ނިމިދިޔަ ރިޔާސީ އިންތިހާބު ބާތިލްކުރަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ ހިޔާލީ ފަލްސަފާގައި މަދުވަނީ ހަމައެކަނި "އުދުހޭ މުސައްލައެއް" ކަމަށް ސަރުކާރާ އިދިކޮޅު ކޯލިޝަންގެ ފަރާތުން މައްސަލައަށް ތަދައްހުލްވެފައިވާ ފަރާތްތަކުގެ ވަކީލް ހިސާން ހުސައިން މިއަދު ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.
މި މައްސަލައިގައި މާދަމާ ސްޕްރީމް ކޯޓުގައި ބެއްވުމަށް ހަމަޖެހިފައިވަނީ ފަހު އަޑުއެހުންކަން އިއުލާން ކުރައްވާފައިވާއިރު، މިއަދުގެ އަޑު އެހުމުގައި ފަހު ބަސް ބުނުމަށް ދެއްވި ފުރުޞަތުގައި ހިސާން ވިދާޅުވީ، ރައީސް ޔާމީން ސްޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ ހިޔާލީގޮތުން އުފައްދާފައިވާ ފަލްސަފާއެއް ކަމަށެވެ.
ހިސާން ވިދާޅުވީ، މައްސަލައިގައި މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ލިޔެވޭ އަނގޮށްޓިއެއްގެ ވާހަކައާއި، ދެލި ފުހެވޭ ގަލަމެއްގެ ވާހަކަ އަދި އާދަޔާ ހިލާފު ކަރުދާސްތަކެއްގެ ވާހަކަ ކަމަށާއި، މިއީ ވޭތުވެދިޔަ ފަސް އަހަރު ކަންތައް ކުރެއްވުނު ގޮތުން، އެކަންކަމަށް ރައްޔިތުން ނުރުހި 134000 އަށްވުރެ ގިނަ ރައްޔިތުން ނޫނެކޭ ބުނުމުން އުފެދިފައިވާ މައްސަލައެއް ކަމަށެވެ. އަދި މިއީ ރިޔާސީ އިންތިޚާބުގައި ބަލިވުމުން އުފަންވި މައްސަލައެއް ކަމަށްވެސް ހިސާން ވިދާޅުވިއެވެ.
ހިސާން އިތުރަށް ވިދާޅުވީ، މިއީ ރިޔާސީ އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރެގެން ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް ނޫން ކަމަށާއި، މިއީ އިންތިޚާބުގައި ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީއާ ގުޅިގެން އުފެދުނު "އުދާސްތައް" ކަމަށެވެ. އަދި މިފަދަ އަސްލެއް ނެތް ވަހުމާއި، ހިޔާލީ ވާހަކަތަކުގެ ސަބަބުން "ޞައްޚަ" ރިޔާސީ އިންތިޚާބެއް ބާތިލް ކުރަން ނުޖެހޭ ކަމަށްވެސް ހިސާން ވިދާޅުވިއެވެ. އަދި ހަމައެއާއެކު ރިޔާސީ އިންތިޚާބު ބާތިލް ކުރަންޖެހޭ ޤާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހިސާންގެ މި "މަޖާޒީ" ވާހަކަތަކާއެކު ރައީސް ޔާމީންގެ ޤާނޫނީ ޓީމުގައި މިއަދު އިސްކޮށް ވަކާލާތު ކުރެއްވި އައްބާސް ޝަރީފް ވަނީ ހިސާންގެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އައްބާސް ޝަރީފް ވިދާޅުވީ، "އުދުހޭ މުސައްލައޭ" ކިޔައިގެން ވާހަކަ ދައްކަނީ މި ތުހުމަތުތައް އެބޭފުޅުން ހިތްހަމަ ނުޖެހޭ ދިމާލަކުން ކުރާތީ ކަމަށެވެ.
އައްބާސް ވިދާޅުވީ، މިއަދު ޖޯކަކަށް ހެއްދެވި ނަމަވެސް ރިޔާސީ އިންތިޚާބުގެ ކުރިން މި ތުހުމަތުތައް ކުރަމުން ދިޔައީ ރައީސް ޔާމީނާ ވާދަވެރި ސިޔާސީ ފަރާތްތަކުން ކަމަށާއި، އެފަރާތްތަކުގެ ތުހުމަތުތަކާ ގުޅިގެން ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް "އަމިއްލަ ގަލަމެއް" ބޭނުންކުރުމަށް އީސީންވެސް އިލްތިމާސް ކުރައްވާފައިވާ ކަމަށެވެ.
