ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެދާއިރާގެ އިސް ފަރާތްތަކާއި ބައްދަލު ކުރައްވަން ފައްޓަވައިފިއެވެ.
އެގޮތުން މިއަދު މިނިސްޓަރ އައިޝަތު ނަހުލާ ބައްދަލުކުރެއްވީ އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައި މަހުމޫދު ރާޒީއާއެވެ.
Minister of Transport and Civil Aviation Hon Aishath Nahula @aishath_nahula Civil Aviation dhaairaaga ginadhuvahu khidhumai kurahvaafai vaa, adhi mihaaru EU South Asia Aviation Partnership Project ge Project Director Mahmood Razee aai bahdhalu kurahvaifi pic.twitter.com/LdfegOTgCZ
— JP Chief Spokesperson (@jpspokesperson) November 18, 2018
ރާޒީއަކީ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގައި މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން އެންޑް ކޮމިއުނިކޭޝަންގެ މަގާމުގައި ކުރިން ހުންނެވި ބޭފުޅެކެވެ.
ޖުމްހޫރީ ޕާޓީން ބުނީ މިއަދު ކުރިއަށްގެންދިޔަ އެ ބައްދަލުކުރެއްވުން އޮތީ ޖުމުހޫރީޕާޓީގެ އޮފީހުގައި ކަމަށެވެ. އެ ބައްދަލުވުމުގައި ދާއިރާ ގުޅުން ހުރި ކަންތައްތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.
ގައްޑާ! ޖާހިލުން ގިނަ ކެބިނެޓެއް! ސަޅި
މިޖެހުނީ އަނެއްކާ އަނެއްކަންތައް ފުނަދޫ އެޔާޕޯތުގަނޑު ނުނިމެނިސް ސިވިލްއޭވިއެސަން ކާލާ ތަން މުޅިން ބަނގަރޫޓުކޮއްލީމަ ހުންނީރާކަނިމަސްކެވިފަ ސީދާބަނގަރޫޓު
ހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހަހ....
މީ ދެން ކާކު މިނިސްޓަރަކަށް .. އިބޫވެ ސަރުކާރުގެ ވަރަށް ބޮޑު ވެއްޓުމެއް މިފަދަ ތަންދޮރު ނުދަންނަ މީހުންނަށް މިކަހަލަ މަޤާމް ތައް ދިނުން...
މިނިސްޓަރ ކަމަށް ކުފޫ ހަމަވާ މީހެއްނޫން އައިސާ ތީއެއް.. އައިސާގެ ކޮން ކުފޫއެއް ހަމަވާތީ ތޯ މިިސްޓަރު ކަން ދިނީ... ތިޔަށްވުރެ މާ ރަނގަޅު ވާނެ ގާސިމުގެ ބޭބެ ބުރުމާ އާދަނަށް މިނިސްޓަރު ކަން ދިނީޔާ...
މުއްސަދިންގަސެއްތޯ އަޅުގަނޑު މެންނައް ސުވާލުހަމައުފެދެނީ ވަރައްހާލުގަ އުޅެޭހަމަ ވަރައްކުދިކުދިތަންތަނުގަ ބޮޑުއަގުގަ އުޅޭނިކެތިނ
ްނައްލިބު ފޯމުގަނޑުވެސްބާތިލު ކުރުން ކޮބާހޭބުނިބަހާދިމާވިތޯއޭ އަދިވެސް ވޯޓައްވާއިރައް ދޮގެއްހަދާލާތި
އިބޫބުނީ މީހެއްގެ ނަސަބަކައް އާއިލާއަކައް ހަތްސިއްޔަތަކައް އެވެނި އެއްޗަކައް މިވެނި އެއްޗަކައް ނުބަލާ ހަމަހަމަ ވާނެކަމައް. އެކަމަކު މިފެންނަނީ ހަމަ ގާސިމުގެ އަންބަކައް ވެލާއިރައް ކަމުގެ އެއްވެސް ތަޖުރިބާއެއް ހުނަރެއް އިލްމެއް ނެތީސް ގައުމުގެ ބޮޑު އަދި އެހާމެ މުހިންމު މިނިސްޓަރީއެއް ހަވާލު ކުރިތަން.. މީގެ އެންމެ ހިތާމަ ހުރިކަމަކީ ކިޔަވައިގެން އެތަކެއް ބުރަކާއި އެތަކެއް ރެއެއްހޭލާހުރެ އެތަކެއް ގައުމެއްގައި އެކަނިވެރިކޮއް ތިބެ އެގްޒާމްތަކުގައި ބައިވެރިވެ ކިޔަވަިގެން ފާސްވެގެން ނިކުމެ އިޚުލާސްތެރި ވަޒީފާގައި މަސައްކަތްކޮއް ތަޖުރިބާލިބި ގައުނަށާއި ރައްޔިތުންނައް ހެޔޮ ޚިދުމަތްކުރި އެތަކެއް ބަޔަކުތިބެން ޖެހެނީ ބާކީވެފަ..މިކަހަލަ ކޮންމެވެސް ބޮޑެއްގެ އަންބަކު މަގުމައްޗައް ނިކުމެލާ ދެތިންބަހެއް ބުނެލާއިރައް ނަގާގޮސް ތަހުތުގަ ބައިތިއްބާފަ. މިގައުމަކު އަހަރެމެން ކިޔަވައިގެން އައިސް ކުރާނެ ކަމެއްނެތް. އިބޫ އައް ވައްސަލާން.