ގިލި ލަންކަންފުށީގައި މިދިޔަ ހަފްތާގައި އަލިފާން ރޯވެ ރިސޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔައިރު ކުރެވުނީ ވަރަށް ބިރުވެރި އިހްސާސްތަކެއް ކަމަށާއި އެއީ ފުރާނަ ސަލާމަތް ކުރަން ހުރިހާ މަސައްކަތެއް ކުރަން ޖެހުނު ވަގުތުތަކެއް ކަމަށް އެވަގުތު ރިސޯޓްގައި ތިބި ފަތުރުވެރިން ބުނެފިއެވެ.
މާލެ އަތޮޅު ގިލި ލަންކަންފުއްޓަކީ "ޓްރިޕްއެޑްވައިޒާ" އިން ހޮވާ މުޅި ދުނިޔޭގެ އެންމެ ރަނގަޅު ފަސް ހޮޓަލުގެ ތެރޭގައި ހިމެނޭ ރިސޯޓެކެވެ. ބުދަ ދުވަހުގެ ރޭ ރިސޯޓްގައި އަލިފާން ރޯވި އިރު ގިނަ ފަތުރުވެރިން ތިބީ ނިދާފައެވެ. އެންމެ އަގުބޮޑު އެއް ރިސޯޓްގައި ބައެއް ފަތުރުވެރިން ރެއަކަށް 5000 ޑޮލަރު ދައްކައިގެން ވެސް ތިއްބެވެ.
Gili Lankanfushi
entire island in on fire. pic.twitter.com/am569aodht— Ahmed Jaisham (@jai_ahemd) January 2, 2019
އަލިފާން ރޯވިއިރު ގިލި ލަންކަންފުށިީގައި ހުރި އިޓަލީގެ ޔޯގާ އިނިސްޓެކްޓަރެއް ކަމަށްވާ މާޓާ އޮޓާޑީ ބުނީ އޭނާ އަށް ހޭލެވުނީ އަލިފާން ރޯވެގެން އުޅެނިކޮށް ކަމަށެވެ. ދެއަހަރުގެ ދަރިފުޅާއި ފިރިމީހާ އާއި އެކު ޗުއްޓީ ހޭދަކުރަމުން ދިޔަ މާޓާ އަވަހަށް ވިލާ އިން ނިކުތް އިރު އަލިފާން ރޯވެފައި ހުރި ވިލާ ފެންނަން ހުއްޓެވެ.
"އަހަރެމެންނަށް ކުއްލިއަކަށް ނިދިން ހޭލެވުނު އިރު އަލިފާން ވަނީ ރޯވެފައި. އަހަރެމެން ބާރަށް ދުވެފައި ވިލާ އިން ނިކުތިން. އަހަރެމެން ތިބީ އަހަރެމެންގެ ދެއަހަރުގެ ދަރިފުޅުގެ ގައިގައި ވަރަށް ބާރަށް ބައްދައިގެން. އެއީ ވަރަށް ބިރުވެރި ވަގުތުތަކެއް. އަހަރެމެންގެ އަތުގައި ހަމައެކަނި އޮތީ ފުރާނަ ސަލާމަތް ކުރުމަށް ލާނެ ވެސްޓަކާއި މާސްކްތަކެއް." މާޓިން ބުންޏެވެ.
ލަންޑަންގެ މޮޑެލް އަދި ބްލޮގަ ލޫސީ ވިލިއަމްސް ބުނީ އަލިފާން ރޯވުމުން އޭނާ އަވަހަށް ޕާސްޕޯޓާއި ކޮންމެހެން ބޭނުންވާ ބައެއް ތަކެތި ހިފައިގެން އަވަހަށް ވިލާ އިން ނިކުތެވެ.
"އަހަރެންގެ ނަސީބު އަވަހަށް ވިލާ އިން ނިކުމެވުން އެއީ. އަހަރެންނަށް ކުރެވުނު ވަރަށް ބިރުވެރި ތަޖުރިބާއެއް މިއީ." އޭނާ ބުންޏެވެ.
ފަތުރުވެރިން ވިލާތަކުން ނެރެ، އެހީތެރިވާނެ ފަރާތްތައް އަންނަންދެން ހުރިހާ ފަތުރުވެރިން ތިބީ ރިސޯޓްގެ އަތިރިމަތީގައި ކަމަށް ފަތުުރުވެރިން ބުނެއެވެ.
ގިލި ލަންކަންފުށީގައި ރޯވި އަލިފާން ފަތުރުވެރިއަކަށް އެއްވެސް ގެއްލުމެއް ނުލިބެނީސް ނިއްވާލެވުނު ނަމަވެސް ހަތް ވިލާ ވަނީ އަނދައިގެން ގޮސްފައެވެ. އަލިފާނުގެ ހާދިސާގެ ސަބަބުން މިހާރު ރިސޯޓް ވަނީ ބަންދުކޮށްފައެވެ.
އެއީ ބޮޑު ޕްލޭނެއްގެ ދަށުން ހިންގި ކަމެއް!
ބަޔަކު ގަސްތުގަ ކުރިކަމަކަށް ވާނަމަ އެއީ ވ ދެރަކަމެއް އެކަމުގެ ސަބަބުން ކިތައްމީހުންގެ ވަޒީފާ އެގެއްލުނީ އެ ރިސޯޓަށްވެސް ކިހާ ބޮޑު ގެއްލުމެއް. ކަތައްމީހުން ފުރާނަ އަތްމައްޗައް ލައިގެން ތިބީ. ކިތައްމީހުންގެ އާއިލާ އެމީހުންގެ ދަރިން ފިރިން ގެ ފޯންތަކަށް ނުގުޅިގެން ހާސްކަމުގެ ތެރޭގަ ތިބީ . މީ ހުސް ވިސްނާލަން ޖެހޭ ކަންތައް .