ރައްޔިތުން މަޖިލީހުގެ ރައީސް ކަމުގެ މަގާމު ލިބިއްޖެނަމަ މެންބަރުންގެ މުސާރަ 150000 (އެއްލައްކަ ފަންސާސް ހާސް ރުފިޔާ) އަށް ބޮޑުކުރަން ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވައުދުވެ ވަޑައިގެންފިއެވެ.
މެންބަރުންގެ މުސާރަ މިހާރަށް ވުރެ 68000 ރުފިޔާ އަދި އިތުރަށް ބޮޑުކުރަން އަދުރޭ ވައުދުވީ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.
Alhugan’dah Majilis Raees kan libijje nana membarunge musaara 150,000/- ah hama jahsan hushahalhaanan.IA #ManifestoAR
— Abdul Raheem Abdulla (@Banafsaa) October 24, 2018
މަޖިލިސް މެންބަރުންގެ މިހާރުގެ މުސާރަ އަކީ 82،500ރ. އެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި ލިބޭ 42،500ރ. އާއި ލިވިން އެލަވަންސްގެ ގޮތުގައި ލިބޭ 20،000ރ. އަދި ކޮމިޓީ ތަކަށް ހާޒިރުވާ ނިސްބަތުން ކޮމިޓީ އެލަވަންސްގެ ގޮތުގައި ލިބޭ 20،000ރ. ހިމަނައިގެންނެވެ.
މަޖިލިސް ރައީސް ކަން ލިބިވަޑައިގެންފިނަމަ މެންބަރުންގެ މުސާރަ ބޮޑުކުރަން އަދުރޭ ވައުދުވިއިރު މަޖިލިސް މެންބަރުންނަށް މިހާރު ލިބޭ މުސާރަ އަކީ ވެސް ކުރައްވާ މަސައްކަތާއި އެކަށީގެންވާ ވަރަށް ވުރެ މާބޮޑު މުސާރައެއް ކަމަށް އެތައް ބަޔަކު ދަނީ ބުނަމުންނެވެ.
މެންބަރުންގެ މުސާރަ ބޮޑުކުރަން އަދުރޭ ވައުދުވި ނަމަވެސް އެއީ މަޖިލިސް ރައީސް އަށް ލިބިވަޑައިގަންނަވާ ބާރެއް ނޫނެވެ. މަޖިލިސް މެންބަރުންގެ މުސާރަ ކަނޑައަޅާނީ މަޖިލިސް މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ނަމަވެސް މެންބަރުންގެ މުސާރަ އާއި މެދު އަލުން ވިސްނާވަޑައިގެން މުސާރަ އަށް ބަދަލެއް ގެންނަން މަޖިލީހަށް ހުށަހެޅުއްވުމުގެ އިހްތިޔާރު މަޖިލިސް ރައީސް އަށް ލިބިވަޑައިގަންނަވައެވެ.
މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް އަދުރޭ ކެމްޕޭން ފައްޓަވާފައި ވާއިރު އޭނާ އާއި ދެން ވާދަކުރައްވާނީ ރާއްޖޭގެ އެންމެ ބޮޑު މަހުޖަނު ގާސިމް އިބްރާހިމް އެވެ.
މަޖިލީހުގެ މިހާރުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކުމުގެ މައްސަލަ އަންނަ މަހުގެ 08 ވަނަ ދުވަހަށް ވަނީ ތާވަލް ކޮށްފައެވެ.