ހަމައެއާއެކު މި ތުހުމަތުތައް އެއީ އެންމެ ހައްސާސް ކަންކަމަށް ހަދައިގެން އިންތިޚާބުގެ ކުރިން ކޯލިޝަނުގެ ފަރާތްތަކުން ކެމްޕޭންވެސް ކުރައްވާފައިވާ ކަމަށާއި، ނަމަވެސް އެ ތުހުމަތުތައް މިއަދު އަނެއް ކޮޅަށް ފުރޮޅުމުން އެދުވަހު އެބޭފުޅުން ދެއްކެވި ވާހަކަތައް "ފްލޯކަކަށް" ހެދީ ކަމަށް އައްބާސް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކަށް ރައްދު ދެއްވަމުން އައްބާސް އިތުރަށް ވިދާޅުވީ، "ދެލި ފުހެވޭ ގަލަމެއް" އިލެކްޝަންސް ކޮމިޝަނުން ގެނެސްފައިވާކަމަށްވެސް އިދިކޮޅު ފަރާތްތަކުން ކުރިން ބުނެފައިވާ ކަމަށެވެ. ނަމަވެސް އެބޭފުޅުން ބޭނުންފުޅުވާ އަދަދުތަކެއް ނަތީޖާގައި ޖައްސަވައިދެއްވުމުން ގަލަމުގެ ވާހަކަ ޖޯކަކަށް ހެއްދެވީ ކަމާމެދު އައްބާސް ވަނީ ސުވާލު އުފައްދަވާފައެވެ.
މި މައްސަލައިގެ ދެވަނަ އަޑު އެހުން މިއަދު ނިންމާލާފައިވާއިރު، މި މައްސަލައަކީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ނުބެލޭނެ މައްސަލައެއް ކަމަށް ވިދާޅުވެ، އިލެކްޝަންސް ކޮމިޝަނުން އަދި ކޯލިޝަނުގެ ވަކީލުން ވަކާލާތު ކުރެއްވި ނަމަވެސް، މި މައްސަލައަކީ ސްޕްރީމް ކޯޓަށް ބެލޭނެ ދުސްތޫރީ މައްސަލައެއް ކަމަށް މިއަދު އެ ކޯޓުން ވަނީ ކަނޑައަޅުއްވާފައެވެ.
މި މައްސަލައިގައި ރައީސް ޔާމީން ހުށަހަޅުއްވާފައިވާ އިޖުރާއީ ކަންކަމަށް ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އަޑު އެހުމުގައެވެ.
ހިސާނޫ ދެން ލަލަލާ
މިދައިތަގެ މަދީ ދެ ދަޅު
ރަނގަޅުވާހަކައެއް
ނަސީބެއްނު (މަދުވަނީ) އަންހެނެއްގެ ނަމާދުދޮޅި އަކަށް ނުވީކަން.....
އަދި އެކަތި މަދު! ނަސެންދުރަ ޕެލަސްގެ ސީލިންގ މަދު! 2013 ވަނަ އަހަރު މައުމޫނަށް ލިބުނު ވޯޓުތަކަށް ވަގުހެދުމުގެ ގޮތުން އެ ތަކެތި ހުރީ ނަސެންދުރަ ސީލިންގ ތެރެއަށް އަޅާފައި. އެކަމަކު މިހާރު ނަސެންދުރަ ސީލިންގ ނެތުމުން އެ މަކަރެއް ނެހެދޭނެ!
ހިސާނުއަށް މިސާލެއް ޖެއްސެވުނަސް ޖެއްސެވެނީ މުސްލިމުންނަށް ރައްދުވާ އެއްޗެހިނުން ޖޯކު ނަންގަވާގެންކަން ވަރަށް ގިނަ ފަހަރަށް ފާހަގަވޭ.. އުދުހޭ ކާޕެޓް ނޫނީ އުދުހޭ ކުނަލެކޭ ބުނަންވީނު.. ލާދީނީކަން ކަމަނާގެވެސް ތިހުންނަނީ ބޮލުން މައްޗަށް ކައިވަތަކަށް އަރާވިއްޔަ..
ރިޔާސީ އިންތިޚާބުގައި ބަލި ގަބޫލުކުރުން އެއީ ކުރަން ޖެހޭނެ ކަމެއް އެކަމަކު އޭގެ މާނަ އެއް ނޫނޭ އެއީ އިންތިޚާބަކީ ސައްހަ ވޯޓް ލައިގެން އެފަދަ ކެންޑިޑޭޓަކު ބަލިވީ ކަމަށް ގަބޫލުކުރުން އޭގެ މާނައަކީ ކޮސްމެޓިކްސް އިންތިޚާބުގެ ނަތީޖާ އަކީ އެއީ އެނަތީޖާ އޭގެ ޒާތަށް ބަލާ ދުނިޔެ ކުރިމައްޗަށް ނެރޭ ނަތީޖާ ކަމުން އެނަތީޖާ ގަބޫލުކުރުމޭ އެކަމަކު އެއީ ރިޔާސީ އިންތިޚާބެއްގެ ހަގީގީ ވޯޓްލިމީހުންގެ ނަތީޖާ އެއް ނޫނޭ ދެން ގަލަމުގެ ވާހަކަ ދެއްކުމުން ޝަރީފް އެއްޗެކޭ..
