ޕެޓުގެ ގޮތުގައި ގެންގުޅޭ ޖަނަވާރުންނަށް ސިއްހީ ހިދުމަތް ދިނުމަށް ހާއްސަ ކްލިނިކް މިއަދު ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ. މި ކްލިނިކަށް ދެއްކުމަށް އެޕޮއިންޓްމަންޓަކަށް ނަގަނީ 50 ރުފިޔާގެ ޗާޖެކެވެ.

މިއަދު އެ ކްލިނިކް ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދުއެވެ. މި ކިލްނިކް ހުންނާނީ ފިޝަރީޒް މިނިސްޓްރީގެ އިމާރާތުގައެވެ.

މި ކްލިނިކަށް ދެއްކުމަށް އެޕޮއިންޓްމަންޓަކަށް 50 ރުފިޔާގެ ޗާޖެއް ނަގާއިރު، ޖަނަވާރަށް ވެކްސިން ދިނުމަށް ނަގަނީ 50 ރުފިޔާ ނަގައެވެ. އަދި މައިކްރޯ ޗިޕް ލެއްވުމުގެ ހިދުމަތް 100 ރުފިޔާއަށް އުޅޭއިރު، ޖަނަވާރު ނުވިހާ އޮޕްރޭޝަން (ނިއުޓަރިން) ކުރުމަށްވެސް 100 ރުފިޔާ ނަގައެވެ.

ޖަނަވާރު ބަލާ ޑޮކްޓަރު (ވެޓް) ޖަނަވާރު ބައްލަވާނި ހޯމަ ދުވަހާއި ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން 14:00 އަށެވެ. އަދި އެޕޮއިންޓްމެންޓް ހެދުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާގެ ރިސެޕްޝަނުން ފޯމެއް ނަގަން ޖެހޭއިރު، އެ ހިދުމަތަށް އެދިފައިވާ ފަރާތަށް އެޕޮއިންޓްމެންޓްގެ ގަޑި އަންގާނެއެވެ.

ދޫންޏާއި ބުޅާފަދަ ޖަނަވާރުތައް ޕެޓުގެ ގޮތުގައި ރާއްޖޭގައި ގެންގުޅޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެންގޮސްފައި ވެއެވެ. އަދި މިފަދަ ކްލިނިކެއް ރާއްޖޭގައި ހުރުން މުހިންމުކަމަށް މިފަދަ ޖަނަވާރުތައް ގެންގުޅެމުން އަންނަ ފަރާތްތަކުން ފާހަގަކުރެއެވެ. ޖަނަވާރުތަކަށް ބޭނުންވާ ސިއްހީ ފަރުވާ ނުލިބޭތީ އެކަމާވެސް ވާހަކަދައްކާ މީހުން މަދެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އެދުވަސް

  އާސަންދަ ލިބޭތަ ޖަނަވާރަށް

 2. ޖަނަވާރު ހަރުވާޅު

  ތިކުލިނިކުން ހުސްނުވާ އާސަންދަ އެއްނުލިބޭތޯ

 3. އިބޫ ހުޅުމާލެ

  އިންސާނުން Dr ދައްކަން 300ރ ޖަނަވާރުން ވީމައި 50ރ ވަރައް ފައްކާ

 4. ަައަބުއާ

  މަރުހަބާ. ތިޔައީ ވަރަށް ބޭނުން ވެފައިވާ ކްލިނިކެއް. ޢަގުތައްވެސް ރަނގަޅު.

 5. ޤސމ

  އެހެންވީމަ ނަޝީދުގެ މައިބަދައާއި ގާސިމުގެ ހިތުގެ ބައްޔާއި އިމްރާނުގެ ބޭރަށްހިންގުމާއި މައުމޫނުގެ ދެބަންދިހާރުވުމާއި އަދީބުގެ ލޮލާ ކިޑުނީއަށް ރާއްޖެއިން ފަރުވާކުރެވޭނެއެއްނު މާދަމާއިން ފެށިގެން 50 ރުފިޔާއަށް

 6. ކަޅުބުޅާ

  ދިވެހި ބުޅަލަށް އާސަންދަ ދޭންޖެހޭނެ! އަހަރެމެން "މިޔައޮ" ތައް ވެސް ހާދަ މަސެއްކަތެއް ޤައުމަށްކުރަމޭ! ކިތައްމީދާ ދުވާލަކު މިމަރާލަނީ! މިޔައޮ މިޔަޮ

  • ޥދސފ

   ބުޅާ ހެޔޮދޯ މީދާ މެރިޔަސް.. ކޮން ކަހަލަ އިންސާފެއްް މީ

 7. ާއަލީ

  އިންސާނުން Dr ދައްކަން 300ރ ޖަނަވާރުން ވީމައި 50ރ ވަރައް ފައްކާ

  ޢިންސާފް ތޯ