ކުޑަކުއްޖަކާއެކު ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތުގައި 10 އަހަރުގެ ޖަލު ހުކުމެއް ތަންފީޛު ކުރަމުންދިޔަ އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) މިނިވަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިންސާނީ ޙައްޤުތައް ހޯދުމަށް މީގެކުރިން ވަރަށް ވަރުގަދައަށް ވަކާލާތު ކުރައްވާފައިވާ އީވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި އެއްވެސް ޙާލަތެއްގައި ކުޑަކުއްޖަކު ޖިންސީ ގުޅުން ހިންގަން އެއްބަސްވެދާނެކަމަށް ޤަބޫލު ނުކުރާކަމުގައެވެ.
"ހިނގައިގެން މިދިޔަ ކަންކަން އަހަރެންނަށް ރަނގަޅެއް ނޫން. އަހަރެން ޤަބޫލެއް ނުކުރަން އެއްވެސް ހާލަތެއްގައި ކުޑަކުއްޖަކު ޖިންސީ ގުޅުން ހިންގަން އެއްބެސްވެދާނެ ކަމަށް." އީވާ ވިދާޅުވިއެވެ.
އީވާ އިތުރަށް ވިދާޅުވީ މިކަމުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ހިތި ހަނދާންތަކެއް ގެނުވައިފިކަމަށާއި މިކަމުގެ ބޮޑުކަން އެންމެންނަށްވެސް އިހުސާސް ކުރެވޭކަމުގައެވެ. ހަމައެހެންމެ، މިފަދަ ކަންކަމާ ގުޅިގެން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ނިޒާމެއް ޤާއިމް ކުރުމުގެ މުޙިއްމުކަން އޭނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ނިންމެވުމަކަށް ހޯރަ އިއްބެ މިނިވަން ކޮށްފައިވަނީ އިއްޔެއެވެ. އޭނާ ކޮށްފައިވާ ކުށަކީ ރައީސަށްވެސް މަޢާފު ނުދެވޭ ކުށަކަށްވާއިރު، އޭނާ މިނިވަން ކޮށްފައިވަނީ ޙުކުމުން އެއްބައި ކަނޑާލުމަށްފަހު، އެބައި ފުރިހަމަ ކުރުމުންނެވެ.
ހޯރަ އިއްބެ މިނިވަން ކުރުމުގެ ސަބަބުން އެތައް ބައެއްގެ ފާޑު ކިޔުން، ސަރުކާރަށާއި އެމްޑީޕީ އަށް ވަނީ އަމާޒުވެފައެވެ.
އިންތިހާބު ގެ ސްޓަންޓެއް ދެއް ތޯ އެކަމަކު މިފަހަރު ސޮރީ
ދެންލަ ލަލާ
އެވެސް އެކަންކޮށް ނިންމާލީމަ..ކުރިން އެއްޗެއް ނުބުނެ ހުރީ އެކަން ވަންދެން..
ގޯސްސަރުކާރު ބާލާފަ ރަނގަޅު ސަރުކާރެއްގެނެސްފައި ތިއޮތީ! ދެނޯ މިސަރުކާރުން ގޯސްކަމެއްނުކުރާނެ1 ހެޔޮ މިހުންމަރާފައިތިބިމީހުން ދޫކުރިޔަސް އެޔީހަމަ"ހެޔޮފުޅުކަން"
މީ ވޯޓު ސްޓަންޓް އެއްތަ؟؟؟
މީ އެއްކަލަ މީހުންނަށް މަލާމަތް ކުރާ ޕަރފެކްޓް މީހދޯ!! ދުންޔާއްށް މަލާމާތް ކޮށް ވީޑިއޯ ހެދިއިރު ކޮން އަނގައެއް މިތަޅަނީ!! ފޫހިގަނޑެއް
އިންސާފު ހޯދަން ދެން ކޮންތާކަށްތޯ ދާަނީ
ސޯލިހުގެ ސަބަބުން މިކަހަލަ ކުއްކުރާ މީހުންނަށް ހިއްވަރު ލިބިގެން އެދަނީ. ކުއްކުރާން.. ކޮބާ އިންސާފު. ޖެންޑާ މިނިސްޓަރު ހުރީ ހަނުގަ. އިސްތިއުފާ ދީ..