އަދުރޭ! ނިހާނު ބުނީ މިހާރުވެސް ކުރާނެ މަސައްކަތެއްނެތޭ. ފިނާންސް މިނިސްޓަރު ބުނީ ޚަރުދުތައް މިހާރުވެސް ކުޑަ ކުރީށޯ. ދެން މުކޮހޭތަ ތިކިޔަނީ؟؟؟؟؟
ޢަދިވެސް ރައްޔިތުންގެ ލާރި ކާނެ ގޮތެއްތަ ހޯދަންވީ މިހާރުވެސް ރައީސްފިޔަވާ އެންމެ ބޮޑުމުސާރަ ނަގައިގެން މަޖްލިސްގެ ތެރޭގަ ޒުވާބު ކުރުން ނޫން ކަމެއް ނުކުރޭ އެހެން ނޫނަސް އަދުރޭއަށްވުރެ ރަގަޅުވާނެވާލުސޮރު ވެސް
މި މީހުން ރައްޔިތުންގެ ވަޒީފާއަަށް އައިއްސަ މުސާރަވެސް ކަނޑައަޅަނީ މިމީހުން. ޢެކަމަކު އެހެންމީހުން ވަޒަިފާ އަށް ދަަންވީމަ މުސާރަ ކަނޑައަޅަނީ އެހެން ބައެއް
ފެލިވަރު މުވައްޒިފުންގެ މުސާރަ ބޮޑު ކޮށްދީބަ. ޢަހަރެމެންނަށް ލިބެނީ 2700 ރުފިޔާ. 4 ދަރިންނާއި އަންހެނުންނަށް ހަރަދު ކުރަން ޖެހޭ. 8ޢޭ އަބުދުއް ރަހީމޫ....
ގޮވާނެ ގޮވާނެ މިކަހަލަ ކިތަންމެ މޮޔަގޮވުމެއް މިސޮރު ގޮވާނެ މީނަބުނާ ކޮންމެބަހެއް ކުރާ ކޮންމެ ކަމެއްވެސް ގޮވަނީ އަތަށް މީނަމީ ޔާމީން ހަލާކުކުރިމީހާ
ކޮމެނޓް ޖަހައްޗޭ
ޢެއްވެސް މަސައްކަތެއް ނުކޮށް ތިނަގާމުސާރައެއް މިހާރުވެސް ހަލާލެއް ނިވާނެ. ފުރަތަމަ މަސައްކަތް ކުރާ މީހުންގެ މުސާރަ ބޮޑުކުރަން ނިންމަބަލަ.
ނިކަމެތހިން އަނގަޔާ އަތާ ދިމާނުވާ އިރު ސަކަރާތްޖަހަން މަޖިލީހަށް ދާ މީޙޫންގެ މުސާރަ ދޯ ބޮޑުނުވި
ތިޔައިން ދޭހަވަނީ އަދުރޭއަކީ ރައްޔިތުންނަށް ހަރާންކޯރު އަމިއްލަ އެދުމާއިގެން އުޅޭ ރައްޔިތުންގެ މަޖިލިހުގެ ބޮޑުވަގު ކަމުގައިއެވެ.
ހީކުރިގޮތާއި އެއްގޮތަށް އެއްވެސް ނުދެއެވެ.
އަދި ކިރިޔ ަަ ތި އެނގުނީ
ބަލަގަ މީނދަ ބުރާންޗާ ތިކަހަލަ ބްރާންޗެއް ކުރިންވެސް މަޖިލީހުގެ ރައީސްކަމަށް ހޮވައިގެން ވާނުވާ ނޭންގި މިދިވެހިރާއްޖެއަށް ލިބޭއެއްޗަކާ ނުބައްދަލު މުސާރަ ހަމަޖައްސައިގެން އެކާލަ ކާލަ ތި ތިބެނީ އަހަރެމެން ސިވިލް ސާރވިސް މީހުން މިތިބެނީ މަސް ހުސްވާއިރު އަތުގަ މުކޮސްވެސް ނެތިފަ އަނެއް ކޮޅުން ނޮވެމްބަރު 1 ގަ ސްނާމީ އަރާނެޔޯ ވެލިބަސްދާވެސް ހޯދަން ޖެހޭނެ.!
