ރާއްޖޭގެ ޑިމޮކްރެސީގެ ހަގީގީ ބާނީ އަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވުމަށް މިއަދު ހަވީރު ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އަކީ ރާއްޖޭގެ ސިޔާސީ ހަރަކާތުގެ އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ ކަމަށާއި ގާސިމްގެ އަރިހުގައި މަސައްކަތް ކުރުމުގެ ފުރުސަތު މިއަދުން ފެށިގެން ލިބުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
"އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރާނެ ފަދައިން ދިވެހިރާއްޖެ މިއަދު ދެކެމުންމިދާ ޑިމޮކްރެސީގެ ހަގީގީ ބާނީއަކީ މި ޕާޓީގެ ލީޑަރު ގާސިމް. ގާސިމްގެ ބެލުމުގެ ދަށުން ހިނގަމުންމިދާ ޕާޓީ، އަޅުގަނޑު ގަބޫލުކުރަނީ ވަރަށް އުޖާލާ މުސްތަގުބަލެއް އޮތް ޕާޓީއެއްގެ ގޮތުގައި. ޖޭޕީގެ ތަސައްވުރު ހާސިލުކުރުމަށްޓަކާ އަޅުގަނޑުގެ ލަޔާގަތާއި ގާބިލުކަން ތަންދިން މިންވަރަކުން މަސައްކަތް ކުރާނަން" ނާޒިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީއަކީ ވަރަށް އުޖާލާ މުސްތަގުބަލެއް އޮތް ޕާޓީއެއް ކަމަށާއި އެ ޕާޓީ އަށް ގިނަ އަދަދެއްގެ ޒުވާނުންތަކެއް ގުޅެމުންދާއިރު އޭނައަށް ތާއީދުކުރާ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވެސް ޖޭޕީ އަށް ވަރަށް ގުޅޭނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
"ޖުމްހޫރީ ޕާޓީއަކީ އެހެން ޕާޓީތަކުން މި ޕާޓީގެ ފަހަތުން މަސައްކަތްކުރާ ޕާޓީއަކަށް ހެދުމަކީ އަޅުގަނޑު ވަރަށް ބޮޑަށް ދެކެން ބޭނުންވާ ކަމެއް. މިހާރު މިއޮތް ލީޑަރޝިޕުގައި މި ޕާޓީ އާއި އެހެން ޕާޓީތަކުން ގުޅިގެން މަސައްކަތް ކުރާތަން ފެނުން އެއީ އަޅުގަނޑުމެން ދެކެން ބޭނުންވާ ހުވަފަނެއް" ނާޒިމް ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކަކީ މިހާރު މިއޮތް ހާލަތުގައި ގުޅިގެން މަސައްކަތްކުރަންޖެހޭ ޕާޓީތަކެއް ކަމަށާއި މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރައްޔިތުން ވޯޓު ދިނީ ހުރިހާ ޕާޓީއެއް އެކުލެވޭ ސަރުކާރެއް ރައްޔިތުންގެ ހިދުމަތަށް ގެނައުމަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.
އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކުރިއަށް އޮތް ފަސް އަހަރު ވެރިކަމުގައި ބެހެއްޓުމަށް ޖޭޕީން ވެސް މަސައްކަތް ކުރާނެ ކަމަށާއި އަދި އޭނާ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން އިބޫ އަށް މިއަދު ދެއްވާފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ޑިމޮކްރަސީ ވިހެއީ ގާސިމް ބަންޑުތެރޭން. އޭގެ މިސާލެއް މަހުޖަނުބުނީމަ ސްޕްރީމް ކޯޓުން އަމުރުތައް އެނެރެނީ
ފެން ކުންފުނީގައި ރޯވި އަލިފާން ގަނޑުގެ ފޮޓޯއެއް ވީޑިއޯއެއް ނެތީ އެއިރު ރައީސް ޔާމީން ރާއްޖޭން ބޭރުގައި ހުރީމަތޯ؟ ޤާސިމް އިބުރާހީމް ތިވާހަކަ ގަބޫލު ކޮށްފާނެ.
ގާސިމު ބޮލައް ޗިޕުޖަހައިގެން މިނިސްޓަރު ކަން ހޯދާތި
އެއްވެސް ޝަރުތަކާ އިސްތިއުފާ ދެއްވާ. ދެންއެދުވަސް ނާންނާނެ ކަމަސް އުއްމިދު ކުރަން.
