ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމް ކުރުމަކީ އިސްލާހީ ހަރަކާތަށް ލިބުނު ހިތްވަރެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
އައިޝާ މިހެން ވިދާޅުވީ، ރިޔާސީ އިންތިހާބު ބާތިލުކޮށްދިނުމަށް އެދި ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސްޕްރީމް ކޯޓަށް ވެއްދި މައްސަލަ ބެލުމަށްފަހު އިންތިހާބު ބާތިލުކުރަން ނުޖެހޭ ކަމަށް އެ ކޯޓުން ކުރި ހުކުމާއި ގުޅިގެން ކުރެއްވި ޓްވީޓެެއްގައެވެ.
އެ ހުކުމާއި ގުޅިގެން އައިޝާ ވިދާޅުވީ، ރައްޔިތުންގެ ނިންމުން ސްޕްރީމް ކޯޓުން ދެމެހެއްޓުމަކީ އިސްލާހީ ހަރަކާތްތަކަށް ލިބުނު ހިތްވަރެއް ކަމަށެވެ.
الحمد لله
Rayyithunge Nimmun SC in Dhemehehttumee Islaahee Harakaathah Libunu Hiyvareh.#JazeeraaRaajje— Aishath Nahula (@aishath_nahula) October 21, 2018
ސުޕްރީމް ކޯޓުން އިއްވި ހުކުމުގައި ވިދާޅުވީ 23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބަކީ ޝަރުއީޔަތު ގެއްލިފައިވާ އިންތިހާބެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގައި އިންތިހާބު ބާތިލުކުރަންޖެހޭ ފަދަ އަސާސެއް ނެތް ކަމަށެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށްޓަކައި އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ފަރާތްތަކުގެ ތެރޭގައި އައިޝާ ވެސް ހިމެނިވަޑައިގަންނަވައެވެ. އައިޝާގެ އެ މަސައްކަތަށް ގިނަ ބައެއްގެ ތައުރީފު ވެސް ވަނީ ލިބިގެން ގޮސްފައެވެ.
އަހަންނަށް ހިޔެއްނުވޭ ގާސިމްގެ މާލިއްޔަތުގައި ހުރިހާ ޤާޒީން އެވަރަށް ގަނެވޭވަރަށް ހުންނާނެހެންނެއް. ހީވަނީ ޔަހޫދީ ކްރިސްޓިޔަން މިސަނަރީސް ތަކުންހެން ހަމަ ފަންޑުކުރަނީ ގާސިމް ބްރޯކާ އަކަށް ހަދައިގެންހެން.
މީނަ މިއުޅެނީ މެޑަމް ފާތުން އަށް ނުވެވިގެން ތޯއްޗެއް
އިސްލާހުގެ ނަމުގައި، ސެކިއުލަރިޒަމް ގެނެސް އިސްލާމްދީން ނައްތާލަން ތިހެން އުޅޭ މީހުންނަށް މިދުނިޔޭގައި ﷲ ތައާލާ ގަދަވެގެންވާ އަޒާބެއް މިންވަރު ކުރައްވާށި.އާމީން.