މި މޮޔަ ކަލޭގެ ނުހޮވާތި... މިއަދު ވެސް ނޫހުގަ އެއޮތީ އިތުރުގަޑީގަ މުވައްޒަފުން ނުނެރުމަށް ހަރަދު ކުޑަކުރަން... އެދުންބޭ ތީ ފައިސާގެ މީހަކަށް ވިޔަސް ބޮޑުވަރު
ޢަދުރޭ އަކީ ޙާއްސަ އެހީއަށް ބޭނުންވާ ބޭފުޅެއް. ވީމާ ޙާއްސަ ސަމާލްކަމެއް ދީގެން މީނާއަށް ހުރިހާ ރައްޔިތުން ބަލައި ދިނުންއެދެން. މީޑިއާ ތަކުން މީނަ މިދައްކާ ވާހަކަ ތަކުގަެި ނުޖެހުމަށް ދަންނަވަން.
ނުޖެހޭ ބޮޑު ކުރާކަށް ?? މީ ކީއްކުރާ ބައެއްތަ
ބަލަ ކަލެއަށް ވޯޓުލާނީ ކާކުތަ؟
ދޮޅުލައްކައަކުން ދެކޮޅެއް ނުޖެހޭނެ ދެމިއަންވަރު މަދުވެގެން ދޭންޖެހޭނެ މެންބަރުންނަކީ ހާދަހާ ބުރަކޮއް މަސައްކަތްކުރާބައެކޭ!!!
ދަޢުލަތުގެ ޙަޒާނާ އެއްކޮން ދީ..
މި އަދުރޭއަކީ މިއަދު މަހަކަށް އެއްމިލިއަން ރުފިޔާ އާއި ހަމައަށް ލިބޭ މީހެއް، އިންތިހާބަށް ހަރަދު ކުރަން ހޯދި ގިނަ ފައިސާ އިން ކޮށްފައިވަނީ އަމިއްލަ ކަންކަން.
4 ގުނަ 50 ޖަވާބަކީ ދެލައްކަ، ބުރާންތި ވެފަތަ، މޮޔަނުގޮވާ، ދައުރު ހަމަވަންދެން ޗުޕް ޗުޕް ހޯޖާ، ދެވަނަ ދައުރ ވިސާ ނުލިބޭ، ކުޑަ ކަކޫ މޭން
މެމްބަރުންގެ މުސާރަ މިހާރުވެސް މާބޮޑު، އަދ ނުވިތާކަށް މުޅި އޭސިއާނާއިން ބޭސް ކުރެވޭ. ގިނައީ ޕާޓީރޫހުގަ އެކަށީގެންވާ ތައުލީމެއް ނެތި ތިބި މީހުން، ވޯޓު ދޭއިރު ކަމަށް ގާބިލު ތައުލީމީ މީހުންނަށް ވޯޓް ދިނުން އަދި ކުރިމަތިޮލުން. މެމްބަރަކަށް 50000 އަށް ބުރެ ބޮޑު ނުވާ އަދަދެއް ކަނޑައަޅަށް ފެނޭ. އަހަރުގެ ގިނަ ދުވަހު ޗުއްޓީގަ. އެހެން މީހުން ގިނަފަހަރު 20 ދުވަސްވެސް ނުލިބޭ އަހަރަކު ޗުއްޓީ.
އަޅުގަނޑަށް އަނެއްހެން މައްސަލައެއް ނެތް މަޖްލިސް މެމްބަރުން މުސާރަ ބޮޑު ކުރިޔަސް ނުކުރިޔަސް. އެކަމް ރައްޔިތުންނަށް ޔުނިވާސަލް ބޭސިކް އިންކަމް ލިބޭތޯ ކޮންމެވެސް ބަޔަކު މަސައްކަތް ކުރަންވެއްޖެހެން ހީވަނީ
ތިއޭ ކަލޭމެންގެ މައްސަލަޔަކީ.
އަދުރޭއަކީ ޚާއްޞަ އެހީއަށް ބޭނުންވާ މީހަކަށްވާތީ، އަދުރޭއާއިއެކު ކޮންމެ ބައްދަލުވުމެއްގައި އަދުރޭ ދައްކާނެ ވާހަކަ ބުނެދެނީ ނިހާން. މަޖްލިސް މެމްބަރުން މުސާރަ އެމެމްބަރުން އަމިއްލައަކަށް ބޮޑުކުރާނަމަ އެވާނީ ކޮންކަމަކަށްތައް.
