އެމްއެމްޕީއާރްސީގެ މައްސަލައިގައި ޖަލަށްލުމަށް ޙުކުމް ކޮށްފައިވާ އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު، އަބްދުﷲ ޒިޔަތު ގޭބަންދަށް ބަދަލުކޮށްފިއެވެ.
ޒިޔަތުގެ މައްޗަށް ވަނީ އެކި ކުށްތަކުގައި 30 ދައުވާއެއް ކޮށްފައެވެ. އެއީ، 30 ރަށެއްގެ މައްސަލަކަމަށްވާއިރު، ކޮންމެ ރަށެއްގެ މައްސަލައިގައި އޭނާގެ މައްޗަށް ވަނީ ވަކި ވަކި ދައުވާތަކެއް ކޮށްފައެވެ.
އޭނާ ގެއަށް ބަދަލުކޮށްފައިވީނަމަވެސް، އެއީ ކޮން ސަބަބަކާ ގުޅިގެންކަމެއް، ކަރެކްޝަނަލް ސަރވިސް އިން ހާމަކުރައްވާފައި ނުވެއެވެ.
30 ދައުވާ ޒިޔަތުގެ މައްޗަށް އުފުލާފައިވާއިރު، އަށް އަހަރު ދުވަހުގެ ޖަލު ޙުކުމެއްވެސް ޒިޔަތުގެ މައްޗަށް ކޮށްފައިވެއެވެ. އެއީ، ޅ. އަތޮޅު މާބުންހުރާ ކުއްޔަށް ދޫކުރުމަށްފަހު އިކުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވިކަމުގެ ކުށުގައެވެ. އެގޮތުން ދައުލަތަށް ލިބެން ޖެހޭ ފަސް މިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން، ބަޔަކަށް ޒިޔަތާއި އަދީބު ޚިޔާނާތްތެރިވިކަމުގެ ކުށުގައި އެދެފަރާތުގެ މައްޗަށްވެސް ވަނީ ޙުކުމް ކޮށްފައެވެ.
ޒިޔަތު ގޭބަންދަށް ބަދަލުކޮށްފައިވާއިރު، އަދީބުވެސް ގެއަށް ބަދަލުކޮށްދިނުމަށް އާއިލާގެ ފަރާތުން ދަނީ ކެނޑިނޭޅި އެދެމުންނެވެ. އެގޮތުން، ޞިއްޙީ ޙާލަތަށް ރިއާޔަތްކޮށްވެސް އަދީބު ގެއަށް ބަދަލުކޮށްދީފައި ނުވާއިރު، އެއީ އިންސާފެއް ނޫންކަމަށް މިރޭވެސް އަދީބުގެ އަނބިކަނބަލުން ވިދާޅުވިއެވެ.
ޞުބްޙާނަﷲ، އިންސާފު މިހެރަ އަންނަނީ ފަތުއަޑު ކިޔާފަ ދޯ؟
ތިހެންނަހަދާ. ޖަލުގައި ތިބި ހުރިހާމީހުންނައްވެސް ރަގަޅުވާނީ ހަމަގެޔައް ބަދަލުކޮއްދިނުމުން ދޯ. ވަކި މީހެއްގެ ވާހަކަ ނުދައްކާ ހުރިހާ އެންމެންގެވެސްް ނަމުގަ ވާހަކަ ދެއްކުން ވަރަށް ރަގަޅުވާނެ