އެކުވެރި ޢަރަބި އިމާރާތުގެ ނައިބް ރައީސް، ހިސް ހައިނަސް ޝެއިޚް މުޙައްމަދު ބިން ރާޝިދް އަލް މަޚްތޫމްގެ ޙާއްސަ ދަޢުވަތަކަށް ކުރަށްވާ ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ ފުރާވަޑައިގެންފިއެވެ.

އެކަމަނާގެ މިދަތުރުފުޅުގައި މިމަހުގެ 16 އިން 21 އަށް އަބޫދާބީގައި ބޭއްވުމަށް ހަމަޖެހިފައިވާ، އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައި ކަމަށް ޑިފެންސް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

މިދަތުރުފުޅުގައި، މިމަހުގެ 16 ވަނަ ދުވަހު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޑިފެންސް ކޮންފަރެންސްގައި މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާނެއެވެ. އިންޓަނޭޝަނަލް ޑިފެންސް ކޮންފަރެންސްއަކީ 32 ޤައުމެއްގެ، އެކި ދާއިރާތަކުގެ އެންމެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކޮންފަރެންސްއެކެވެ.

މީގެ އިތުރުން، އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ކޮންފަރެންސްގައި، ދިފާޢީ ދާއިރާތަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގައި ބޭނުންކުރެވޭ އެންމެ ފަހުގެ ވަޞީލަތްތަކާއި އާލާތްތައް ދައްކާލުމަށް ހަމަޖެހިފައިވެއެވެ.

"މިކޮންފަރެންސް އަދި އެގްޒިބިޝަންގެ ސަބަބުން އެހެން ޤައުމުތަކުގެ އަސްކަރިއްޔާތަކާއި، ދިފާޢީ ދާއިރާތަކުގެ އިސް ބޭފުޅުންނާއި ބައްދަލުވެ، ޚިޔާލުުބަދަލުކުރެވި މަޝްވަރާކުރުމަށް ފުރުޞަތު ފަހިވެގެންދާނެއެވެ." ޑިފެންސް މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓަރގެ މިދަތުރުފުޅުގައި، ދިވެހި ރާއްޖޭގެ ދިފާޢީ ދާއިރާ ހަރުދަނާކޮށް، ކުރިއެރުވުމަށްޓަކައި އެކަމަނާކުރައްވާ މަސައްކަތްޕުޅުގައި، އެކުވެރި ޢަރަބި އިމާރާތުގެ ފަރާތުން ދިވެހި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވިދާނެ ގޮތްތަކާއި ދާއިރާތަށް ބެއްލެވުމަށްޓަކައި ބައެއް ބޭފުޅުންނާއި ބައްދަލުކުރައްވާނެ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

ޑިފެންސް މިނިސްޓަރގެ މިދަތުރުފުޅުގައި، އެމް.އެން.ޑީ.އެފް މާލޭ އޭރިޔާގެ ކޮމާންޑަރ ކާނަލް ޢަބްދުއް ރައޫފާއި، މިނިސްޓަރގެ ޕްރިންސިޕަލް ސްޓާފް އޮފިސަރ ކާނަލް ޢަބްދުލްމަތީން އަޙްމަދާއި، އެމް.އެން.ޑީ.އެފް ގެ ކޮމާންޑް ސާރޖަންޓްމޭޖާ އަޙްމަދު ޢަބްދުﷲ ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަލިބެ

    ބުނޭ ދިވެހިން ތިބީބިރުންނޭ އުސް އިމާރާތް ތައް ފެނިފަ..... ސޭކުސްތާނުގެ ރައީސް

  2. އިއްޔެ

    މި ފެންނަ ކަންކަމަކީ ފުންކޮށް ވިސްނާލަންޖެހޭ ފަދަ ކަންކަމެވެ. އިއްޔެ ޤާނޫނު އަސާސީ އަށް ފައިންއަރާ އޭގެ ހުރުމަތް ކަނޑާލި މީހުން މިއަދު އެތިބީ އެ ޤާނޫނުން ލިބިދޭ ބާރުވެރި ކަމުގެ މަތީގައި ޤައުމުގެ އެންމެ ޝަރަފްވެރި މަޤާމުތަކުގައެވެ. އިއްޔެ ޤައުމުގެ ފަޚްރުވެރި ސިފައިންނަށް ގޮވި ހަޑި ހުތުރު އެެއްޗެތީގެ ވާހަކަ ރަގަޅުވާނީ ނުދެއްކިއްޔާ އެވެ. ނަމަވެސް އެމަންޒަރު ބަދަލުވެ މިހާރު އެ ބޭފުޅުންނަށް ޖެހިފައި މިވަނީ އެފަދަ މީހުނަށް ބޯތިރިކުރާށެވެ. މާތްވެގެންވާ އިސްލާމް ދީނާއި މިޤައުމުގެ ހައްޤުގައި ޤުރުބާން ވުމަށް ހުވާކޮށްގެން ތިބި ބޭފުޅުންނަށް މިހާ ދަށުދަރަޖަ ދިނުމަކީ ވިސްނާލަންޖެހޭ ކަމެކެވެ.

    3
    1
  3. މޯދީ

    އައައަ...ތިބޭފުޅުން ޤައުމުގަ ހާދަ އުސް އިމާރާތްތަށް އެބަހުއްޓޭ ދޯ..އައައަ..އަނެއްކާ ހާދަ ބޮޑެތި ބިޔަ މީހުންނޭ...ތިބޭފުޅުންނަކާ އަޅުަނޑުމެންނަކަށް ކުރިމައްޗެއް ނުލެވޭނެ. އަޅުގަނޑުމެންގެ ސިފައިން ވަރަށް ޖެހިލުން ވާނެ. ޢައައަ އާއަ އައާ...ތިބޭފުޅުން ބޭނުމިއްޔާ ހަމަ މިހާރުވެސް ދިވެހިރާއްޖެ ހިފަންވީ..ވަަަރަށް ފަސޭހަ ކަމެއް. އަޅެ ޕުލީޒް.
    މަށަކީ ޑިފެންސް މާރިއޯ