ބާތިލް ކުރެއްވީތޯ އެވެ. ވަކީލް ޖަވާބުގައި ވިދާޅުވީ "އަޅުގަނޑުމެންގެ ނިންމުން ތިބޭފުޅުން ބަދަލު ކޮށްފި" އެވެ.
ވަކީލު އެހެން ވިދާޅުވުމުން އަނެއްކާވެސް އުއްތަމަ ފަނޑިޔާރު ސުވާލުތަކެއް ކުރިމަތި ކުރެއްވެވިއެވެ. އިލެކްޝަންސް ކޮމިޝަންގެ ސްޓޭންޑް ބަދަލު ކުރީތޯ އުއްތަމަ ފަނޑިޔާރު ސުވާލު ކުރެއްވުމުން އިލެކްޝަންސް ކޮމިޝަންގެ ވަކީލު ވިދާޅުވީ ސްޓޭންޑް ބަދަލުކޮށްފައިވާ ކަމަށާއި ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރާ ކަމަށެވެ.
މިއަދުގެ ޝަރީޢަތުގައި އަބުޅޯގެ ފަރާތުން އެދުނީ ޕީޕީއެމްގެ އަސާސީ ޤަވައިދުގެ 20 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަމްބަރުގެ ދަށުން އޭނާ 10 ޖުލައި 2017 ގައި ޕީޕީއެމް އިން ވަކިވެފައިވާ ކަމަށް ނިންމައި ދިނުމަށެވެ.
އަދި ސުޕްރީމް ކޯޓުން ދާދި ފަހުން ނިންމި ހަތަރު މެންބަރުންގެ މައްސަލަ އަށް ރިޢާޔަތް ކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދުގެ ޝަރީޢަތުގައި އެދުނީ އަބުޅޯ ޕީޕީއެމް އިން ވަކިވީ އެޕާޓީގެ ދަފްތަރުން އުނި ކުރި ދުވަސް ކަމަށް ބަލައި ދިނުމަށެވެ.
ޕާޓީ އިން ވަކިވުމަށް އިލެކްޝަންސް ކޮމިޝަންގެ ޕްރޮސެސް ލާޒިމް ވާނެ ކަމަށް ވެސް މިއަދު އިލެކްޝަންސް ކޮމިޝަންގެ ވަކީލު ސުޕްރީމް ކޯޓުގައި ވިދާޅުވިއެވެ.
އަބުޅޯގެ ގޮނޑި އާއި މެދު އުފެދިފައިވާ ހިލާފުތަކުގެ މައްސަލައިގެ އަޑުއެހުން މިއަދު ވަނީ ނިންމާލާފައެވެ. ދެން މިމައްސަލައިގައި އޮންނާނީ ޙުކުމް ކުރުން ކަމަށާއި ޙުކުމް ކުރަން ވަރަށް އަވަހަށް އަޑުއެހުމެއް ބާއްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު މިއަދު ވިދާޅުވިއެވެ.
ގޮނޑި ގެއްލުނު ކަމަށް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމްގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ވަނީ މިހަފްތާގައި ހުކުމްކޮށްފަ އެވެ.
އީސީގެ ނިންމެވުމަކީ، އީސީގެ ފަރާތުން އަނބުރާ އަތުލެވޭނެ ނިންމުމެއްތޯ ސުވާލުއުފެދެއެވެ. އެހެނީ، އީސީގެ ނިންމުމަކީ، ގޮނޑި ގެއްލިފައިވާ ކަމަށް އީސީގެ ފަރާތުން މަޖިލީހުގައި ދަންނަވާފައިވާ އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭކަމަށް ނިންމި ނިންމުމެވެ.
ގޮނޑިއާއި މެދު ޝައްކު އުފެދިފައިވާ މައްސަލަތަކުގައި އީސީއިން އެކަމުގައި އެއްވެސް އެއްޗެއް ނުބުނެވޭނެ. އެކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުން އެކަން އެވަނީ ގޮތެއް ނިމިފައި.
ހޯ ހޯ ނުވާނެތިކަމެއް!