މެމްބަރުންގެ މުސާރަ މިހާރުވެސް ކުޑަކުރަން ފެންނަނީ، ލިބޭ މުސާރައާއި އެއްވަރަށް މަސައްކަތް ކުރެވެނީކީ ނޫން، ޤައުމުގެ މަސްލަހަތައްވުރެ ޕާޓީތަކުގެ މަސްލަހަތު އިސްކުރާ ބައެއް މިއީ، ދާއިރާތައް ރިޕްރެޒެންޓް ކުރަން އައްޔަންކޮށްފައި ތިބޭ ބަޔަކު އަމިއްލަ / ޕާޓީތަކުގެ އިންޓްރެސްޓުގައި މަސައްކަތް ކުރަނީ، މިވެސް އިސްލާހުކުރަންވެއްޖެ ކަމެއް ، ރައްޔިތުން އެހާ އިތުބާރުކޮށްފައި ހޮވާމީހުން މިވަނީ ރައްޔިތުންނަށް ހަރާންކޯރު، އަދި ހެއްވާކަމަކީ މިކަހަލަ ކަންކަމުގައި ހުރިހާ މެމްބަރުން އެއްގަލަކަށް އަރާކަން، މަޖިލީހަށް އެ މީހުންގެ މުސާރަ ބޮޑުކުރެވޭގޮތަށް މިއޮންނަ އޮތުން ވެއްޖެއެއް ނޫން އެހެންގޮތަކަށް ބަދަލުކުރަން، އަދުރޭ ޖަލަށް ލާފައި އެތާގެ ރައީސްކަމަށް ހޮވަން ފެނޭ.
މަޖުލިސް މެންބަރަކަށް ހުރެ ގައުމާ އެކަށީގެންނުވާ މުސާރަ ހޯދަން މަސައްކަތް ކުރުން އެއީ ވެސް ގައުމަށް ޣައްދާރުވުން. ގައުމަށް ޣައްދާރު ވާނީ ހަމަ އެކަނި ބޭރެ ބަޔަކު ގޮވައިގެން އައިސް ގައުމު ހިފުމަކުން ނޫން. މިއައަށް ވޯޓު ދޭނީ ވެސް ޣައްދާރުން ކަމަށް ބެލެވޭނީ.
ރައްޔިތުންގެ ފަރާތުން އިންތިޚާބުވެގެން އަހަރެން މަޖިލީހަށްވަދެއް ހުރިހާ ސިވިލް ސަރވިސް މުވައްޒަފުންގެ ކޮންމެ މުވައްޒަފަކަށް އެމީހެއްގެ މުސާރައިގެ 5 ގުނަ ޖައްސާނަަން އަދި މަޖިލީހުގެ މެމްބަރުންގެ މުސާރަގޮތުގައި ބާއްވާނީ 100000ކަމުގައި ހަދާނަން.
