ރާއްޖޭގެ ރައީސް ކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅުން އެކަން ހުއްޓާލައްވައި، ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އެ ފުރުސަތު ދެއްވުމަށް ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު ރިޔާޒް ރަޝީދު މިރޭ ގޮވާލައްވައިފިއެވެ.

ޖޭޕީން އެ ޕާޓީގެ އޮފީސް އަދި ޖަގަހަ، މ. ކުނޫޒުގައި މިރޭ ބޭއްވި "ކާމިޔާބުގެ ސައްލާ، ފަށަމާ ހޭވައްލާ" ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ ރާއްޖެ މިހާރު އޮތް ހާލަތުން އެހެން ހާލަތަކަށް ގެންދަން ޖެހެނީ ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތް ގޮތުން 2026 ވަނަ އަހަރު ދައުލަތް ބަނގުރޫޓުވުމުގެ ފުރުސަތު އޮތް އިރު، އެ އަހަރު ލޯންގެ ގޮތުގައި 26 ބިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި މިހާރުގެ ސަރުކާރަށް އެކަން ކުރުމުގެ ގާބިލް ކަން ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ ގައުމު ސަލާމަތުގެ އައްސޭރިއަކަށް ގެންދާ ނަމަ، އިގްތިސާދީ، ކަންކަން ދަންނަ ތަޖުރިބާ ހުރި ބޭފުޅަކާ މި ގައުމުގެ ވެރިކަން ހަވާލު ކުރަން ޖެހޭ. މިތިބަ ސިޔާސީ ލީޑަރުންގެ ތެރެއިން އަޅުގަނޑުމެންނަށް ފެންނަން ހުރި ހަމައެކަނި ބޭފުޅަކީ ގާސިމް. އެ ނޫން ބޭފުޅެއް ނެތް. އެ ނޫން ތަޖުރިބާއެއް ހުންނެވި ބޭފުޅެއް ވެސް ނެތް." މަޖިލިހުގެ ވިލިފުށީ ދާއިރާގެ މެމްބަރު ކަން ވެސް ކުރެއްވި ރިޔާޒް ވިދާޅުވިއެވެ.

ޕީޕީއެމް އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގައި ޑެޕިއުޓީ ލީޑަރު ކަން ވެސް ކުރެއްވި ރިޔާޒް ވިދާޅުވީ ރައީސް ކަމަށް ކުރިމަތިލައްވާފައި ތިއްބެވި ބޭފުޅުން ވެސް ވެރިކަމަށް ކުރިމަތިލެއްވުމުގެ ވިސްނެވުން ދޫކޮށްލައްވައި ގައުމު ސަލާމަތް ކުރަން ބޭނުން ނަމަ، ގާސިމަށް ފުރުސަތު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ރައީސް ކަމަށް ކުރިމަތިލައްވާފައި ތިއްބެވި ބޭފުޅުން ވެސް ތިކަން ހުއްޓާލައްވާ. މި ގައުމު ސަލާމަތް ކުރަން ބޭނުން ނަމަ، ގާސިމަށް ފުރުސަތު ދެއްވާ. އެގޮތަށް ގައުމު އެދި ގޮވަނީ." ރިޔާޒް ވިދާޅުވިއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ގާސިމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ރިޔާޒް ވިދާޅުވީ ރާއްޖެއަށް މިހާތަނަށް ގެނެސްދީފައި ހުރި ހުރިހާ ކާމިޔާބީއެއްގެ އަސްލަކީ ގާސިމް ކަމަށެވެ. ގާސިމްގެ އާއިލާ އަށް ބެލިޔަސް އެއީ ނަމޫނާ ބައެއް ކަމަށް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ގާސިމަކީ ކުރިމަތިލެއްވި ކޮންމެ ދާއިރާއަކުން އެންމެ މަތީ ހަރުފަތަށް ވަޑައިގެން ހުންނެވި ބޭފުޅެކެވެ. ކައްކާ ގޭހުގެ އަގު ކޮންޓްރޯލް ކުރެވިފައި ވަނީ ގާސިމްގެ މަސައްކަތުން ކަމަށާއި ރާއްޖޭގެ ތެލުގެ އެންމެ ބޮޑު ރިޒާވެއް އޮތީ ގާސިމްގެ އަތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ދިވެހި ސަރުކާރަށް ވެސް މިހާތަނަށް އައިއިރު އެވަރުގެ ތަނެއް އަދި ހެދިފައެއް ނުވޭ." ރިޔާޒް ވިދާޅުވިއެވެ.

