ޑޮކްޓަރަކަށް ވެގެން، ޑޮކްޓަރު ކުރަން ޖެހޭ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވަނީ މިނިސްޓަރ އޮފް ހޯމް އެފެއާޒް، އައްޝައިޚް އިމްރާން އަބްދުﷲ ކަމަށް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝްވާ ވިދާޅުވީ އަދީބު ޑިސްޗާޖު ކުރުމާއި، ގެއަށް ބަދަލު ކުރުމުގެ ކަންކަންވެސް ކުރަނީ އިމްރާނު ކަމަށެވެ.

"ވަޑައިގެން އަނެއްކާ ހޮނިހިރު ދުވަހު ކުއްލިއަކަށް އަނބުރާ ޖަލަށް ގެންދިއުމުން މީގެން ވަރަށް ސާފު ދެއްތޯ މީގައި އަދީބު ޑިސްޗާޖް ކުރުމާ، އަދީބު ޖަލަށް ގެންދިއުމާ މިހުރިހާ ކަމެއް ޑޮކްޓަރަކަށް ވެގެން ކުރައްވަނީ ކޮން ބޭފުޅެއްކަން. މިކަންކަން ކުރައްވަނީ ހަމަ ސީދާ ޝައިޚް އިމްރާން." ނަޝްވާ ވިދާޅުވިއެވެ.

ނަޝްވާ ވިދާޅުވީ އިމްރާން އައިޖީއެމްއެޗްގައި އެޑްމިޓް ކުރައްވާފައި އޮތް ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރީގައި އިމްރާނުގެ އާއިލީ ބޭފުޅަކު އެޑްމިޓް ކުރެއްވިކަމަށެވެ. އެތަނަށް އިމްރާން ވަޑައިގަންނަވާކަމަށާއި އަދި އިންސާނިއްޔަތުކަމުގެ މިންވަރެއް ހުރިކަމުގައިވާނަމަ، އަދީބަށް ޒިޔާރަތް ކުރައްވާ ބަލިތޯ ނޫންތޯ ބައްލަވާލުން ރަނގަޅުކަމަށެވެ.

ނަޝްވާ އިތުރަށް ވިދާޅުވީ ފަހުން އިމްރާނުގެ އާއިލާގެ ބޭފުޅާ، އެގްޒެކެޓިވް ވިންގުގެ އެހެން ބަޔަކަށް ބަދަލުކުރިކަމަށާއި އެއީ އަދީބުގެ އާއިލާގެ މެމްބަރުންނަށް ކުރިމަތިލާން ބޭނުން ނުވާތީކަމަށެވެ.

ނަޝްވާ ވިދާޅުވީ އަދީބު ބަހައްޓާފައި ހުރީ ޖަލުގެ އެސްޕީޔޫ ޔުނިޓުތަކުގެ ތެރެއިން އެންމެ ކުޑަ ޔުނިޓުގައިކަމަށާއި، އެތަނުގައި އަދީބުގެ ކައިރީގައި ހުރީ ކުޑަކުދިންނާ ބެހުމުގެ މައްސަލައެއްގައި ޖަލަށް ލައިފައި ހުރި އުމުރުން 60 އަހަރުގެ މީހެއްކަމަށެވެ.

"އަޅުގަނޑަކަށް ނޭނގޭ ކުޑަކުދިންނާ ބެހިފައި ހުރި މީހަކު އަދީބު ކައިރީގައި ބެހެއްޓިފައި ހުރި ސަބަބެއް. އަނެއްކާ 60 އަހަރުގެ މީހަކު ފެމިލީ ކެއަރ ބޭނުންވެފައި ހުރި މީހެއް ކައިރީގައި ބަހައްޓާފައި ހުރި ސަބަބެއް. އޭނާއަށް އަނެއްކާ އަދީބަށް ކޮން ހެލްޕެއް ތޯއޭ އަދީބަށް ފިޒިކަލީ ވެވޭނީ" ނަޝްވާ ވިދާޅުވިއެވެ.

