ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިސް (ޕީޕީއެމް) އުފެއްދި މަޤްޞަދުތަކަށް އެނބުރި ރުޖޫޢަވާން އަޒުމް ކަނޑައެޅުމަށް ޕާޓީގެ އާއްމު މެންބަރުންނަށް ކުރީގެ ރައީސް މަޢުމޫންގެ ދަރިކަނބަލުން ޔުމްނާ މަޢުމޫން ގޮވާލައްވައިފިއެވެ.
ޔުމްނާ މަޢުމޫން މިހެން ވިދާޅުވެފައިވަނީ ޕީޕީއެމް އަށް ހަތް އަހަރު ފުރުމުގެ މުނާސަބަތުގައި ޓްވިޓަރ މެދުވެރިކޮށް ފޮނުއްވި ތަހުނިޔާ މެސެޖުގައެވެ.
"ހަތްވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ޕީޕީއެމްގެ މެންބަރުން އިންތިޚާބުކުރެއްވި ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމަށާއި، ކައުންސިލަށް އަދި ޢާއްމު މެންބަރުންނަށް ދަންނަވަން. ޕީޕީއެމްގެ މެންބަރުން މިއަދު އަޒުމް ކަނޑައަޅުއްވަންވީ ޕާޓީ އުފެއްދި މަޤްޞަދުތަކަށް އަނބުރާ ރުޖޫއަވާން." ޔުމްނާ މަޢުމޫން ވިދާޅުވިއެވެ.
ޕީޕީއެމް އުފެއްދި މަޤްޞަދުތަކަށް ރުޖޫއަވާން އަޒުމް ކަނޑައަޅުއްވުމަށް ޕާޓީގެ ޢާއްމު މެންބަރުންނަށް ޔުމްނާ ގޮވާލެއްވިއިރު، ޕީޕީއެމް އިން ސެޕްޓެމްބަރ ފަހުކޮޅު ބޭއްވި ކޮންގްރެސް ހުއްޓުވައިދިނުމަށްވެސް ޔުމްނާ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވިއެވެ، ނަމަވެސް އެފަހަރު ކޯޓުން ކޮންގްރެސް ހުއްޓުވާފައި ނުވި ނަމަވެސް، އިލެކްޝަނުން ވަނީ އެ ކޮންގްރެސްގެ ނިންމުންތައް ބަލައި ނުގަނެފައެވެ.
7 vana ahary dhuvahuge thahuniya PPM ge membarun Inthikhaabu kurevvi Partyge Raees @maumoonagayoom ashaai council ashaai aammu membarunnah dhannavan. PPM ge membarun miadhu azum kanda alhuvvanvy party ufedhdhi aslu magsadhthakah anburaa rujoo’a vaan.
— Yumna Maumoon 🇲🇻 🤝🇵🇸 (@yumna_maumoon) October 27, 2018
ޔުމްނާ ފޮނުއްވި ތަހުނިޔާ މެސެޖުގައިވެސް "ޕީޕީއެމްގެ މެންބަރުން އިންތިޚާބުކުރެއްވި ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމަށް" ތަހުނިޔާ ކިޔާފައިވާއިރު، މަޢުމޫން ޕީޕީއެމްގެ ޢާއްމު މެންބަރުންނަށް އަހަރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެލައްވާފައިވަނީ ޤާނޫނީގޮތުން ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުންނެވެ.
ޕީޕީއެމްގެ ހަތްވަނަ އަހަރީ ދުވަހާ ގުޅިގެން އެއްބަޔަކު ރައީސް ޔާމީނަށް ތަހުނިޔާ ފޮނުވަމުންދާއިރު، އަނެއް ބަޔަކު ތަހުނިޔާ ފޮނުވަމުންދަނީ ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމަށެވެ. އަދި ޕާޓީގެ ލީޑަރޝިޕާމެދު މިހާރު ވަނީ ސުވާލު އުފެދި ކޯޅުން ބޮޑުވެފައެވެ.
ޕީޕީއެމްގެ ލީޑަރޝިޕާމެދު ސުވާލު އުފެދިފައިވާއިރު، ޕާޓީގެ އާއްމު މެންބަރަކު ވަނީ ޕާޓީ މަޢުމޫނާ ހަވާލުކޮށްދެއްވުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައެވެ. އަދި ޕީޕީއެމްގެ ކޮންގްރެސް އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައި ނުވާއިރު، އެ ޕާޓީގެ މިހާރުގެ ލީޑަރޝިޕާއެކު މުއާމަލާތް ކުރުންވެސް އީސީން ވަނީ ހުއްޓާލާފައެވެ.
ޕީޕީއެމް ރައީސް މަޢުމޫނާ ހަވާލު ކުރެއްވުމަކީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވައުދެކެވެ.
ޕާޓީއަކައް ނުވަދެ ހުންނަން ވިޔަސް މައުމޫނު ފަހަތުން ދެން ދާހިތެއް ނެތް. އެކަމަކު ރައީސް ޔާމީން ޕާޓީއެއް ހަދައިފިނަމަ ދާނަން
ޕީޕީއެމް އުފެއްދި މަޤުޞަދު ވ. ރަނގަޅަށް އެނގޭ އެ ގޮތަށް މި ކުރިއަށް ދަނީ އޮޅިގެން އުޅެނީ ހަމަތިޔަ.............
ޕީޕީއެމް އުފެއްދި މަގްސަދަކީ ފާރިޝްއަށް ނުވަތަ މައުމޫނުގެ ހާންދާން ވެރިކަމެއް ދަމަހައްޓަން ކަމުގައިވަނީނަމަ އެކަން ހަނދާން ނައްތާލާ.
ކަމަނާގެ ބައްޕާފުޅު ޕޕމ އުފެއްދެވިއިރު ޕާޓީގެ އެހެން މެމްބަރުންނަށް ފާޅުނުކުރައްވާ ޙީލަތްތެރި އެތައް މަޤްޞަދުތަކެއް ވާކަން އަޅުގަނޑުމެންނަށް އެނގޭ. އެއިގެ ތެރެއިން މިހާރު އެނގި ހާމަވާ އެންމެ ފާޅުކަންބޮޑު މަޤްޞަދަކީ ތިޔަ ފަސް ބައްޕައިންގެ މުށްޕުޅު ތެރޭގައި ވެރިކަން އޮތުން. އެވާހަކަފުޅުތޯ ތިޔަ ވިދާޅުވަނީ؟
ޕީޕީއެމް އުފެދުނީ އަންނިގެ ފަލްސަފާ ކަމުނުގޮސްގެން ކަލޭމެން އާއިލީ ވެރިކަމުގެ ދަހިވެތިކަމުގައި އެފިކުރު ބަލައިގަތީ ދެން ކޮން އަސްލެއް
ޔަމީން 2018
ޕީޕީއެމް އުފެއްދި މަޤުޞަދަކީ ކަލޭގެ ބައްޕަ އަށް ވެރިކަން ހޯދައިދިނުން ކަމަށްވާންޏާ އެކަމަކަށް ތާއީދެއް ދުވަހަކުވެސް ނުކުރާނަން، އަދި ކަލޭމެން ކުރެއެކަކަށްވެސް ތާއީދު ކުރާކަށްނެތީން، މިހާރު އަހަރުމެން ޤަބޫލު ކުރާގޮތުގައި ކަލޭމެންތީ އަންނިގެ ޕަޕެޓުން އަނގަ ފުޅާނުކޮށް ހުރޭ