މީގެއިތުރުން ފަތުރުވެރިކަމުގެ ވިޔަފާރީގައި ވެސް އެ ވިޔަފާރި ފައްޓަވައިގެން ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ ބެޑް ކޮންޓްރޯލް ކުރެއްވި ބޭފުޅަކީ ގާސިމް ކަމަށް ރިޔާޒް ވިދާޅުވިއެވެ.

އިޖުތިމާއީ މަސައްކަތްތަކަށް ބަލާއިރު، "އާސަންދަ" އާއި "މަދަނަ" ވުޖޫދުވުމުގެ ކުރިން ގާސިމް ވަނީ އަމިއްލަ ހަރަދުގައި ދިވެހިންނަށް ބޭސްފަރުވާކޮށް ދެއްވާފައި ކަމަށް ރިޔާޒް ވިދާޅުވިއެވެ. ރިޔާޒް ވިދާޅުވި ގޮތުގައި އާސަންދަ ފަދަ ހިދުމަތްތައް ސަރުކާރުން ފެށީ މަޖުބޫރުވެގެންނެވެ.

ހަމައެއާއެކު، އެތައް ޒުވާނުންނަށް މަތީ ތައުލީމް ފޯރުކޮށްދީ، އެތައް ޕައިލެޓުންނަށް އަމިއްލަ ހަރަދުގައި ތަމްރީން ދީ ހިދުމަތަށް ނެރެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެއް ދާއިރާއެއް ނޫން، އެތައް ދާއިރާއަކުން އެމަނިކުފާނަކީ ގައުމަށް ހިދުމަތް ކުރަމުން އަންނަ ބޭފުޅެއް. އަނެއްކާ މިކަން ކުރަނީ ހިލޭ ސާބަހަށް." ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ގާސިމަށް ލިބިވަޑައިގަންނަވާ އާމްދަނީގެ %60 ހަރަދު ކުރައްވަނީ ގައުމު ބިނާ ކުރެއްވުމަށެވެ. އަދި މިހެން ވިދާޅުވެވޭނެ ވިޔަފާރިވެރިއަކު ރާއްޖޭގައި ނުހުންނާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ތަކުރާރުކޮށް ފާހަގަ ކުރެއްވި ކަމަކީ ގާސިމްގެ ތައާރަފެއް ދޭން ބޭނުން ނަމަ، ފަސޭހަ ވާނެ ކަމެވެ.

"ގާސިމްގެ ތައާރަފެއް ގެނެސް ދޭން، ނޫނީ ގާސިމަކީ ކޮން ބޭފުޅެއް ކަން ގެނެސްދޭން އަޅުގަނޑު ނިދާފައި އޮއްވައި ގޮވާލިޔަސް، ގާސިމަކީ ކާކު ކަން ތިޔަބޭފުޅުންނަށް ވަރަށް ސާފުކޮށް ދަންނަވައި ދެވޭނެ." ޖޭޕީގެ އިސް ސަފުގައި މިހާރު ވަރަށް ހަރަކާތްތެރިކޮށް އުޅުއްވާ ރިޔާޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. މަހޭ

    ޚޮބަހޭ 19 މިލިއަން ރުފިޔާ ރިޔާޒޫ

    22
  2. ޖަނާޒާ

    ދިވެހިރާއްޖޭގެ ރައްޔިތުން ވާ ވައްދައިގެން ކުރި އެއް ނުލިބޭނެ. ގާސިމް ގެއަށް ވަޑައިގަތުމަށް ދަންނަވާ. ރިޔާޒު އާއި ތެލާ ފެނާ ވަކިވޭ ދިވެހިން ނަށް. އިހްތިރާމް އިހްތިރާމް އ