ގޮޅީގެ ކުރިމަތީ ފާރުގައި އިންޑަސްޓްރިއަލް ފޯން ޖޭމަރ އެއް ހުންނަކަމަށާއި އޭގެ ރޭޑިއޭޝަންގެ ސަބަބުން އަދީބަށް ގެއްލުންވާނޭކަމަށްވެސް ނަޝްވާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. ޙިނި

  ޑރ. ޢިމްރާން

 2. ދޮންތަ

  ކުޑަކުދިންނާ ބެހުނު މީހަކު ކާރީ ބެހެއްޓުން ކޮބާ މައްސަލައަކީ އަދީބު ކުރި ކުށަކީ ކުޑަ ކުށެއްތަ

 3. އަލް ޗެޕޯ

  ބަލި އެނދުގަ އޮވެގެން ކުރާނެ ކަމެއް ނެތިގެން ޕާޓީއެއް ހަދާ ގޭންގު ފޮނުވައިގެން މީހުނަށް ބިރު ދެއްކޭ ދޯ؟ ތިކަލޭގެ އަމަލުތަށް ދިވެހި ރައްޔިތުން ކުރިންވެސް ދެކުނު. ދެދުވަހު ހަމަޔަށް ނޭވާ ލާން ލިބުނީމަ އުޅުނު ގޮތްވެސް ފެނުނު. ދެން ގުލަކޮމާ އޭ، ސިސްޓޭ ކެންސަރޭ ހިލައޭ ކިޔާނެ ކަމެއް ނެތް. އަނބި ކަނބުލޭގެވެސް ހީވަނީ ގޭންގް ސްޓާރެއް ހެން.

 4. ނަޝްވާ

  ރައްޔިތުންގެ ހުރިހާ ލާރި ކެއީވެސް އިމްރާނުތަ؟ ބޮންގޮތްވީވެސް އިމުރާނުތަ؟ އަޅެފަހެ ލަދެއް ހަޔާތެއްވެސް ނެތީތަހަމަ ރައްޔިތުން ކުރިމަތީ ޑްރާމާ ކުޅެން. ތިކުޅޭ ޑްރާމާ ނޭނގޭ ކުަޑަކުއްޖަކުވެސް ނޭނގޭ ހުންނާނެކަމެއް މިގައުމަކު މިހާރު.

 5. ލޯބިވާ

  ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނޭ ބުނޭނު.

 6. ާަަމަނަސޯ

  މި ކޮން ނަޝްވާ އެއް؟

 7. މިލިޓަރީ

  ނަސްފާއަ އެގިލައްވާނެ ނަޝްފައަ ކިޔަދިން ލަވަ. މީބަލިމިހުން ކުރަކަންތައްތަ.

 8. ހޯމް މިނިސްޓަރ

  އަދީބަކީ ކުށްވެރިއެއް! ހޯމް މިނިސްޓަރ ގެ ފެމިލީ މީހަކަށް ޒިޔާރަތްކުރެއްވިޔަސް ކުށްވެރިއަކަށް ޒިޔާރަތްކުރައްވާކަށް ހޯމް މިނިސްޓަރަށް ޖެހިވަޑައި ނުގަންނަވާނެ! އަދީބުގެ ހުކުމްވެސް ބާތިލުކުރަންޏާ ކުރީމަ އާންމު މީހެއްގެ ގޮތުގައި އެންމެންވެސް ދެކޭނީ! ދެން އަދީބުގެ އަންހެނުން ކޮންމޮޔައެއްތަ މިގޮވަނީ؟ ކިހާ ބޮޑުވެއްޖެ ކަމެއް މީ؟ ފައިސާ ގިނަމީހުންނަށް ހުރިހާ މޮޅުގޮތެއް އޮންނަން ރައްޔިތުން މިހާރު ބޭނުމެއް ނޫން އިނގޭތޯ؟

 9. އަދުލާ

  އަދީބުގެ ވަގުލާރިގަނޑު ފޮރުވައިގެން ގެންގުޅުނުހެން އޭނާ ގިނަ އަދަދެއްގެ އަންހެންކުދީންވެސް އެކި ޒާތްޒާތައް ގެންގުޅޭވާހަކަ އަހަރެމެން އަޑުއަހަމު.. މިރާއްޖޭގައި ފައިސާގެ ދަހިވެތިކަމުގައި އުޅޭ އަންހެނުން މަދެއްނޫން.. އަދި ފައިސާއައްޓަކައި ނުކުރާކައް ހަމަ އެއްކަމެއްވެސަ ނޯންނާނެ..

