ވިލިމާލޭ ދާއިރާގެ މެންބަރު އަޙުމަދު ނިހާން ޙުސައިން މަނިކު، އިލެކްޝަންސް ކޮމިޝަނާމެދު ހިތްހަމަނުޖެހިވަޑައިގެން، ހުރިހާ ސިޔާސީ ޕާޓީތަކެއް އުވާލުމަށް ގޮވާލައްވައިފިއެވެ. ނިހާން މިހެން ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން އިސްވެހުންނަވައިގެން އުފެއްދެވުމަށް މަސައްކަތް ކުރަމުންދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ބައެއް ފޯމުތައް ޞައްޙަ ނޫންކަމަށް އީސީ އިން ނިންމުމުންނެވެ.
Rajjeygai mivaguthu harakaaiy therivaa ehvves siyaasee party eh ge Form thah Ehen Viyaa Sah’kha eh nuvaane. Hurihaa Party thakeh Uvaalaa! @ElectionsMv 😡 https://t.co/C2bX8la678
— Ahmed Nihan (@ahmed_nihan) January 22, 2019
ޓްވިޓަރގައި ލިންކެއް ރިޓްވީޓް ކުރުމަށްފަހު ނިހާން އިތުރަށް ވިދާޅުވީ، ޕީއެންސީގެ ބައެއް ފޯމުތައް ޞައްޙަ ނޫންކަމަށް ވަންޏާ ރާއްޖޭގައި މި ވަގުތު ހަރަކާތްތެރިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ފޯމުތައް ޞައްޙަ ނުވާނެކަމުގައެވެ.
"ރާއްޖޭގައި މި ވަގުތި ހަރަކާތްތެރިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ފޯމުތައް އެހެން ވިއްޔާ ޞައްޙައެއް ނުވާނެ. ހުރިހާ ޕާޓީތަކެއް އުވާލާ!." އޭނާ ވިދާޅުވިއެވެ.
ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ގެ މުއައްސިސްކަމުގައި ޕީއެންސީ އުފެއްދުމަށް ހުށަހަޅާފައިވާއިރު، ޕާޓީ އުފެއްދުމަށްޓަކައި ހުށަހެޅި 3000 ފޯމު ޞައްޙަ ނޫންކަމަށް އީސީ އިން ބުނެފައިވާތީ އަލުން ފޯމު ހުށަހަޅާކަން ހާމަވެފައިވަނީ މިއަދުއެވެ.
ކުރިންވެސް އީސީގެ ރައީސް އަޙުމަދު ޝަރީފުވަނީ ޕީއެންސީ އިން ހުށަހެޅި ބައެއް ފޯމު ޞައްހަ ނޫންކަމަށް ދޭހަވާފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.
މި އީސީ ޝަރީފުއޭ މިކިޔާ މީހާ ކޮބާ؟ ނިކަން ފެނިލަބަލަ!! މީނައަށް ކިހިނެތް ވެގެން މިއުޅެނީ؟ މީނަ މައިތިރި ކުރަން ނުވަތަ ފޯން ފުރި 3000 މީހުން އެމީހެއްގެ ފޯމް ހިފައިގެން އީސީއަށް ވަންނަން ދާންވީތަ؟ މީނަ ރުޅި އައިސްގެން މިއުޅެނީ މީނަ ވޯޓް އޮޅުވާލުކަމަށް ބުނާތީތަ؟
ކަލޭތީކާކު؟އަމުރުކުރަން
ނިހާނަކަށް ނޭންގޭނެ ދޯ ޕަޓީތައް އުވާލަންވީމަ!! މި 5 އަހަރު ޖެހޭނީ ތިހެން ހަމަ ތެޅިތެޅި ތިބެން!!
އީސީ ސަރީފް އަކީ ލާރިއަށް ހަމަރަގަނޅަށް ވިކޭ ނަފްސެއް..
ތިންހާސް ފޯމް ކީއްކުރަން.. ޕީއެންސީ އަށް ޓަކާވިއްޔާ ތިރީސްހާސްވެސް ފޯމް ވެސް ހޯދަދީފާނަން. ޢެހެންތަ ހީކުރަނީ.
