ނ.އަތޮޅު މަނަދޫ ކުނިގޮނޑިގައި މިރޭ ވަރަށް ބޮޑަށް އަލިފާން ރޯވެއްޖެއެވެ. ނަމަވެސް މިހާރު ވަނީ އަލިފާންގަނޑު ނިއްވާލާފައެވެ.

ފުލުހުން ވިދާޅުވީ މަނަދޫ ކުނިގޮނޑުގައި ވަރަށް ބޮޑަށް އަލިފާން ރޯވި ކަމަށެވެ. ކުނިގޮނޑާއި ޖެހިގެން ހުރީ ނަރުދަމާ ބިލްޑިންގް ކަމުން އަލިފާނުގެ އަސަރު އެތަނަށް ކުރިއަ ނުދިނުމަށް ފުލުހުންނާއި ކައުންސިލް ގުޅިގެން މަސައްކަތް ކުރި ކަމަށެވެ.

ރަށުގައި އަލިފާން ނިއްވާ ޕަމްޕެއް ނެތުމުން ސޮނޭވާ ޖާނީ ރިސޯޓްގައި އެދިގެން މިހާރު ވަނީ ޕަމްޕަކާއި އެކު އަލިފާން ނިއްވާ މީހުން އައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި ކައުންސިލާއި ފުލުހުންނާއި އެކު ސޮނޭވާގެ ޓީމުން މަސައްކަތް ކުރިއެވެ.

މަނަދޫ ކުނިގޮނޑު ހުންނަނީ އާއްމުން ދިރިއުޅޭ ސަރަހައްދާއި ވަރަށް ދުރުގައެވެ.

މަނަދޫ ކުނިގޮނޑުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުން

    އަލިފާން ޖަހާތީނުން ރޯވާނީ. ސިމްޕަލް ދޯ.

  2. ލިއުޝާ

    ކޮންމެވެސް މީހެއްގެ އިހުމާމުން ތިޔަކަން ވެފަ އޮންނާނީި.. ރައްރަށުގަ ތިބޭ ކައުންސިލަރުން ދެކެ ރައްޔަތުން ވ ފޫހިނަޒަރަކުން ދެކެނީ. އެހެން ވަނީ އެއްވެސް ކަމެއްނުކޮއް މުސާރަ ނަގަން ތިބޭތީ..

  3. މަނަދޫ ސޭކުބޭ

    ލާދީނީސަރުކާރުގެ ނުބައިނުލަފާކަން ދެކިބަލަ؛؛މަނަދޫ ކުނިގޮނޑުގައި އަލިފާންވެސްރޯވީ'ކަނޑުމައްޗަށް މީހުން މަރުވާވަރު އިތުރުވެއްޖެ' އެކްސިޑެންޓްތައް އިތުރުވެއްޖެ' ގޮތްނޭންގޭ މަރުތައް ގިނަވެއްޖެ' ކޮރަޕްޝަން އިންތިހާއައް އިތުރުވެއްޖެ' މިނިވަން މުއައްސަސާތައް އަތްދަށުކޮއް އަޅުވެތިކޮއްފި' ކޯޓްތައް ހިސޯރުކޮއްފި' މިރާއްޖޭގެ މިނިވަންކަން ގެއްލެނީ؟؟އިންސާފުވެރިކަން ގެއްލއްޖެ' ރައްޔިތުންނައް ކުރާ އަނިޔާތައް މެކުހައް ޖަހައިފި' ﷲއާއި،ރަސޫލާއަށް ފުރައްސާރަކުރާ މީހުން ގިނަވެއްޖެ' ދީނީދަރުސްތައް ހުއްޓުވަނީ' ލާދީނީކން އިންތިހާ ދަރަޖައިގަ''މިހެންގޮސް ކިތަންމެކިތަންމެ ނުބައި ކަންތައްތއް''ލާދީނީސަރުކާރު؟؟ލާދީނީސަރުކާރު؟ލާދީނީސަރުކާރު؟