ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލައި، ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި، ފުރިހަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ އެންމެހައި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނެރުއްވާ ސަޕްލިމެންޓަށް، ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
ރައީސްގެ ޚިޠާބުގައި މި ސަރުކާރު ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންނަށް ވެފައިވާ އެންމެބޮޑު އެއް ވަޢުދަކީ، ރާއްޖެއިން ކޮރަޕްޝަންގެ ވަބާ ފުހެލުމަށްޓަކައި އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރުންކަން ފާހަގަކުރައްވައި، ކޮރަޕްޝަންގެ ޢަމަލުތަކުގެ ސަބަބުން ރައްޔިތުންގެ މުދަލާއި ފައިސާ ގެއްލިގެންދާ ދިޔުމަށް ނިމުމެއް ގެނައުމަކީ، މި ސަރުކާރުގެ އެއް އަމާޒުކަމުގައި ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނުގެ ޚިޠާބުގައި ކޮރަޕްޝަންގެ ވަބާ ރާއްޖެއިން ފުހެލެވިގެން ނޫނީ ރައްޔިތުން އެދޭ ތަރައްޤީއާއި ކުރިއެރުން ރައްޔިތުންނަކަށް ހޯދައެއްނުދެވޭނެކަމަށާއި، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޖަވާބުދާރީކުރެވޭނެ ގޮތެއްގެ މަތިން ދެފުށްފެންނަ ގޮތަށް ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ބައްޓަންކުރުންކަން ފާހަގަކުރައްވާފައިވެއެވެ.
އަދި، ކަންކަން ކުރުމަށް ކަނޑައެޅިފައިވާ އުސޫލުތައް ލިޔެވި، ޢާންމުކުރެވެންޖެހޭނެކަމަށާއި، ސަރުކާރުގެ މުވައްޒަފުންނާއި، އެކިއެކި ޒިންމާތަކާއި މަސްއޫލިއްޔަތު ހަވާލުވެފައިވާ ވެރިންނާއި، އަދި ވަޒީރުންނަކީ ރައްޔިތުންނަށް ޖަވާބުދާރީވާ ނަޒާހަތްތެރި ބަޔަކަށްވާންޖެހޭނެކަމުގައިވެސް މި ޚިޠާބުގައި ރައީސް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، ކޮރަޕްޝަންގެ ޢަމަލުތަކުގެ ސަބަބުން ގެއްލިފައިވާ ފައިސާއާއި، ގެއްލިފައިވާ ޙައްޤުތައް އަނބުރާ އިޢާދަކޮށްދިނުމަކީ މި ސަރުކާރުގެ އެއް އަމާޒުކަމަށާއި، މިއަދު ޢަޒުމް ކަނޑައަޅަންވީ ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ ކޮރަޕްޝަންގެ ޙާލަތު ރަނގަޅުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށްކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
އަދި، ކޮރަޕްޝަންގެ ޙާލަތު ރަނގަޅު ކުރުމަކީ ރާއްޖެއާމެދު އިންވެސްޓަރުންގެ ޝައުޤުވެރިކަން އިތުރުވެގެންދާނެ ކަމެއްކަމަށާއި، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވައި، ރާއްޖޭގެ ނަޒާހަތްތެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ އިދާރާތަކަށް މި ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ރައީސްގެ ޚިޠާބުގައި ދެއްވާފައިވެއެވެ.
ކޮރަޕްޝަން ފޮހޭން ޖެހެނީ ޕުލޭންތަކެއް ހަދަން.. ދުވާލު ދެދަޅައައް ޓީވީއައް އަރާ ކޮރަޕްޝަން ފޮހެން އެހީތެރިކަމޭ ކިޔާނީކީއެއް ނޫނެވެ. ޓީވީއައް މާގިނައިން އަރާ އެހެން ކިޔަނީ އަމިއްލައައް ޕޮޕިއުލެރިޓީ ހީދުމަށާއި ޕަބްލިސީޓީއަށެވެ.. ކަން ކަނަ ކުރާ ވެރިޔަކު އަނގަ ގަދަނުކޮއް ކުރަންޖެހޭ ކަންކަން ކުރުމުގައި މައްސޫލުވެ ކަންކަން ހާސިލު ކުރާތަން ފެންނާނެއެވެ. މިސާލަކައް ރައީސް ޔާމީން ބައްލަވާށެވެ.