އީސީ ޝަރީފުގެ އެކަނި ރޭވުމެނޫން މިއީ ސީދާ ސަރުކާރުން ބޭނުން ނުވަނީ ރޔާމީނަށް މަޖުލިހުގެ ގޮނޑިއެ ލިބުނަ ނުދޭންކުރާކަމެ. ރައްޔިތުންގެ ވޯޓު ރައްޔިތުން ނިންމާނީ ވޯޓުދޭނެ ގޮތެ. އަމިއްލަގޮތުން ވާދަކުރި ކަމުގަވިޔަސް ރޔާމީންގެ ތާއީދާއެކު ނުކުންނަ ބަޔަކަށް މިފަހަރު ވޯޓުލާނީ. ނިހާނަށް ގޮވާލަން އީސީ އާ ދެކޮޅަށް އަޑުއުފުލަން އީސީއަށް އަޑުއިވޭ ހިސާބަކަށް ނުކުންނަން އެއްވުމުކަށް ގޮވާލާށޭ.
އީސީ ސަރީފު ލާރިއަައް ވިކޭނަމަ މިހާރު ތިޕާޓީ އޮންނާނީ ރަޖިސްޓްރީ ވެފައެއްނު ލާރިއައް ނުވިކޭތި ދޯ ތިކަން ނުވެގެން އެއުޅެނީ
ރޔާމީނު ޕާޓީއެއް ރަޖިސްޓަރީކުރައްވަން
އުޅުއްވާ އަޑު އިވުމުން އީސީގައިތިބި
މީހުންހުރަސްއަޅާނެކަންއެގޭ
96،000 ވުރެގިނަ ރައްޔިތުންގެ ހައްޤަށާ އިހްސާސްތަކަށް އިހްތިރާމް ކުރުމެއް ނެތި އިލެކްޝަން އިން ތިހިންގާ މުޑުދާރު ޖަރީމާއަކީ ބާރުގަދަ ފަރާތެއްގެ ނުފޫޒް އޮވެގެންނަމަވެސް މިދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ތިޔަމެމްބަރުން ޖަވާބުދާރީ ޥަންޖެހޭނެ ޢަމަލުތަކެކެވެ.
ރާއްޖެގެ މިވަގުތު ހާލަތަށް ބަލާއިރު ﷲ އަށް ބިރުވެތި ވުމެއްނެތި މީހުންގެ ހައްޤް ތަކަށް އަރައިގަންނަމުން ތިޔަގެންދަނީ މާދަމާއާމެދު ކިހާ ޔަގީންކަމެއް އޮތީމަތޯއެވެ.
ޔަގީންވާ ކަމަކީ ތިބާރުވެރިކަން ނިމިގެން ދާނެކަމެވެ. އެދުވަހުން ތިމާމެން ދަންނާނެ މީހަކު ނުހުންނާނެއެވެ. އަދި ދުނިޔެ މަތީގެ ވޭނާކެކުޅުންވެސް ފެނިގެންދިއުން ވަނީ ކައިރީގައެވެ.
އަދުރޭ ތިޔަހެންވާނަމަ ތިޔައީ ވަރަށް އިންސާފުވެރި ސަރުކާރެއް! އިންސާފު ހޯދައިދޭން އިބޫ ބުނެގެން ރައްޔިތުން ވޯޓްދިނީ
ކޮބާ ކިހިނެތް ހީވޭ ފުއްޕާފަ ތިމާވަރުމީހަކުނެތިގެން އުޅުނުއިރު މިދުވަސްމަތިން ހަދާނެތްނެތްދޯ ތީތިވާވަރަކީ މިހާރު ތިހުރީ ހެޔޮވަރު ބޫޓަކަން އެރިފަ ކުރީގަ އުޅުނީ މާ ބޮޑު ބޫޓަކައް އަރާއިގެން ބަނާނާ
އަދުރޭ 09 ތިގޮތައް އަޅުގަޑާދިމާލައް
އަންނި ވެރިކަމު މީހަކުބުނީ ތިގޮތައް 5 އަހަރު
ތިބެންށޭޖެހޭނީ ﷲ ގެވާގިފުޅާއެކުގަ އެހެންތޯ
ވީ ލާދީނިވީމަ ހެއްދެވިފަރާތްހަދުމަ ނުވާތީ
ތިކަހަލަބަސްބުނަނީ
ކޮންމެ ފޯމަކައި އެކު އަގޮޓިއެއް ޝަރީފް އަށް ފޮނުވިނަމަ ތި ސައްހަވާނެ.