ޖޭޕީ އާއި ގުޅުނީ ދާއިރާގެ ރައްޔިތުންގެ ވަޒީފާއަށްޓަކައި ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

ރިޔާޒް މިހެން ވިދާޅުވީ ޖޭޕީއަށް ސޮއި ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

"މިއީ އަމިއްލަ ނަފްސަށް މޮޅެއް އެދިގެން ކުރިކަމެއް ނޫން. މިއީ ދާއިރާގައި އަޅުގަނޑު ފަށާފައިވާ މަސައްކަތްތައް ނިންމަންށާއި ވަޒީފާތަަކުގައި ތިބި ރައްޔިތުންނާއި ޒުވާނުންނަށްޓަކައި." ރިޔާޒް ވިދާޅުވިއެވެ.

ޖޭޕީ އާއި ގުޅުނީ ދާއިރާ ރައްޔިތުންގެ ވަޒީފާއަށްޓަކައި ކަމަށް ރިޔާޒް ވިދާޅުވިއިރު ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވީ އެއްވެސް މީހަކަށް ވަޒީފާގެ ބިރެއް ނޯންނާނެ ކަމުގެ ވައުދާއިއެކުއެވެ.

ރިޔާޒް ވިދާޅުވީ އެނާ ޕީޕީއެމުން ވަކިވެ ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވީ އޭނާ ކުރިން ހުންނެވި ޕާޓީ ކަމަށްވާ ޕީޕީއެމްގެ އިސް ބޭފުޅުންނަށް ނޭނގި އެބޭފުޅުންނަށް ވަގަށް ނޫން ކަމަށެވެ. އަދި މިއީ ކުއްލި އަކަށް ނިންމި ނިންމުމެއް ނޫން ކަމަށާއި މި ނިންމެވުން ނިންމަވައި ޕީޕީއެމްގެ ޕީޖީ މެންބަރުންނާއި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން އާއި ވެސް މި ނިންމުން ހިއްސާ ކުރައްވާފައި ވާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް މިރޭ ޖޭޕީ އަށް ސޮއި ކުރެއްވިއިރު މިއަހަރުގެ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ރިޔާޒް ޕީޕީއެމްގެ ހަރަކާތްތަކުން ދުރުވިއެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ކެމްޕޭނުން އޭނާ ފެނުނެވެ.

ރިޔާޒްގެ އިތުރުން ހުވަދޫ އަތޮޅާއި އައްޑޫ ސިޓީއަށް ނިސްބަތްވާ ބައެއް ބޭފުޅުންވެސް މިރޭ ވަނީ ޖޭޕީ އަށް ސޮއި ކުރައްވާފައެވެ. މި ބޭފުޅުން ޖޭޕީ އާއި ގުޅިވަޑައިގެންނެވި ފޯމާ ހަވާލުވެވަޑައިގެންފައި ވަނީވެސް ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޢަލީ ހަމީދު

    ހުރިހާ ޕާރޓީއެއް ހަމަވީ.

  2. ވިލުފުށީ މީހާ

    ކަލޭގެ އަމިއްލަ ޖީބައް ގިނަކުރާން ވެގެން... ރައްޔިތުންގެ ވަޒީފާއޭ.. ލަދު ކުޑަ، ބޯގޮވި ހަރާމްކޯރު... ކަލޭއަކަށް ވޯޓެއް ނުދޭނަށް ވިލުފުށީ އެއްވެސް މީހެއް.. ކަލޭ ހީކުރަނީތަ..

  3. ބިކަ

    ކޮންތާކު ބޮޑު ދޮގެއް އަމިއްލަ ފަިދާޔަށް ދުނިޔެފެށުނިއްސިރެން ތި އާލާތުން އުޅުނީ ވެސް އިޅޭނީވެސް އަހަރެމެނަށް ވަރައްސާފު ހަރާމްޒާދާޔާ .

  4. މިސލ

    ޜިޔާޒު މިރޭ ހެދީ ދޮގެއް ބާ ނޫނީ ތެދެއް ބަ؟!

  5. މަރީ

    ކަޅޭ ދައްކާ ވާހަކަ ޤަބޫލުކުރާނެ މީހަކު ނެތް އިނގޭ

  6. ޅަބޭ

    ކޮބާ އެމްޑީޕީ ގާސިމުއާ ވެރިކަން ހަވާލުކުރަން ތައްޔާރުތަ؟؟!
    އެމްޑީޕީ އެންމެން ދެން މަހައް ދޭ. މުޑަހަނދި ބާނަން.

  7. އަހަންމާ

    މާދަންރޭ ސޮއިކުރަނީ ރެޑްވޭވް ސަލީމު

  8. ސޯލިހު

    ކުއްޓި ނަޝީދު ރެޑްވޭވް ސަލީމް ލިސްޓްގަ އެބައޮތް

  9. މަޑިފުށީ މީހާ

    މަމެންގެ ވޯޓް ރިޔާޒަށް ނުލިބޭނެ މިފަހަރު