    23
  3. މަކަރެ

    އިސްތައްޓޭ ނުވީދި ގާސިމު ނުފެލާ ރައްކާވެބަލަ ތިޔަ ބައިގަނަޑު ލޮލް

    24
  4. ދެބަންދިހާރު

    ރައީސް ޞާލިހަށް ދެން ފުރުޞަތެއް ދޭން ނުޖެހޭނެ ކަމަށް ބުނާ މީހުން ބުނަނީ ގާސިމް ބޮޑާ ހާކާލާއިރަށް މިވެނި ކަމެއް ކޮށްދީ އެވެނި ކަމެއް ކޮށްދީގެންނޭ މިހާ ދުވަހު ކޯލިޝަނުގަ ގާސިމު އެގެން ގުޅުނީ. އެހެންވީއިރު ކޯލިޝަނުގަ ހުންނަން ދައުލަތުން އެވަރުގެ ޑިމާންޑެއް ކުރި މީހަކު، ވެރިކަމުގެ ގޮނޑީގައި އިށީނދެވުމާއެކު ރައްޔިތުންނަށް އަންނާނެ ބިލުގެ ބޮޑުކަން ތަޞައްވުރު ނުކުރެވޭ ކޮންމެ މީހަކު އެއުޅެނީ އެމީހަކަށް ލިބޭ ފައިދާގަޑެއް ނަގަންކަން ކަށަވަރެވެ.

    18
    • ދޫރެސް

      މޮޅޭ މީހޫން ފެލާލަން ބޯކާލަން
      ގާސިމް އަޅެ ތިޔަހުރީ ބީތާވެފަތަ

  5. ޖަމީ

    ރާއްޖެކޮންތާކުންސަލާމަތްކުރަންތަގާސިމަށްފުރުސަތުދޭންވީ މިގައުމިހާލަތަށްވައްޓާލުމުގެޒިއްމާކޯލިޝަނުގެބައިވެރިވިއެހެންމިހުނާއިއެއްވަރަށްނޫނީއެއަށްވުރެބޮޑަށްގާސިމުވެސްއުފުލަންޖެހޭނެ އެކަމުގެހެކިއަބިކަބަލުންއަދިވެސްއެހުއްނެވީއެމީހުންގެތެރޭގާމާވަރުގަދަރޭވުންތަކެއްރާވާހެދިޔަސްތިކަމެއްނުވާނެގާސިމުމެންމޮޔަފުޅުވަނީތޯ ވެރިކަމާހެދި ތިމާތިކުޅިހުއްޓާލާފާ ގޭގާމަޑުކޮށްލާ ކުދިންކާރީގާ އެއީމާރަގަޅުގޮތެއް ތިޕާޓީންވެސްތިމާފަހަތަށްޖެހިލާފާ ނޫކަށިފުރާއިގެޒުވާނަކުޚިޔާރުކުރި ަަަަަަަަަަަަަަަަަަަަަަަަަަަަަަަަނަމަ ރަގގަޅުލަވައެއްކިޔާލެވުނ ީީީީީީީީސް

  6. ދެބޯގެރި

    ޤާސިމުވެސް ރައީސްކަމަށް ކުރިމަތިލައްވާނެކަމެއްނެތް ރިޔާޒު ރަޝީދަށް އެފުރުސަތުދީ ރިޔާޒު ރަޝީދު ބުނާހާގޮތެއްހަދަން ދިވެހި ރައްޔިތުން މިތިބީ ފޫގަޅައިގެން މީ ކިހާޥަރެއްގެ ބޭކަލެއްބާ؟

    12
    1
  7. ހަނި

    ގާސިމަށް ވެރިކަންލިބިޖެޔާ މުޅި ދައުލަތް އޭނާގެ. ހަޒާނާވެނިމޭނެއެވެ

    22
    1
  8. ނބވ

    ގާސިމަކީ ވެރިކަން ކުރެވޭވަރުގެ މީހެއްނޫން ތިއުޅެނީ ތިމާމެންގެ އަމިއްލަފައިދާ އަށް

    21
    1
  9. އަލީ

    ހެޔޮނުވާނޭ ގާސިމައް ވެރިކަންހޯދައިދޭން މަސައްކަތްކުރުން އެއީ ރައްޔިތުންހަދާނެ އެއްމެބޮޑުގޯސް.

    18
    1
  10. އަލްޖިބްރާ

    ތިޔަ ބުރުމާ މިޤައުމުގެ ވެރިކަމަށް ސަވާރުވެއްޖެ ނަމަ މުޅި ދިވެހިޤައުމު ސުންނާފަތި ކޮށްލާނެ !

    22
    1
  11. ސަންޑާނު

    ރިޔާޒޫ މޮޔަފުޅުނުވޭ!

