މިއަދު މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެސްޓީއޯގެ ކާޑު ގުދަން ތަކަށްވެސް ފެންވަދެއްޖެއެވެ. ނަމަވެސް ކާޑުގެ ބާވަތްތަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ގުދަން ތަކަށް ފެންވަދެފައިވާ ފޮޓޯތަކާއިއެކު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގުދަން ތަކަށް ފެން ވަތް ނަމަވެސް މުވައްޒަފުންގެ ހުށިޔާރުކަމާއި ހީވާގިކަމުން ކާޑުގެ ސްޓޮކްތައް ސަލާމަތް ކުރެވިފައިވާ ކަމަށެވެ.
https://twitter.com/HusenAmr/status/1070349124317270016
އެސްޓީއޯއިން ކުރި ޓްވީޓެއްގައި ބުނީ ބޭހާއި ކާޑުގެ އިތުރުން ތެޔޮ ރައްކާކުރާ ގުދަންތައް ރައްކާތެރިކޮށް ހުރިކަމަށާއި ރައްޔިތުންނަށް ދަތިކަމަކާނުލާ މިތަކެތި ލިބޭނެ ކަމަށެވެ.
ސިފައިން ވެސް ގެންދަނީ އެސްޓީއޯގެ ގުދަންތައް ހުރި ސަރަހައްދުތަކުން ފެން ހިންދާ ގުދަންތައް ރައްކާތެރި ކުރުމަށް ހާއްސަ ފިޔަވަޅުތައް އަޅަމުންނެވެ.
މިއަދު ހެނދުނުން ފެށިގެން މާލެ އަށް މެދު ނުކެނޑި ހަވީރު ވަންދެން ވެހުނު ވާރޭގެ ސަބަބުން މީން ދުވަހަކު މާލޭގައި ފެންބޮޑު ނުވާ މިންވަރަށް ވަނީ ފެންބޮޑުވެފައެވެ. ފެން ހިންދުމުގެ މަސައްކަތް ސިފައިންނާއި އެހެނިގެން އިދާރާތަކުން ގެންދަނީ ކުރަމުންނެވެ.
މިހާރު ކޮންމެވެސް ވަރަކަށް ފެން ހިނދިފައި ވީނަމަވެސް މިރޭ އިތުރަަށް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. އެހެންކަމުން އަދިވެސް އިތުރަށް ފެންބޮޑުވުމުގެ ފުރުސަތު އެބައޮތެވެ.
ހެޔޮނުވާނެ ތިތާ ތިހުރީ މި ރާއްޖޭ ހުރިހާ މީހުން ކެއުމަށް ބޭނުންކުރާ ކާޑުގެ ބާވަތް، ހަފުތާއެއް ވަންދެން ވާރޭ ވެހުނަސް ފެން ނުވަންނަ ގޮތަށް ތި ގުދަނުގެ ފުލޯ އުސްކުރަން ގޮވާލަން. ހަމަ ވާރޭ ކޮޅެއް ވެހިލާއިރަށް ފުން ގުދަ ދޮރުމަތީ ބަސްތާ ޖެހުމުގެ އުސޫލު ދޫކޮއްލާ، އަވަހަށް ފުލޯ އުސްކުރޭ