ތިއީ ހޯރަ އިއްބެ މިނިވަންނުކޮށްގެން ތެޅިބޭލި އެކަކު! ތި ވެގެންއުޅޭ ގޮތަކީ އަންނަ އަހަރު ކުރީކޮޅު އެބަ އޮތް މަޖިލީހު އިންތިޚާބު! މިހާރު ވައިކަޓައިގެން އުޅޭތީވެ މީހުންނަށް އޮޅުވާލަން ދައްކާ ވާހަކަ އެއީ! ތިއީ ތާކު ހުރި މުނާފިޤެއް!
މޑޕގ މެނބަރުން ސްޓަންޓް ޖެެއްސުން
ހުއްޓާލަންޖެހެއެވެ ހޯރައިއްބެ ވާހަކަނަގަންވީ ވަގުތުފާއިތުވީފަހުން އެކަމާ އުޅުމަކީ ބޭނުނުމެއް
ނެތްކަމެކެވެ މަޖިލިސް އިންތިޚާބަށް ތައްޔާރުވާން
ކުރަން މާރަނގަޅު ކަންކަން ކުރެވިދާނެއެވެ
އީވާ މިގޮތަށް ބަސްބުނިއިރު އެއްކަލަ ސިދާތާ ކިޔާ މަންޖެ ވަޒީފާގެ ބޭނު،މުގައި ހަނުހުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން
މިގޮތައް މިކަންކޮށްފިނަމަ މާދަން ޖަލުން ނެރެންޖެ ހޭނީ ޢަމިއްލަ އުފަންދަރިންނަށް ޖިންސީގޯނާކޮށް ކުށްސާބިތުވެ 25 ޢަހަރަށް ޖަލަށްލާފައިވާ ބޮޑެތިކުއްވެރިން.
އިބޫ އާދެކޮޅަށް ކެނެރީގެއިން މިއުޅެނީ ބަގާވާތެއް ކުރަން. ހޯރަ ދޫކުރަން އެންގީ ނަޝީދު. ދޫކުރަންދެން އީވާ ހުރީ ހަނު. ދޫކުރީމަ އިބޫ ގޯސްކުރީ. ނަމަނަމަ އެމްޑީޕީ ކެންޑިޑޭޓައް ވޯޓް ނުދޭތި. ސީދާ ނަޝީދު ބަގާވާތައް ނެރޭ މީހުން އެއީ. އިބޫ ސަރުކާރު ދަމަހައްޓަން ކޯލިޝަން ކެންޑިޑޭޓައް ވޯޓް ދީ
ސޯލިހު ނޫންބާ ވެރިޔަކީ
މިހާރު އޮޅިއްޖެ
ޥަރަައްސަލަަމް
މޑޕ މީހުން މީތި ކިޔާފައި ކަން ބޮޑުނުވާނެ. އެމީހުންނަށް އިނގޭނެ މީގެ މާނަޔަކީ އަސްލު ހޯރަ އިއްބެގެ ދިފާއުގައި ދެއްކި ވާހަކައެއްކަން.
"ހިނގައިގެން މިދިޔަ ކަންކަން އަހަރެންނަށް ރަނގަޅެއް ނޫން. އަހަރެން ޤަބޫލެއް ނުކުރަން އެއްވެސް ހާލަތެއްގައި ކުޑަކުއްޖަކު ޖިންސީ ގުޅުން ހިންގަން އެއްބެސްވެދާނެ ކަމަށް ."
އޭއި ރާއްޖޭގަ އުޅޭ އެންމެ ބޮޑު ޓެރަރިސްޓްވެސް ދޫކޮށްފަ އެހެރީ. ކަލޭ ކޮބާ!
އަދި ކިރިޔާތަ ނިދިން ހޭލެވުނީ. ހުރިހާ ކަމެއް ނިމުނީމަ ކޮން މުންޖެކޭ މި ކިޔަނީ
ދޮންމީހުންގެ ޑިމޮކްރަސީގައި ކައިވެނިނުކޮށް ރުހުމުގައި ޖިންސާގުޅުން ހިންގުމަކީ މައްސަލައެއްނޫން އީވާމެންނަށް އެވަރު ނޭންގޭތަ... އަދި އެމްޑީޕީއަކީ ޑިމޮކްރަސީ ޕާޓީކަންވެސް ނޭންގެނީތަ؟؟ ދޮންމީހުނަށް މައްސަލައަކަށްވާނީ ދެފަރާތުގެ ޢާއިލާގެ ރުހުމާއެކީގަ ޝަރުޢީގޮތުން ފުރިހަމަކުރަން ޖެހޭކަންކަން ފުރިހަމަކޮށް ކައިވެންޏެއްކޮށްގެން ގުޅުން ހިންގީމަ...
