ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ޑީންގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަން ކޮށްފިއެވެ.

މިއަދު ހެނދުނު ގައުމީ ޔުނިވަރުސިޓީގެ މައި އިދާރާގެ ކޮންފަރެސް ހޯލްގައި ބޭއްވި ރަސްމިޔާތެެއްގައި ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ޑީންގެ މަގާމަށް އައްޔަން ކޮށްފައިވަނީ ގައުމީ ޔުނިވާސިޓީގައި ވަރަށް ގިނަ ދުވަސް ވަންދެން ހިދުމަތް ކުރައްވާފައިވާ ނ. ކެނދިކުޅުދޫ/ ކުއްޅަވަށްގެ ޑރ.ފަޒީލާ ވަހީދެވެ.

ޑރ ފަޒީލާ މިއަދު ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިސްގެ ޑީންގެ މަގާމަށް އައްޔަން ކުރެއްވުމާއި ހަމައަށް މަސައްކަތް ކުރެއްވީ ޔުނިވާސިޓީގެ ރީސާޗް ސެންޓަރުގައެވެ.

ފެކަލްޓީ އޮފް ހެލްތު ސައިސްގެ ޑީން ހަމަޖެއްސުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ
ފެކަލްޓީ އޮފް ހެލްތު ސައިސްގެ ޑީން ހަމަޖެއްސުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: މުހައްމަދު ޖިމީ

މަގާމާއި މިއަދު ހަވާލުވުމަށް ފަހު ފެކަލްޓީ އޮފް ހެތް ސައިސް ހިންގަވާނެ ގޮތާއި ގުޅޭގޮތުން ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ފަޒީލާ ވިދާޅުވީ އޭނާ އާއި މިއަދު ހަވާލު ކުރެވުނީ ވަރަށް ބޮޑު މައްސޫލިއަތެއް ކަމަށާއި އެފްއެޗްސީ ކުރިއަރުވަން ޔުނިވަސިޓީގެ އެހެން އިދާރާތަކާއި ގުޅިގެން ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ދުނިޔޭގެ ވަރަށް ގިނަ ޔުނިވަރސިޓީ ތަކުގެ ހެލްތް ފެކަލްޓީ ތަކަކީ ވަރަށް ގިނަ ރީސާޖްތަަށް ހަދާ ތަފާތު ގިނަ ކޯސްތަކެއް ހިންގާ ތަންތަން. މިސާލަކަށް އޮކްސްފޯޓް ޔުނިވަރސިޓީ, ޖަޕާނުގެ ޓޯކިއޯ ޔުނިވަރސިޓީ އަކީ ހެލްތް ދާއިރާގެ ތަފާތު ގިނަ ކޯސްތަށް ހިންގާ އެ ޔުނިވަރސިޓީގެ ރޭންކިން މަތިކުރަން މަސައްކަތް ކުރާ ޔުނިވަރސިޓީ ތަކެއް" ފަޒީލާ ވިދާޅުވިއެވެ.

ފަޒީލާ އިތުރަށް ވިދާޅުވީ މަގާމާއި ހަވާލުވުމަށް ފަހު އެފްއެޗްސީގެ މިހާރު ހިންގާ ކޯސްތަށް ތަރައްގީ ކޮށް އިތުރު ކޯސްތަށް ތައާރަފް ކޮށް ރީސާޖް ދާއިރާ ކުރިއަރުވާނެ ކަމަށެވެ.

ފަޒީލާ ވަނީ "ޑޮކްޓަރު އޮފް ފިލޯސަފީ" ހާސިލްކޮށް ޕީއެޗްޑީ އަށް ކުރި ދިރާސާގެ އަލީގައި ލިޔުނު ތެލެސީމިއާ ބަލި ތަހައްމަލް ކުރާ ކުދިންގެ މައިންބަފައިން ޓެސްޓް ނަހަދާ ކައިވެނި ކުރުމާއި އެކަމުގެ ނަތީޖާ އާއި ދޭތެރޭ ވިސްނުމާއި ފިކުރުހުރި ގޮތުގެ އާޓިކަލް އޮސްޓްރޭލިއާގެ "ޖާނަލް އޮފް ކޮމިއުނިޓީ ޖެނެޓިކްސް" ގައި ޝާއިރު ކުރުމުން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމް މިދިޔަ އަހަރު ހާސިލް ކޮށްފައެވެ.

މިއަދު ޔުނިވަރސިޓީގެ މައި އިދާރާގައި ބޭއްވި މި ރަސްމިޔާތުގައި ޔުނިވަރސިޓީގެ ވައިސް ޗާންސްލާގެ އިތުރުން ގިނަ އަދަދެއްގެ އިސްވެރިން ބައިވެރިވިއެވެ.