    14
    1
  12. ސަރަފަކައްދަ

    ކޯޗެއްތޯނެތީ! ކޯޗެއްތޯ ނުލިބެނީި! ކޯޗެއް މަދުވެގެންތޯ ތިޔަ އުލުއްވަނީ! ﷲ ދެއްވާފައިވާ ނިޢުމަތް ތަކަށް ޝުކުރުވެރިވެ ހުރުން މާ ބުއްދިވެރި. ވެރިކަން ކުރުމަކީ ޤައުމުގެ ރައްޔިތުންގެ ޙައްޤު ތައް އިންސާފު ވެރި ކަމާއި ، ހަމަ ހަމަ ކަމާއި އެކު ތެދުވެރި ، އިޙުލާސް ތެރި ކަމާއި އަމާނާތް ތެރި ކަމާއި އެކު ކުރުން. މި ދެންނެވި ކަންކަން ނުކޮއްދެވޭނެކަން ޔަޤީން. މިހެންކަމުން އިތުރު ފާފަ ތަކެއް ބޮލުގައި އެލުމަށް ވުރެ ތިކަމުން ދުރުހެލިވެ ހުރުން ބުއްދިވެރިވާނެ. ހަމަ ޔަޤީނުންވެސް ތިހިރަތިހިރަ ކަންކަމުގައި ޖަވާބު ދާރީ ވާންޖެހޭ ދުވަސް އަންނާނެކަން ޔަޤީން. ބައްދިވެރިންގެ ގޮތަކީ ރައްޔިތުންގެ ހައްޤު ތަކަށް އަރައި ނުގަނެ ތިމާގެ ދިރިއުލުން ނިމެންދެން ހުރުން. ވ ވެދުން.

    13
    2
  13. ނައިފަރު ޝިޔާމް

    ބުރުމާ ޤާސިމަށް ޗާންސެއް ނެތް. ސޮރީ. ފުރަތަމަ ކަމަކަށް ރިސޯރޓް މުޥައްޒަފުންނަށް ޙައްޤު މުސާރަ ދޭށޭ ޤާސިމު ގާތު ބުނެލަބަލަ ރިޔާޒޫ...

    14
    1
  14. ލަކީ

    ހެހެ ވަރަށް ރަންގަޅު އެޑުވޭޒަރެއް މީ އޭރުން އުކާލާފަ ބާދަންގަންޑުގެ ގޮތުގަ ހުރި ވެހިކަލް ތަކަށް ތެޔޮއެޅި ކަމަށް ތިބޭފުޅާ ބިލް ހައްދަވާނެ ހެހެ

    12
  15. ނާދިރާތަ

    ރިޔާޒްގެ ތިޔަވާހަކައިން ހާމަވީ ޤާސިމަކީ ވެރިކަމަށް ކުފޫ ހަމަނުވާ، އަދި އިންތިޚާބު ގައި ބަޔަކާއެކު ވާދަކޮށްލަންވެސް ނުކެރޭވަރުގެ މީހެއްކަން. ތިޔަ ވަރު މީހަކު ރިޔާސީ ކެންޑިޑޭޓަކަށް ނެގީވެސް ބައެއްގެ އަމިއްލަ އެދުމެއް ޙާޞިލު ކުރަންކަންވެސް ތިޔަ ބުނި ވާހަކައިން ދޭހަވޭ

    17
  16. ޑައެލޯގް

    އިގްތިޞާދު ތަޖުރިބާ ހުރިބޭފުޅަކީ ގާސިމެއްނޫނެވެ. އެއީ ޔާމީނެވެ. މިހާރު ކުރިމަތިލާފައިވާ މީހުންގެ ތެރެއިން ޔާމީނަށްނޫނީ މިގައުމެއް އާރާސްތުކޮށް ނުހިންގޭނެއެވެ.