ދެން ތިބޭފުޅާ ގާސިމުގެ ބޮލައް ޗިޕުޖަހައިގެން ކޮންމެވެސް ކަމެއް ކޮއްލެވޭތޯ ބަލާތި ޗިޕުޖެހިވަރަކަށް ކަލޭގެ ހިތްވެސް އާސްމާނަށް އަރާނެ ބަލަން މިތިބީ.......
ބުރުމާ ޤާސިމަކީ މި ރާއްޖޭގެ ހަލާކު. ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ މުގުލުގައި ތިބެނީ މީނާއާއި މައުމޫނާ ދެމީހުން. އިރާދަކުރެއްވިއްޔާ މިކަލޭގެ ބަނގުރޫޓްވާނެ.
ޑިމޮކްރަސީ އަކީ ރިޝްވަތު ދީނުން ކަމަށް ވާނަމަ ތިވާހަކަ ރަނގަޅު. ކޮންމެވެސް އަނގައެއްތަޅައިގެން އަލުން ޑިފެންންސް މިނިސްޓަރުކަން ލިބޭތޯ ތިޔަކުރާ މަސައޮކަތް ކާމިޔާބުވާނީ ތިކަހަލަ މީހެއްގެ ބޮލަށް ޗިޕް ޖަހައިގެން. އެމަޤާމް ލިބިއްޖެނަމަ އަލުން ކުރިން ކުރި ވިޔަފާރި ކުރިއަށްގެންދެވޭނީވެސް.
ކޮން މިނިސްޓަރ ކަމެއް ބާ
މި
ޤާސިމް އިބުރާހީމް އަކީ މިޤައުމުގެ ހުރި އެއްމެ ބޮޑު ރިސްވަތުގެ ބާނީ!!
ހުރިހާ ބޣީންތައް ޕާޓީއަށް ލަނީ
ސޭޱް އަބަދުވެސް ދެގޮތުންކުރެ އެއްގޮަތަކުން ކަންކަން ނިއްމާނެ އެއީ ވައިން ނޫނީ ސައިން!!
އަންނި އެބުނާ މީހަކީ އަނެއްކާ ގާސިމް ތަ
ދިވެހިރާޖޭގެހުރިހާ ކޮރަޕްޝަނަކާ ހުރިހާ ކޯޓެއްގެ ހުރިހުކުމެއް ވެސް އޮތީ ގާސިމުގެ ގޮހޮރު ތެރޭގަ ހުރިހާ އެއްޗެއް ގާސިމްއަށް ކާންދީފަ ބަހައްޓާ އެވަރުންވެސް އެކަލޭގެ މައިތިރި ވޭތޯބަލާ ކަލޭނޭ ގާސިމް ދޫކޮށްލާފަ ހުރެއްޖިއްޔާާ ތިވީ އޭނައެއީ އަލާއުއްދީނު އޭނަ އެއީ ޖިންނިއެއް ހުރިހާ މެމްބަރުން ތައް ވެސް ގަނެލާނެ
ފަނޑިޔާރުންނަށް ރިޝްވަތު ދެނީ މެމްބަރުން ކޮޅަށް ރިޝްވަތުދީ ކަހާލި ޔާމީނު.
މިމޮޔަކަލޭގެ ސިފައިންގޭގައި އުޅުނެއް ކަމަކު އެއްޗެއް ނުވިސްނެޔޭދޯ ބަލަ ގާސިމަކީ މިގައުމުގެ ހަލާކު. އޭނާ އަށް އެންމެ ރީތި ނަމެއް ދިނީވެސް އަންނި. އެ ނަމަކީ “ރިޝްވަތު މަހުޖަނު”.
ބަކަރީގެ އުސޫލު. ބޮލުގައި ފަތްކޯޅިން ޖަހައިފައި ވެސް ފަތްކޯޅި ދިއްކޮށްލައިފި ނަމަ ކާލާނެ. ސަނާކިޔަމުންގޮސް ހަނާވިޔަސް ނޭނގޭނެ. އަހިވަކާޖެހި އަހިވައް ފާވާނޭ އެބުނަނީ ރަނގަޅަށް.
