މާލެގެ ބޮޑު ސަރަހައްދަކުން މިއަދު ވެސް ކަރަންޓް ކެނޑިއްޖެއެވެ.
މާލެއަށް ކަރަންޓް ފޯރުކޮށްދެމުން އަންނަ ސްޓެލްކޯ އިން ވިދާޅުވީ ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް ހުރިހާ ސަރަހައްދަކަށް ކަރަންޓް ދިނުމަށް ދެގަޑިއެއްހާއިރު ނަގާނެ ކަމަށް ސްޓެލްކޯ އިން ވިދާޅުވެއްޖެއެވެ.
މިއީ ފާއިތުވި ދެހަފްތާ ތެރޭގައި މާލެ އިން ގިނަ އިރުތަކަކަށް ކަރަންޓްގެ ޚިދުމަތް ކެނޑުނު ހަވަނަ ދުވަހެވެ.
ފަހަކަށް އައިސް މާލެ އިން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑުމުގެ މައްސަލަ ވަނީ ދިމާވެފައެވެ. ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ވިދާޅުވަމުން ގެންދެވީ މާލޭގެ ކަރަންޓްގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބެން އޮތީ އަލުން ކޭބަލް އަޅައިގެން ކަމަށެވެ. އެކަމުގެ ޕްލޭންތައް ވެސް ޔާމީންގެ ސަރުކާރުން ކޮންމެވެސް ވަރަކަށް ކުރިއަށް ގެންދިޔައެވެ. އަދި ސްޓެލްކޯގެ ކެޕޭސިޓީ އިތުރު ކުރުމަށް ބޮޑު މަޝްރޫޢުއެއް ފަށާ އެމަޝްރޫއުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަގެންދެއެވެ.
މާލޭގެ ކަރަންޓް މައްސަލަ ހައްލު ކުރުމަށް އާސަރުކާރުން ގެންގުޅޭނެ ސިޔާސަތެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ.
މިއަދު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުނީ ކީއްވެ ކަމެއް ސްޓެލްކޯ އިން ހާމަ ކުރައްވާފައެއް ނުވެއެވެ.
ތެލު ޚަރަދު ކުޑާކުރަންވެގެން ޖައްސާ މަޅިއެއްދޯ ސަރުކާރުން ކެމްޕޭނަށް މަނީ ސޭވިންގ އަށް ފުރުސަތު ހޯދަނީ
އާންމު ކަމަކަށް ވެއްޖެ މިހާރު މިކަން ކޮންމެ ދުވަހަކު 1 ގަދިރު 2 ގަޑިރަށް ، ޖަޒީރާ ރާއްޖެ ވީމަ އުޅެންޖެހޭ ގޮތް ކަންނޭގެ މީ ލޮލް
ރައީސްޔާމީންގެ ސަރުކާރުން ރަށްފުށުގެ އަދި މާލޭގެ ކަރަންޓްއޮކިޔުޕޭޝަންވަނީ ރަގަޅުފެންވަރަކަށް ގެނެސްފައެވެ. މާލެއިން އަދި ރަށްރަށުންވެސް އެދުވަސްވަރު ކަރަންޓް ކެނޑެނީ ނުފުދިގެނެއްނޫނެވެ. ކޮންމެވެސް އެހެން މައްސަލައެއް ދިމާވެގެންނެވެ. ކަރްންޓްކެނޑިއްޖެނަމަ ކާލިގަނޑުޓީވީން އެކަން ސިޔާސީކޮށް ހިުތުރުހާގޮތަކަށް ރިޕޯޓްތައްހަދާ ކިޔައި ރައްޔިތުން ދޮންކުރެއެވެ. މިއަދު މިއޮތީ އެދުވަސް އެމީހުންނަށް ލައްވާލާފައެވެ. ވަގުވެރިކަމަށް ދޮޅުމަސްނުވެއެވެ. މުޅި ރާއްޖޭގެ ހުރިހާ ދާއިރާތައް ފެންނަނީ ފީވަމުންދާ މަންޒަރެވެ.