ހެދިނެހެއްޖެއްނާންގާ މުޅިޤައުމު ދިރުވާލި ޔާބެ އެހުރީ ބޮޑުކަނޑަން ގޭގަ.
ހަހަ ލާދީނީ ގޮލައެއް މިއުޅެނީ. ކޮބާ ނެތްތަ އެހެން ވޯޓެއް އޮޅުވާލެވޭކަށް؟
ވަގުސަރުކާރުން ކޮން ކޮރަޕްޝަނެއްތަ ފޮހެލެވޭނީ.
ޢަވަހަށް ފޮހޭރަބަރު ޑަޒަނުން ރާއްޖެ އެތެރެކުރޭ.
ކަލޭގެ ކަރަޕްޝަނަށްވެސް ތިކުރަނީ މަލާމާތް! ތާކު ތިބިހާ ވަގެއް، ނުވިތާކަށް ކުށްވެރިން މިނިސްޓަރުންނަށް ހަމަޖައްސާފައި ތި ވާހަކަދައްކެން މާކަ ރީއްޗެއްނޫން!
ޝުކުރިއްޔާ ރައީސް. ކަރެޕްޝަން ހުއްޓުވަންޖެހޭ. ޚަރެޕްޝަނަކީ ހަމައެކަނި ފައިސާ އާ މުދަލުގަ ޖެހުމެއްވެސްނޫން.
ޢިންޑިޔާއިން 1 ބިލިޔަން ޑޮލަރުގެ ލޯނެއް ނަގަންޖެހޭ ސަބަބެއް އޮތްކަމަކަށް ނުފެނެ. ޢިންޑިޔާ ސިފައިން ހެލްކޮޕްޓަރެއް ބަލަހައްޓާ ނަމުގަ ރާއްޖޭގައި ބައިތިއްބާ އަދި އެމޯހުން އިތުރުކޮށް މުއްދަތު ދިގުކުރުމަކީ ޚިޔާނާތް އަބޮޑެތި ކަރެޕްޝަން. ޢިންޑިޔާ ކަޑުގެ ސުލްހަ ދެމެހެއްޓުން ކަމުގައި ވިދާޅުވެ އިންޑިޔާ ބޭނުންވާހާގޮތެއް ހަދައިދިނުމާއި އިންޑިޔާ ސިފައިން އެއްވެސް ސިފައެއްގަ އެއްވެސް މުއްދަތަކަށް ރާއްޖޭގައި ބޭތިއްބުމަކީ ބޮޑު ޚިޔާނާތެއް އެއީ ބޮޑު ކަރެޕްޝަން. ރައީސް ކަރެޕްޝަންއާ ދުރުހެލިބުމަށް އެދެން.
ހޯރަ އިއްބެ ދޫކޮއްލުމަކީ މަނިކްފާން މަޤާމުގެ ބާރު ނަހަމަ ގޮތުގއި ބޭނުންކޮއްގެން ހިންގި ކޮރަޕްޝަން އަމަލެއް.
ސަރުކާރެއް ހިންމުގެ ގާބިލުކަމެއް ނެތް މިހާރު ތި މަގާމު ހުރުމަކީ ވެސް ކޮރަޕްޝަން
ތިއީ އަސްލު ރައީސްތަ ؟
އައި ޑޯންޓް ފީލް ލައިކް ޔޫއަރ އަ ޕްރެޒިޑެންޓް.
ވައި ؟
ވަރަށް ނަޒާހަތްތެރި ގެޒެޓްގަ އިސްކަންދަރު ސްކޫލްގަ ހުރި މަރާމާތާއި ކުލަލުން އިއުލާން ކޮށްފަ މަޢްލޫމާތު ސާފުކުރުން ޑިސެމްބަރ 12 ވަނަދުވަހު އެކަމަކު ރޭގަ އިރުއޮއްސުނު ގަޑީގަ ފެނޭ ބަޔަކު ކުލަލުމުގެ މަސައްކަތުގަ އުޅޭތަން ކިހާ ނަޒާހަތްތެރިތޯ.
