ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ މައްޗަށް މިރޭ ތެޔޮ އެޅިގެން ރަންވޭ ބަންދު ކުރަން ޖެހިއްޖެއެވެ. ނަމަވެސް ދޮޅު ގަޑިއިރު ފަހުން މިހާރު ވަނީ ރަންވޭ ހުޅުވާފައެވެ.
ރަންވޭ ބަންދު ކުރުމުން މޯލްޑިވިއަންގެ ދެ ފްލައިޓެއް ޑައިވާޓް ކުރަން ޖެހުނެވެ. އަދި ސިންގަޕޯ އެއާލައިންގެ ފްލައިޓަކާއި ޓާކިޝް އެއާލައިންގެ ފްލައިޓަކާއި ސްކޫޓް އެއާލައިންގެ ފްލައިޓެއްގެ އިތުރުން އިންޑިއާ އިން މާލެ ދަތުރުކުރި މޯލްޑިވިއަންގެ ފްލައިޓެއް ނުޖެއްސި މަތީގައި އެތައް އިރެއް ވަންދެން އޮންނަން ޖެހުނެވެ.
މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ރަންވޭ މައްޗަށް ހައިޑްރޮލިކް ލީކް ވުން ވަރަށް ބޮޑަށް އާއްމުވެ ރަންވޭ ވަރަށް ގިނައިން ބަންދު ކުރަން ޖެހުނެވެ. ނަމަވެސް ރަންވޭގައި އަލުން ތާރު އަޅާ މަރާމާތު ކުރި ފަހުން މިފަދަ ކަމެއް ދިމާނުވާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ.
މިރޭ ރަންވޭ ބަންދު ކުރަން ޖެހުނު ސަބަބާއި ގުޅޭ ގޮތުން އެމްއޭސީއެލްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
Kobaatha thibunaa thafseeleh. Mihaaru 2 gadi iru v nu ekameh hingithaa
އެހެންވާނީ ނުކިޔަވާ ޖާހިލު ބައިގަނޑަކަށް ގައުމު ހަވާލު ކުރީމަ!
އެހެންވާނީ ނުކިޔަވާ ޖާހިލު ބައިގަނޑަކަށް ގައުމު ހަވާލު ކުރީމަ!
މިހާރު ހަބަރު ކިޔާލެވޭވަރެއްނޫން މި ފަރަންޖީ ކެންޕެއިން އަކާހުރެ.. ފާޑެއްގެ މުނާފިގެއްގެ ފޮޓޯ މިނެޓަކު 6 ފަހަރު ނުދެއްކިއްޔާ ކެންޕެއިން ކުރިކަމަށް ނުވަނީތަ.. ތިޔަ އުނދަގުލާ ހުރެވެސް ވޯޓެއް ވިއްޔާ ވާނީ މަދު.. އެނގޭ މި ކޮމެންޓު ނުޖަހާނެކަންވެސް...
ޢެމްއޭސީއެލް މީހުންގެ ބަހެއްނުލިބޭނެ އެންމެން ޕޯސްޓަރު ހިއްޕަނީ