ސާބަހޭ އީވާ ތިހެން ތިބޭނީ ދިވެހި އަންހެނުން
ޙާދަ އަވަހަކަ ތިހެން ތިބުނެލީ... ޢަދި ހޯރަ އިއްބެ އަށް ކާފަ ކިޔަންދެން މަޑު ކޮށްލަބަ ޕްލީޒް....
ޢީވާ މެން މަކަރުން އަހަރިން ނުދޭނަން ވޯޓް
ސާބަސް އީވާ ތިޔަހެން ތިބޭނީ ސިޔާސީ މީހުން..
ޖަލުގަ އެތައް މުސްކުޅިންނަކާ ޒުވާނުން ބަންދުކޮށްފައިއި އެބަތިބި ކުޑަކުދިންނާ ބެހިގެން އެކުދިންގެ ރުހުމާ ނުރުމުގައިވެސް ބެހިފައިވެއި އެމީހުން ސަލާމަތް ނުކޮށް ރައީސް އެންމެ މީހެއްްް ސަލާމަތް ކުރުމުގެ ބޭނުމަކީ ކޮބައިބާ ދެންތިބީ ޤައުމުގެ ބައެއްނޫންތަ؟
ކޮއްކޯ އެއީ ކުޑަކުއްޖެއް ނޫނޭ. އެމަންޖެ ގެ އުމުރުން އޭރުވެސް ހިޖްރީ ގޮތުން 18 އަހަރު ފުރިގެން ދެފަރާތުގެ ޢާއިލާ މާލެއައިސް އެދެމީޙުންގެ ކައިވެނި ކުރުވުމުގެ ކަންތައް ތައްޔާރު ކުރެވެމުންދިޔައިރު އެކަމެއް ހިނގީ.އޭރު އެމަންޖެ ހުރި ރަންކިޔާފަ އިއްބެޔަ އިންނަން. މިހާވަރުން ދެން ގަބޫލުކޮށްބަލަ.
އީވާއަށް ކެރޭނެތަ އިބޫގެ އިތުބާރުނެތްކަމުގެ ވޯޓެއްނަގަން ގޮވާލަން؟
ބުރިކުރެ މަދިގު
ލަހުންނަމަވެސް ފަހުންނަމަވެސް ހޯރަ އިއްބެ ދޫކޮއްލުމާ ދެކޮޅަށް އީވާ ތެދުވިއިރު ޖެންޑަރ މިނިސްޓަރ ފުލައްބަރުވެގެން އެހެރީ ނުތެދުވިފަ. ޢަދި އަމުދުން އަދާލަތުވެސް މަގާމް ފާހަގަކޮއްގެން އެތިބީ ހިރިނުލެވިފަ. ޢިމްރާނަށް އޮތީ ދޫކޮއްލާށޭ ބުނާމީހަކު ދޫކޮއްލުން ބަންދު ކުރާށޭ ބުނާމީހަކު ބަންދު ކުރުން.
އެޗް.އާރް. ސީ. އެމްވެސް ވީ
ހަނީމޫންގަ
އެމް.އާރް އެމް ވެސް އުޅެނީ ތަރިކައިގަ ރެދެއްލައި ހިރަފުސް ބުރިޔަ ނުދޭތޯ ބަލަން.
ޤާސިމްވެސް އުޅެނީ މަޖިލިސް ރައީސްކަން ދިފާޢުކުރެޥޭނެ ގޮތެއް ހޯދުމުގައި އަވަދިނެތި.
ކަނޑުގެ ހުކުމް އެއްގަމަށް
ސަރުކާރުގެއަމަލުތައްގޯސް މަގާމުގެ ބޭނުންހިފާ ނާޖާއިޒު ކަންކަން ކުރާގޮތަކީ މިއީ އެމްޑީޕީ ބޭފުޅުންނަށް އެގިލައްވާތަ ؟ ރައީސަށް މައާފް ނުދެވޭކުށެއްގާ މުއްދަތުގެ ބައެއްވެސް މައާފެއްނުކުރެވޭނެ. މިއީވަރަށް ބޮޑުޖަރީމާ އެއް ގާނޫނުއަސާސީގެ 20 ވަނަ މާއްދާއާ 17 ވަނަމާއްދާއާ ވެސް ހިލާފު ވުމެއް.