ސައިފްރަސް ގެފާނު ވާހަކަ ޚިޔާލަށް އަންނަނީ
ޙިސާންގެ ބުރުގާ ނޫންތަ މަދީ
އިންތިޚާބު ބާޠިލުކުރުމަށް އެދެމުންދާ ބޮޑު މައްސަލާގެ ދާއިރާ ފުޅާވަމުން ފުޅާވަމުންގޮސް
އަތްފޯރާފަށުން ބޭރުވެއްޖެނަމަ، އެއީ މިރާއްޖެއަށް ލިބޭ ވަރަށްބޮޑު ދެރައަކަށްވާނެއެވެ.
މިދައިތަ ވަރަށް އުދުހޭ މުސައްލައެއްގަ އުޅޭހިތްވޭ ކަންނޭގެ؟
މިސާލު ޖަހަން އެނޫން އެއްޗެއް ހިތައް ނޭރީތަ. ލަދުކޮބާތަ މަންޖެ
ދޭބަލަ މުސައްލަ ހިފައިން ނަމާދު ކުރަން. ބުރުގާ ހަދާން ނައްތާ ނުލައްެޗޭ.
ދީނަށް ފުރައްސާރަ ނުކޮށް ނުހުރެވޭ....
އެބުނާހެން ކަލޭގެ މަދީ ނަގުލަކާ ދެދަޅާ.
މަންޖޭ...! އުދުހޭ ނުހުންނާނެ މުސައްލަ އެއް. އުދުހޭ ދޫލަހުންނާނީ.
ކަލޭމެން ރީނދޫ މީހުންނާ ޖެހުނު ކަމެއްނަމަ އެކަން އެނގުނީސް. އެއިރުން. ކަލޭމެން ތަދައްޚުލުވާން ކޯޓަށް ދާނީވެސް އުދުހޭ ދޫލަމަތީގަ.
ލާދީނީ އަންހެނެއްމީ... މީ ބޮޑުވަގެއް... މީނަ މިހުރީ ދީނައް ފުރައްސާރަ ކޮށްފަ ... މީނަ ހައަޔަރުކުރަންޖެހޭ
އުދުހޭ މުސައްލައޭ ގުރުއާނޭ ކިޔާނެ ކަމެއް ނެތް މިލަގަނޑު. ކަލޭމެންގެ ބަހުލޫލު ކުރީގަ ގޮވަމުން އައި ކަލޭމެން ކުރަން ރޭވި ހުރިހާ ކަމެއްގެ ވާހަކަ. މިހާރު އޭތި އަނގަޔަށް އެއްޗެއް ކޮއްޕާ ކަރުގަ ހިފާފަތަ މީހަކު އެހެރަ ފެންނަނީ. ބުނެބަލަ މިހާރުވެސް ކިޔާބަލާށޭ އޭރު ކީ ބަނދިވަރުތައް. ލަދެއްނުގަނޭ އާލާތްގަނޑު. ބޮޑު ވަގުންތަކެއް. ޓެރަރިސްޓުންތަކެއް. ބާޣީންތަކެއް.
ގަޔަށް ބާރު ރީނދޫ ޓީޝާޓް ގަނޑެއް މަދެއްނޫންތަ ދައިތާ، ހެހެހެ އޮރިޔާމުން ކަލޭމެން ތިބޭއިރުވެސް ކަންނެލި އޮޑިފަހަރުގެ ވެރިން އެތިބެނީ މާތިއްތިކަމަށް ބަލަން، ހޮޑުލަވާ ކަލޭމެން ފެނުނަސް
ޔާމީނުގެ ބޮލުތެރެއަށް ވަނީ އިބުލީސް ވަދެ ސަވާރުވެ މުޅިން އޭނާ އޮޅުވާލާފައި ހުރިހާ ހެޔޮވިސްނުން ގެއްލި ނިިމިއްޖެ ހަލާކު ހަމިއްލަޔަށް ލިބިގަންނާނެ.
މި ހިސާން މިދައްކަނީ ޝަރީޢަތެއްގައި ވަކީލަކު ދައްކަހަލަ ވާހަކައެއްނޫން! ވަކީލުން އަބަދުވެސް ވިސްނާނީ ހެކިހޯދައި މައްސަލަ ކާމިޔާބު ކުރޭނެގޮތްތައް ހޯދުމަށް! މީނަ މައްސަލަ ހުށަހެޅި ފަރާތައް މުޅިންވެސްދެނީ ހަމަލާ އެފަދަ ވާހަކަތަކުން ގެއްލޭނީ ފަނޑިޔާރުންގެ އަގުހުރި ވަގުތު! ރައީސް ނަޝީދުގެ މައްސަލައިގައިވެސް މީނަގެ ވާހަކަތައްހުރީ މި ދެންނެވި ގޮތައް ލިބުނު ނަތީޖާއަކީ މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލުން! ވަކާލާތު ކުރުމަށްވުރެ ބޮޑަށް ހިސާނުގެ ވާހަތަކުން ދޭހަވަނީ އޭނާ އިސްތިހާރުވަން އުޅޭކަން!