 10. ސައްތާރު

  ރައްޔިތުންގެ ލާރިގަނޑު ކާލާފަ އަދި މިއަންހެން ފިރިހެން ވަކިނުވާ މީހަވެސް ހާދަވަރެއްއެބަވޭ، ލަދެއްހަޔާތެއްވެސް ނުތިބޭ ބަޔެކޭމީ!

 11. ?

  .ދެން އަދީބުކައިރީ ޖަލުގަމިއަންހެނާ ބަހައްޓަންވީ

 12. ލޮލް

  އެމީހާ ވެސް ބިރުގަންނާނެ އަދީބު ކައިރި އޮންނަން

 13. ޚާޗުސް

  ރައީސްކަމައް ވާދަކުރަމުން ދިޔައިރު އިބޫ ބުނެފަވޭ ހުރިހާ ސިޔާސީ ކުއްވެރިން ދޫކޮއްލާނަމޭ

 14. ހިޔާ

  އަނބި! ކަމަނާގެ ފިރިކަލުންގެ މާޒީއަށް ނަޒަރުފޮނުވާ. މިހާރުމާވާހަކަ ގިނަނުކުރޭ. ފިރިކަލުންގެ ގާތުގައި ނަސޭހަތްތެރިވާންވީ ތައުބާވުމަށް. ހާދަހާ ވިޔާނުދާކޮށންނޭ އުޅުނީ ބާރު ލިބުނު އިރު..

 15. ތޫބެ

  ތީ އަދި މާމޮޅު ދަކުޓަރެއްނު

 16. ނޫނެކޭ

  ބޭސް ފަރުނާ ލިބެންޖެހޭނެ.
  ރައްޔިތުންގެ ފައިސާއިން ތިހިންގާ ޖަރީމާ ތަކުގެ ވާހަކަ ދައްކަން ކެރަެނެބާ.

 17. ބެއްޔާ

  އަދީބު ވަގަށްނެގި ރައްޔިތުންގެ ފައިސާ ހޯދުނުގޮތަކަށް ހޯދަންޖެހޭނެ. އިމުރާން ބެސްޓް. ރައްޔިތުންގެ ފައިސާ ބަނޑަށްއަޅައިގެން އެހެން ސަލާމަތެއްނުވެވޭނެ.

 18. ދދދދދ

  އަދީބަކީ ކުޑަ ކުއްޖެއް ނޫނެއްނު. އޭނަ އަދީބަކާ ނުބެހޭނެ. 60 އަހަރުގެ މީހާ ދެކެ ނަފްރަތު ކުރަންޏާ އަދީބާ އެއް އުމުރު މީހަކު ޖަލުން ހޯދާފަ އަންގާ. އޭރުން އެމީހަކު ބަހައްޓާ ދެވިދާނެ. ސިމްޕަލް.

 19. ކިނބޫ

  "ގޮޅީގެ ކުރިމަތީ ފާރުގައި އިންޑަސްޓްރިއަލް ފޯން ޖޭމަރ އެއް ހުންނަކަމަށާއި އޭގެ ރޭޑިއޭޝަންގެ ސަބަބުން އަދީބަށް ގެއްލުން ވާނޭ ކަމަށްވެސް ނަޝްވާ ވިދާޅުވިއެވެ." ޑޮކްޓަރަކީ ކަލޭކަން އެބަ އެނގޭނު. ކަލޭ ވިއްޔަ ޑޮކްޓަރީ ލަފާ ތި ދެނީ.

 20. ކެޔޮޅު

  ވަގައްނެގި ރައްޔިތުންގެ ލާރިން ކައިބޮއިގެން އުނު އަނދެގެން ބޮލުގަ ކުލަޖައްސައިގެން ތަންތަން ކުއްޔަށްނަގައިގެން ތިޔަ ނޫސް ކޮންފަރެންސް ބާއްވަނީ. ލަދު ހަޔާތް ކޮބާ...