ޙހައި އީވާ ހިދުކޮޅުގަތޯ ތީބޮޑުވަރު ޓޫފޭސް ވުއަސް
ވާސަރީ އެއްކަލަ އީވާ އަލިފަކަށް ވެއްޖެ. ކަނބުލޯ މަޖިލިސް ކުރިމަތީގައި އޮތީމާ މާ އިންސާފަށް ލޯބިކުރާ ކަމަށް ދެއްކެންވެގެން ނޫސްތަކުގެ ފަލަ ސުރުހީން ޖާގަ ހޯދަން އުޅުމަށް ވުރެ މާތާހިރުވާނެ ބުރުގާ އަޅާ އައުރަ ނިވާކޮށްގެން ނަމާދުކުރީމަ
ބާލިޢުވެފައި ހުރި މީހެއް އެއީ ކުޑަކުއްޖެއް ނޫން. މިއީ އިސްލާމްދީން ބުނާ ގޮތް. އެ ދެމީހުން ހައްޔަރުކުރީ އޮރިޔާމުން ތިއްބަކާ ނޫން. ހަމަ އެކަނި އެއްކޮޓަރިއެއްގައި ތިބިކަން. އަންހެންކުއްޖާއަށް އޭރުވެސް ވަނީ މީލާދީ އިސްލާމީ ތާރީޚުން 18 އަހަރު (ތިޔަބޭފުޅުން ހައްދަވާފައިވާ ދުނިޔެވީ ގާނޫނުން ބުނާ ތާރީޚް) ވެސް ހަމަވެފައި. ވީމާ މިއީ ކުޑަކުއްޖަކާ އެކީ ބަދުއަހްލާގީ އަމަލެއް ހިންގުމުގެ މައްސަލައެއް ނޫން.
ކްލެމެންސީ ބޯޑަކީ ކުށްވެރި ދޫކުރުމާ ނުކުރުމަށް ބަލަންޖެހޭ ބެލުންތައް ބަލާ ދިރާސާކޮށް ރައީސް އަށް ލަފާދޭން އޮންނަ ގާނޫނީ އިދާރާ. އެތަނުން ހުކުމް ލުއިކުރަން ލަފާދީނީމާ ދެން އެމްޑީޕީ މީހެއް ކަމަށް ވާތީ ދޫ ނުކޮށް ބެހެއްޓުން އެއީ އިންސާފެއް ނޫން. ޑްރަގްގެ މީހުނާ ގޭންގު މީހުންވެސް ދޫކޮށްފައި އެބަހުރި. އެއީ މުޖްތަމައުއަށް މާ ނުރައްކާތެރި ބައެއް.
ބޮޑުބެ ބުނީ ފްރޭމްކޮށްފަޔޯ،އެ އަންހެންކުއްޖާ ބުނީ ކުރީމޭ،ޢިއްތިރާފްވެފަ ބަޔާން ނެރެފި،ދެން ރައީސް ބޮޑުބެ ބުނީތީ ދޫކޮށްލީ،ވަރަށް ވައި މަޑޭ ނެތް އެއްވެސް ވަރެއް ތިޔަ ޓުވީޓަކު . ބޮޑަށް ވައްތަރީ ސިޔާސީ ސްޓަންޓަކާ. ބޮޑުބޭ އަށް ވެސް ވޯޓު ނުދޭތި.ބޮޑުބެ ޕާޓީ އަށްވެސް ވޯޓުނުދޭތި.ބޮޑުބޭ ޕާޓީ މީހަކަށް ވެސް ވޯޓު ދޭން ހެޔޮ ނުވާނެ ސަބަބަކީ ކުޑަކުދިންނާއި ބެހޭ މީހާ ދޫކޮށްލުން.އެއީ ގާނުނީ ގޮތުންވެސް މާފުވެސް ލުޔެއްވެސް ދުވަހެއްވެސް ،ބާކީ ދުވަހެއްވެސް ކެޑޭނެ ބަޔެއް ނޫންކަން ގާނޫނުގައި ލިޔެވިފައި އޮތްހިނދު ދޫކޮށްލުމަކީ ގާނޫނީ ކުށެއް.ކޮބާ އިމްރާނު؟
ހުރިހާކަމެއްވެސް އިބޫ ކުރަނީ ހިންޏަށް ހަކުރުއޮޅުވާލާ އުސޫލުން. ހޯރަ އިއްބޭގެކުށް މައާފެއްނުކޮށްދޭ މުއދަތު ހަމވެގެންދޫކޮށްލީ. ކޮބާތޯ ގާނޫނާ ޚިލާފުވެފާ . އިމްރާނަށް ގާނޫނާ ޚިލާފަށް ވަޒީރުކަން ދީފާ އެކަންވެސް އޮޅުވާލީނޫންތޯ؟ ގާނޫނަށް ފައްތާލީ ކިހާމޮޅަށްތޯ؟ހަކުރުފުޅީގައި ލޮނު މިހެންލިޔެފާ ބެހެއްޓީމާ ދެން ހިންޏެއް އެއަކަށް ނާރާނެއެއްނު. ހިންޏަކީ ލޮނު ކާއެއްޗެއްނޫންވިއްޔާ.