މިއީ ވަރަށް ސީރިއަސްކޮށް ބަލަން ޖެހޭ ކަމެއް. މިތަނުގައި މަސައްކަތް ކުރާ މީހުން އެމް.ޑީ ދެކެ ހިންހަމަ ނުޖެހުނީމަ ކުރާ ކަމެއް. ކުރިގައި ސަރުކާރު ޕްރެޝަރަށް ވައްޓާލަންވެގެން، ޝުކޫރު ހުރި އިރު ވަރަށް މިކަހަލަ ގަނޑު ގަނެފައިވަނީ، އެފަހުން ޒުހޫރު އައުމުންވެސް ވަރަށް ބޮޑަށް މިކަން ކުރި ގަސްދުގައި ކުރާ ކަމެއް. އަސްލު މިހާރު ފެށިގެން ތި އުޅޭ ކަމަކީ، މުޤުނީ ތި ތަނަށް ދިޔުމުން އެނައާ މެދު ވަރަށް ބޮޑަށް ހިން ހަމަ ނުޖެހިގެން ތިތަނުގެ ތެރެއިން ދަނީ މަސައްކަތް ކުރަމުން. އޭނަގެ ފެއިލިއަރ ދައްކަން ވެގެން ވަރަށް ގިނަ ކަންތައް ދަނީ ކުރަމުން. އޭގެ ތެރޭގައި ހިންގާ ސިލްސިލާއެއް ތިޔައީ، ތިކަން ހައްލު ކުރަން ބޭނުން ނަމަ ޖެހޭނީ ތި ތަނުގައި ތިބި މީހުން ބަދަލު ކުރުން. އިންޖީނު ތަކާ ކުޅެން ތިބި މީހުން އެހެން ދިމާއަކަށް ބަދަލުކޮށް އިތުބާރު ކުރެވޭ މީހުން ލާން. އެ ނޫން ގޮތަކަށް ތިކަން ހައްލު ނުކުރެވޭނެ.
މިކަން ކުރަނީ މާ ރަނގަޅު ވެގެން މުގުނީ ކައިރީގައި ހެޔޮ އެދޭ ކަމަށް ހެދިގެން ތިބި މީހުން. އޭނަ ކައިރީގައި ވާހަކަ ދައްކާމީހުން ކުރާކަމެއް. މުގުނީ ވީހާވެސް އަވަހަކަށް ފިޔަވަޅު އެޅުމަށް ގޮވާލަން.
ތިކަން ބަލަން ޖެހޭ. މި ގޮތަށް ކަރަންޓް ކެނޑޭ ކެނޑުން އަހަރެން ވަރަށް ބޮޑަށް މުރާޖާ ކޮށްފިން. މިކަމާ ތިޔަ ތަނުގެ މުވައްޒަފުންގެ ހިންހަމަ ނުޖެހުމާ ވަރަށް ބޮޑަށް ވަނީ ގުޅިފައި ކަމަށް ލަފާ ކުރެވޭ. ކުރީ ފަހަރެއްގައި އިންޖީނު ތަކެއް ގޮއްވާލާފައި ވާކަން ވަނީ އެނގިފައި. އެމްޑީ އަވަހަށް މިކަން ހައްލު ކުރޭ . އެމްޑީ ބޭރު ކޮށްލުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާކަން ވަނީ ޔަގީން ކުރެވިފައި،
ޚަރަދުކުރުމުގެ ވައުދު
ތި ކަމައްވެސް ކޮމިޝަނެއް އުފައްދާ އަވަހަށް
ނުކެނޑޭނެ މިސަރުކާރަކުން ހުސް ދޮގު
ޖަޒީރާ ވީމަ
ކަރަންޓް ބިލް ކުޑަކޮށްދިނުމުގެ ވައުދު ފުއްދަނީ.
ބޮޑެތި ބުހުތާން ދޮގުނުހަދަބަލަ މިހާރު މިގައުމުގެ ރައީސުލްޖުމުހޫރިއްޔާއަކީ ސޯލިހުގެ މުހައްމަދުގެ އިބޫ އިނގޭ އޭނާގެ ވެރިކަމުގައި މަގުމަތީގައި ފެންބޮޑެއްނުވާނެ އެއްވެސް ތަނަކުން ކަރަންޓެއް ނުކެނޑޭނެ ، ކަރަންޓެއްނުވެސްދާނެ މުދަލާ ހިދުމަތުގެ އަގު ބޮޑެއްނުވާނެ ގައުމު ވިއްކާ ނުލާނެ ކަލޭމެން މޮޔަނުގޮވާ... ފަހަރެއްގައި ހޯރައިއްބެ ދޫކޮށްލަފާނެ .....
Current kandaafa jahssaa konme faharaku bill dAnI boduvamunq
ހިނގާ އަވަހައް ޔާމީނައް ވަގައް ގޮވަން ފަށަމާ ????????????