ބަލަ މަޖިލީސް މެމްބަރުން އެކަނިދޯ ލާރިބޭނުން ވަނީ ބޮޑުން ނަށް އަބަދުވެސް މޮޅުގޮތް ދެރަމީހުންނަށް ދެރަގޮތް ގެއާ ގޯއްޗާއި ފުލެޓްވެސް ލިބެން ޖެހެނީ ބޮޑުންނަށޯ
ގާސިމު ކުރިމަތިލާފައޮށްވާ އަދުރޭ ހޮވުނަސް ކޯޓުން އަންގާނެ އެމަގާމު ގާސިމާ ހަވާލުކުރަން
އަޅުގަޑަށް ފެންނަނީ ދެލައްކަޔަށް ބޮޑުކުރަން މިހާރުވެސް ޖަލްސާއެއް ނުބާއްވާތާ ދެމަސްވީ އަޅުގަޑުމެން ނިކަމެތިން އެއްމެ ދުވަހަކު އޮފީހަށް ނުނުކުތަސް މުސާރަ ކަޑާނެ ތިމީހުން ވަރިހަމަ މެމްބަރ ކަމުގެ ހުވާ ކުރުމަށްފަހު ވަރިހަމަ ދައުރު ނިމެންދެން އެއްމެ ޖަލްސާއަކަށް ނުދިޔަސް ކެޑޭނެ އެއްޗެއްވެސް ނޯންނާނެ ކިހާ އިންސާފު އަމިއްލަޔަށް މުސާރަގަޑު ބޮޑުކޮށްގެން އެއްވެސް އެއްޗެއް ނުކެޑޭގޮތަށް ހަދައިގެން ތިބޭ ބައެއް އެވަރުންވެސް ނުފުދިގެން ގޮތް ގޮތަށް ބަޓަނަށް އޮބައިގެންވެސް އެއްޗެއް ލިބޭތޯ އަބަދުވެސް މަސައްކަތް ކުރާ ބައެއް ކިހާ އިންސާފްވެރި ބައެއްބާ؟
ކޮންމެ މެމްބަރަކަށް ބައިތުލް މާލުދީ.. ރަނުގެ ދެވާދީވެސް ދޭންބުނެ... ގޭގެ ޓިނުވެސް ދީ.. ހުރިހާ ރައްޔިތުންގެ ކަރުގައިވެސް ހިފާ.. މަންމަގެ ފައްޓަރުބައިވެސް ދީ.. ހެހެ.. ދެންވެސް އަދުރޭއަށް ތި މަޖިލީހުން ލިބޭނެ ވޯޓެއް ނެތް.. ދެން އޮތީ ކޯޓު.. ކޯޓަށްދާން ތައްޔާރުވޭ.. 25 އަހަރުގެ ޖަލުހުކުމަކާއެކު.. ހެހެހެހެހެހެ
އަދުރޭގެ އަމިއްލަ ލާރިންތަ މެންބަރުންގެ މުސާރަ ދޮޅުލައްކަ ރުފިޔާއަށް ބޮޑުކޮށްދެނީ! އަދުރޭ މޮޔަނުގޮވާ!
އަދުރޭ އެބުނަނީ ކޮންމެ ގޮތެއް ހަދައިފަ ނަމަވެސް މަސީހު ބޭރުކުރާށޭ
ހެޔޮނުވާނެ... ތިފަދަ ޤައުމަ ޣައްދާރުވާ މީހުން މަޖްލިސްތަކަށް ނުހޮވަމާ ހިނގާ...ޤައުމުގެ ބައިތުލް މާލުވެސް މިމީހުންގެ އަމިއްލަ އެއްޗަކަށް ހަދައިފި...ރައްޔިތުން މިތިބެނީ ބަނޑަށް...
މިހަާރުވެސް މަަޖިހީހު މެންބަރުންނަށް ލިބެނީ ލިބެން ހައްގު ނޫން މުސާރަ އދިވެސް މި ބައިގަނޑު ބޭނުންވަނީ އެ އިތުރު ކުރަން. ދިވެހި ގައުމުގެ ބުރާންތި ކައިފަ ތިބޭ ބަޔަކު މި ބައިގަނޑަށް ވެސް ތާއީދު ކުރޭ.
މަޖުލީހު މެމްބަރުންނައް މިހާރު ލިބޭވަރުގެ މުސާރަ ދޭންވެސް ކަމުނުދޭ.
ރައްއިތުންނޭ ހޭއަރާ ވިސްނާ ބަލަ ތިމަޖުލީހު މެމްބަރުންނަ 82،000ރ ދީގެން ކުރާކަމެއް ބުނެބަލަ.
ތިމަޖުލީހު މެމްބަރުން ގާތްރައްޓެހި މީހަކަވިޔާ ކަމެއްވެސް ކޮދޭނީ. މަޖުލީހު މެމްބަރުންނަ 15،000ރ ހައްޤުވަނީ. ސިވިލްސާވިސް މުވައްޒަފުންނަ ލިވިން އެލަވަންސް ހަރާން މިމީހުންނަ ހަލާލު.
މި ހަމަ އަންދާގާނޫނު.