ހައްހާހާ....ތިވީގޮތުން މިގޭ ހަކުރުފުޅީގަވެސް ބޮޑުއަކުރުން "ލޮނު"މިހެން ލިޔެފަބަހައްޓަންވީ ދޯ..ހަކުރުފުޅިއަށް ހިނި އަރާވަރުން އޮބިނޯވޭ..
އަންނިގެ ސަރުކާރަށްވުރެވެސް ޞޯލިޙުގެ ސަރުކާރުގައި ޚުދުމުޚްތާރު ކަން މާބޮޑު، ކުރި ހުވަޔަކަށް ބެލުމެއްނެތި ކަންކަން ކުރަމުން އެ ގެންދަނީ ހިތައްއެރި ގޮތަކަށް “ނުމޮށޭގުރާ ބާރަށް ދައިގަންނާނެ” އޭ ބުނާ އުޞޫލުންނެވެ. ވެރިކަމުގެ ހުވާ ކުރުމާއެކު ފުރަތަމަވެސް ދިމާ ކޮށްލީ އިސްލާމްދީނާއެވެ. ދެންފެށީ ޖަލަށްލާފަތިބި ބޮޑެތި މުޖުރިމުން
މާރިޔާ މިޔަށްކިޔަނީ އަމާބުނީތީފަރަށްދިއުމޭ. މައާފުނޔދެވޭ ކުށެއް ހުކުމުން އެއްބައި ކަނޑާފަ ދޫކޮށްލީ. އީވާ ތިއައީ ކޮބްތާކުއުޅެފަ. އޭނަ ދޫނުކުރަނީސް މުޅި ގައމު އެކަމާ ދެކޯޅަށް އަޑުއުފުލިއިރު ނިދާފަތަ. ދުކުރީމާ ދެން ކޮންވާހަކައެއް. ދެން އަނބުރާ ޖަލަކަށް ނުގެންދެވޭނެކަން އިނގޭތީ ރައްޔިތުން އޮޅުވާލަނީދޯ. މޮޅު ޔަހޫދީ ސްޓަންޓެއް.
ބަލަ ތިޔަށްވުރެ މާ ނުލަފާ ކަންކަން ވެސް ކަލޭމެންގެ ވަގު ސަރުކާރުން އެބަ ކުރޭ ނޫންތަ.....؟
ސްޓޮޕް ޕްލެއިން ގޭމް ވިތް އަސް އީވާ.ދެން ދޫކޮށްލީމާ ކޮންމެހެން ތިހެން ނުކިޔާ. ދޫކޮށްލާ ކަން ކަމަނާއަށްވެސް މާކުރިން އެނގިފަ އޮންނާނީ. އެކަން އެނގިގެން ރައީސްއާ މަޝްވަރާ ކުރެއްވިންތޯ. ނުކުރައްވަން ދެއްތޯ. ސޯ މިހާރު ތިވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. ތީ ހުސް މަތި އޮމާން ކޮށްލަން ދައްކަވާ ވާހަކަ.
އީވާ މަންޖޭ ހެޔޮނުވާނެ ދެން ތިފާޑަށް އުޅެން ސަހަލަ އެކަކުވެސް ނެތް ހަމަ ސިޔާސީ އެދުމެއް ހާސިލް ކުރަން ނޫނީ ތި އަނގަތަކެއް ނުތަޅުވާ ހާސިލްވީމަ ދެން ހަނދުމަފުޅު ނުބަހައްޓާ....