ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ މުހައްމަދު (އަބުޅޯ) ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާހުން ދެންމެ އިއްވި ޙުކުމުގައި ވިދާޅުވީ އަބްދުﷲ މުހައްމަދު މެންބަރު ކަމުން ވަކިވެއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވީނަމަވެސް އޭނަ އަކީ މިދިޔަ އަހަރު ސުޕްރީމް ކޯޓުން ނެރުނު 17 ވަނަ އަމުރުގައި ބަޔާން ކޮށްފައިވާ ކަންކަމަށް ފެތޭ ބޭފުޅެއް ނޫން ކަމަށެވެ.
އަބްދުﷲ މުހައްމަދު ރައްޔިތުން މަޖިލީހުގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރ 05 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައި ވެއެވެ.
"އެހެންކަމުން ތިނަދޫ ދެކުނު ދާއިރާގެ ގޮނޑި ހުސްނުވާ ކަމަށް ކަނޑައަޅައި، މިހާރު ވެސް އަބްދުﷲ މުހައްމަދު އަކީ ތިނަދޫ ދާއިރާގެ މެންބަރު ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ޙުކުމް ކޮށްފިން." ޙުކުމުގައި ވެއެވެ.
ސުޕްރީމް ކޯޓުން ވިދާޅުވީ އަބްދުﷲ މުހައްމަދު މެންބަރު ކަމުން ވަކިވެފައިވާ ކަމަށް ނިންމާފައި އޮތީ އެންޓި ޑިފެކްޝަން ޤާނޫނުގެ ދަށުން ބަޔާންކޮށްފައިވާ ގޮނޑި ގެއްލޭނެ ހާލަތައް ވެސް ނުފެތެނީސް ކަމަށެވެ.
ޤާނޫނީ ހަމަތަކަށް ބަލާއިރު އަބްދުﷲ މުހައްމަދު ވަނީ 10 ޖުލައި 2017 ގައި ޕީޕީއެމްގެ މެންބަރު ކަމުން ވަކިވެފައި ކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައި ވެއެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިމަހު ވަނީ ހުކުމްކޮށްފަ އެވެ. މިއަދު އަބްދުﷲ މުހައްމަދުގެ ގޮނޑި ނުގެއްލޭ ކަމަށް ޙުކުމް ކޮށްފައި ވާއިރު އިތުރު ތިން މެންބަރެއްގެ ގޮނޑި އާއި މެދު ވެސް މިއަދު ގޮތެއް ނިންމާނެއެވެ.
ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މެމްބަރުންގެ ތެރެއިން ބާކީ ތިބި ހަތަރު މެމްބަރުންގެ މައްސަލާގެ އަޑުއެހުންތައް ވެސް ނިންމާލާފައިވާއިރު، އެ މައްސަލަތަކުގައި ހުކުމް ކުރާނެ ދުވަހެއް އަދި ތާވަލެއް ނުކުރެ އެވެ.
އެބުނާ އިންޞާފުގެ މަގަކީ މިއީތޯއެވެ؟
ހުރިހާ މެމްބަރުންގެ ވިއަފާރި ތަކައް ފަހިވާގޮތައް ދޯ،
މިދިޔަ 5 ދައުރު ޢަބްދުﷲ ޔާމީން ހުންނެވީ ރައީސެއް ކަމުގައި ނޫންކަމަށްވެސް ކަލޭމެން 5 ފަނޑިޔާރުން ޙުކުމް ކުރަންވީއެއްނު!
ތިދެން ބޮޑުވަރު! މުޅި ސިސްޓަމް އެއްފުށޫން އަނެއް ފުށަށް ތިޔަ ޖަހަނީ!
ހޫން! އިންސާފު ތިހެރެ އަންނަނީ ހަމަ ގަޔާދިމާލަށް!
އެއްވެސް މެމްބަރެއްގެ ގޮޑިއެއް ނުގެއްލެ
ސިޔާސީ ޕާޓީތަކުގެ އިސްސަފުގައި އުޅުނު އެއްވެސް މެމްބަރަކަށް ކުރި ޙުކުމެއް ރަގަޅެއްނޫން
އެހެންވިއްޔާ ތިވެރިން ކުރަނީ ކޮންކަމެއް ތިކަންތައް ކުރީ ކާކު ބުނެގެން ކާކުދިން ފައިސާއެއް ހިފައިގެން ކުރިން ދިންވަރަށްވުރެ މާގިނައިން މިހާރު ދިނީތަ؟ މިއޮތް އަޖައިބެއްދޯދެން
މެމްބަރުންގެ މަސްއަލަތައް ވަކަވަކިން ގެންދިއުމުގެ ބަދަލުގަ ހުރިހާ މެމްބަރުންގެ މަސްއަލަތައް އެއް ރިޕޯޓަކުން ނިއްމާލިއްޔާ ޚަރަދު ކުޑަވެފަ ވަގުތު ސަލާމަތްވާނެ
ތިޔައީ ނުނިމި ގިނަދުވަސް ވެފައިވާ މައްސަލައެކެވެ. މީގެކުރިންވެސް ސުޕުރީމު ކޯޓުގައި ބަލާފައިވާ މައްސަލައެކެވެ. ފެބުރުއަރީ 1 ގައިވެސް ޙުކުމެއް ނެރެދެއްވާފައިވާ މައްސަލައެކެވެ. އޭރުވެސް އަދި މިހާރުވެސް ވެރިކަމުގައި ހުންނެވީ ރައީސް ޔާމީނެވެ.
މަޖިލީހަށް މީހުން ހޮވަން ވޯޓްލަން އެކަކުވެސް ދާނެކަމެއްނެތް ރައްޔިތުންނަށް ނުވަތަ ރަށަށް ލިބޭ ފައިދާއެއްނެތް ލާރިގަނޑު ނަގައިގެން މިބައިމީހުން މާލޭގައި ތެޅެނީ
ސާބަހޭ މިއަދުގެ ފަނޑިޔާރުންނަށް ދޫކޮށްލާ ސޯޓް ބޭލުނަސް ނުބައްލަވާތި