    21
    1
  17. ދުފޮރޮޅި

    ރިޔާޒޫ ލަދެއްނުގަނޭދޯ ރިސޯޓތެރޭ ސައިކަލްގަ ބުރުތަޅާއިރު. ސޭޓް އެއުޅެނީ ސްޓަރފުންނަށް ހަމަހަމަ އަށް ވާޖިބު އަދާނުކޮއްދެވި. ކިހިނެއް ވެރިކަން ކުރާނީ. ރިޔާޒުމެން ލަދެއްނުގަނޭ ސޭޓްއަށް ކުރިންގޮވިހާއެއްޗެހި. ބޯހަލާކު ސޭޓް ކާރީބުނެ ވެރިކަމާ ގާތްނުވާށޭ ތިކަމެއްނުވާނެޔޭ ސޭޓްމެންނަކަށް ކޮވިޑް ބުނާއިރަށް އެންމެފަގީރުވީ ސޭޓް ސްޓަރަފުންނަށް މުސާރަ ކަޑާލާފި. އެތަށްއާއިލާއެއް ނުކައި ނުބޮއި ވިސްނާލަބަލަ.ރިޔާޒް

    14
  18. ނެގުނުކަތީބު

    ރިޔާޒް މެން ބޭނުންވަނީ ގާސިމް 3ބަލި ކުރަން. މިފަހަރުމީ ގާސިމް 3ބަލިވާނެފަހަރުކަން އެމީހުނަށް ކަށަވަރުވޭ.

    14
  19. ސޫއޫދު

    ފުރުސަތުދީފިނަމަ މިހާރުމިދިން ގެއްލުމައްވުރެ ބޮޑުވާނެ މިސަރުކާރަކީ ވެސް ބުރުމާގެ ހިއްސާ ޖުމުހޫރީ ކޯލިޝަންސަރުކާރެއް ކޮމަންޑޫދާއިރާގެ މަޖިލީސް ގޮނޑި އައްކެންޕެއިންގަ ބުރުމާދެއްކި ވާހަކަ ހުއްނާނެ ވީޑިއޯތައްވެސް

    11
    1
  20. ޙޯރަ

    ޞުބްޙާނަﷲ. ކަލޭގެ އެދުންވާ ބޮޑު. ތިޔަހެން ކަލެއަށް ބުނެވޭނީ ކަލޭ ނުވަތަ ޤާސިމުގެ އަތާ ބަތާ ކައިގެން އުޅޭ މީހުން ގާތު ދޯ! މޮސަލަކަށް؛ ނިހާން، އިލްހާމް، އަލީ އާރިފް ކަހަލަ ޤާސިމުގެ އަތާބަތާ ކައިގެން އުޅޭ މީހުންނަށް ތިޔަ ލަފާ ދެވިދާނެ.

  21. ބޯސަކަރާތް

    ރިޔާޒޫ ކަލޭ ދޭ ފުރުޞަތެއް ދީ. ފާސިގަކަށް ރައްޔިތުން ދޭނެ ފުރުޞަތެއް ނެތް.

    13
  22. Anonymous

    ކަލޭ ކަހަލަމީހުން މިދުވަސްކޮޅު އެބޭ ފެލަާލާ

  23. މެކުނު

    ރިޔާޒޫ.. މަށަށް ހަމަ ހެވެނީ.. ތި ނޫނީ އަނބިދަށުވެގެން ސަލާމަތްނުވާނެ މީހެއް ނުހުންނާނެ ތި ހުޅުމާލޭގަ ބޭއްވި ހަފްލާގައިވެސް މަހުރީ ކޮސްވެފަ އަނބި ގޮއްޔެ އަށް ހުސާމަދު ކުރިއިރު.. ހީހީ ހަލާކު.. ވަރަށް ސަލާމް.

  24. ލއލ

    އެއްކަލަ ތެރޮ ރިޔާޒު ދޯ، އެފް އެސް އެމައް ދައްކަންޖެހޭ ފައިސާ ދައްކާފިބާ؟

  25. ރިޔާސީ

    ޤާސިމަށް މިހާރު ތިޔަ ކަމާ އުޅެވިއްޖެ. ޤާސިމްގެ އޮފް ކެނޑިއްޖެ. ދެން ބޭނުމީ ހަރުދަނާ، ގޮތެއް ހުރި ހިންގުންތެރި އައު ލީޑަރެއް. އެއީ އެމް.އެން.ޕީ ގެ ކެންޑިޑޭޓް މުޙައްމަދު ނާޒިމް. މިފަހަރު ބަދަލަކަށް ނާޒިމް ކަމުދާނެ

    3
    2
  26. އިއްބެ

    ޤާސިމް އާ ގުޅާލަން ބޭނުން! ރިޔާޟު ތިހާ މޮޅިއްޔާ ގުޅޭނޭ ނަންބަރު ދީބަލަ! 37 ވޯޓު ކަށަވަރު!

    3
    1