ރާއްޖެގަ ހަލާކަކީ ފަގީރުހާލުގަ އެންދެރިމާގެއަށް ވަތް މިހަކު މުއްސަންޛެއްގެ ގޮތުގާ ނިކުމެ ގައުމު ގަ ކަރެޕްސަން އާއްމުކޮށް ފަސާދަ ހިންގުން
ޔޭސް.. ގާސިމް ރައިސަށްކަށް ހުންނަވަން ޖެހޭނީ
މަ މިހީކުރަނީ ޑިފެންސް މިނިސްޓަރުކަން ކުރީމާ ވަރަށް މީހެއްކަމަށް! މިހާރު މި އެނގުނީ ޔާމީނު ސަރުކާރުން ސައްޕުޖަހާ ބޭރުކުރީ ތަނަކުހުރި ވާންޗޯއެއެްކަން!
ގާސިމަށް ޑިމޮކްރަސީ ކިޔަން އެނގޭބާ. ސަލާމަތްވީމާ ރައްޔަތުންނަށް ޝުކުރު އަދާކޮށް ދެންވެސް ކުރަން ޖެހޭކަމަކީ ރާއްޖޭގެ ރައްޔަތުން ގެ ފަރދީހައްގުތަކަށް އަރައިގަންނަށް މީހުންގެ ޚުޝާމަދު ކުރުން ހުއްޓާލުން. ގާސިމްއަކީ ވަލުން ނިކުތްގޮތަ ހުރި މީހެއް. ދެރުފިޔާ ބައި ލިބުނީމާ ތިމާވަރުގެ މީހެއް ނެތްކަމަށް ހެދިގެން ކޮންމެ ކަމެއްވެސް ފަިސާއިން ގަނެވޭނެކަން ގަބޫލު ކުރާ މީހެއް. ހިތުން އެހުންނަނީ ތައުލީމގަނެގެން އިނސާފް ގަނެގެން، މަގްބޫލުކަން ވެސް ގަނެގެން. ނަޒާހަތްތެރިކަމާ ރީތި އަޚްލާގާ އިނސާނިއަޔތުކަމާ، ސާފު ވިސްނުނުމަކީ ވާރުތަވާ ލޭގާ ހުންނަ ޖެނެޓިކްސް ބައެއް. އެއީ ކުޑައިރުއްސުރެން އެތަޢް ޖެނެރޭޝަނަކުން ވާރުތަވެގެން ލިބޭކަންތަ.
ނާޒިމު ލަދެއްވެސް ނުގަނޭދޯ ތިޔަކަހަލަ ދެކޮޅު ނުޖެހޭ ވާހަކަދައްކަން! ޑިމޮކުރަސީގެ ޗެންޕިޔަނަކަށްތީދޯ ސުޕުރީމްކޯޓުން ތިމަނއނަމެއް އަމުރެއ ނެރުނީމައި އެވެސްކަމަކު ނުދިޔައޭ ގާސިމުބޭ ގޮވީ ގައުމުގައި ހިގާ ހުރިހާ ހަމަނުޖެހުމެއްގެ ފަހަތުގައިހުރީ ގާސިމު! އެހެންވެދޯ ގާސިމު ޑިމޮކުރަސީގެ ބާނީއަކަށްވީ ދޮގުވާހަކަ ނުދައްކައި މަޑުންހުރެވޭތޯބަލާ
ދިވެހިރާއްޖެ ބަނޑު އަޅާ އަޅާ ބަނޑު ނުފުރުނު ފެމުނު އެއީ. 4 އަނބިން ތިބޭ އިތުވެސް އެއެއްޗެއްގެ ކިބައިން ދިވެހި އަންހެން ދަރިން ސަލާމަތް ނުވި ރަންނަމާރި އެއީ. ރާއްޖެއަށް މިފަހުގެ ތާރީޚުގަ ސިޔާސީ ގޮތުން ދިމާވި ހުރިހާ ބަލާ އާފަތެއްގެ މުގޫ އެއީ. ތަނެއް ދޮރެއް ނޭނގުނަސް ކިޔެވި މަކްތަބެއް މަދަރުސާއެއް އެދުރުގެއެއް ހައިމިނުވެސް ނެތަސް ހުރިހާ ކަމެއް ދަންނަކަމަށް ހީކޮށްހެން އުޅޭ ރޯނު އެދުރު އެއީ. މިކަހަލަ ކިތަންމެ ކަމެއް ބާނީ އެއީ.