ކޮރަޕްޝަން ނައްތާލުމަށް ފުރަތަމަ ކުރަންޖެހޭ ކަމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ޕާޓީ ބަދަލު ނުކުރެވޭ ގޮތްހެދުން. އެގޮތަށް އޮއްވަ މެންބަރުން ބޭނުން ގޮތަކަށް ބަދަލުވެވޭ ގޮތްހަދާފަ ކޮރަޕްޝަން ފޮހެލަންށޭ ބުނީމަ މިކިޔޭ އެއްޗެއް އެބައިނގޭބާ؟
ދެން އަދީބު ގެނެސް އެޑްވައިޒަރުކަން ދީ. މިހާރު ޖާބިރަށް ވެސް ދީފި. ކިއްލި ވިއްލައިގެން މަހުޖަނަކަށް ވި މީހެއް ވަޒީރުންގެ މަޖިލީހުގައިވެސް އެބައިން. މިއީ ކޮރަޕްޝަންގެ ސްޕެލިންވެސް ނޭނގޭ މީހުން.
ހޯރައިއްބެ ދޫކުރުމަކީ ކޮންކަހަލަ ކަމެއް ؟
ކޮރަޕްޓް ކެބިނެޓެއް ދެން ކިހިނެއް ރަނގަޅުވާނީ..
ރައީސް އިބޫއަށް ކިޔޭ އެއްޗެއް އެނގެނީ ކިހާމިންވަރަކަށްތޯ ބަލަން އެބަޖެހޭނޫންތަ. މިހާރު އިބޫގެ ސަރުކާރުގައި ތިބީީ ހައްތާވެސް ކޮރަޕްޓުން. އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ. ދެން އިބޫ މިކިޔަނީ ކީކޭތޯ؟ ދެކޮޅު ޖެހޭ އެއްޗެއް ކިޔަންވެއްޖެއެއްނޫން! ދެންވިސްނާލަބަލަ. ކެބިނެޓްގަ ސަހަލު އެކަކުވެސް ނެތްއިރަކު އެބުނާ އެއްޗެއް ފޮހޭނީ ކިހިނެއް؟؟
އިބޫ އަކީ ފައިސާ ބަހައިގެން ހިންނަވަރު ގޮނޑިއަށް އަންނަ މީހެއް.އެވާނީ ވެސް ކޮރަޕް ސަނަށް.އެހެން ފުރަތަމަ ތިމާ މީހާ އިސްލާހު ވެފަ ތިވާހަކަ ދައްކާ.ސަލާމް
މިއަދު ޢަޒުމް ކަނޑައަޅަންވީ ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ ކޮރަޕްޝަންގެ ޙާލަތު ރަނގަޅުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް
ކަރެޕްޓް ފޮހެލުމަށް ވާހަކަދައްކާ ފަރާތުން އިހަށް ދުވަހު ހޯރަ އިއްބެ ދޫކުރުމަކީ ވެސް ކަރެޕްޓް އަމަލެއް. . ވީމާ ކަރެޕްޓް ފޮހެވޭނީ ކިހިނެތް
މަންމަން ރައީސް ޖޯކެއް ވިދާޅުވީތޯ؟
އާދައިގެ އޮފީސްތަކުން ކޮރަޕްޝަން ފޮހެލަންވީޔޯ. ރައީސްއޮފީހުގަ ކޮރަޕްޝަން މެކުހަށް. އަދަދޯތް!
ކީކޭމީނަ މިކިޔަނީ އަދިވެސް 4 ކޮމިސަން ހަދާ
ކަލޯ ދެން ހަމަ ކޮރަޕުޝަނޭ ކިޔާލަކިޔާލާ ހުންނަންދޯ ތޔާއުޅެނީ؟