ދިވެހިރާއްޖެ މިހާރު މިދަނީ ސިޔާސީ ހަމަނުޖެހުންތަކާއި ދިމާއަށް ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ ވިދާޅުވެއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ޝައިނީ މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލާފައިވާ ފޮޓޯއަކާއި އެކު ކުރެއްވި ޓްވީޓެއްގައެވެ.

ޝައިނީ ވިދާޅުވީ ސިޔާސީ މަޤުޞަދަކަށްޓަކައި ދައުވާ ކުރުން ރައީސް ޞާލިހް ހުއްޓަވާލައްވާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރެއްވި ކަމަށެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް އުއްމީދު ކުރިން ސިޔާސީ މަޤުޞަދުތަކަކަށްޓަކައި ދައުވާ ކުރުން ރައީސް ޞާލިހް ހުއްޓަވާލައްވާނެ ކަަމަށް. މިއަދު އަނެއްކާވެސް މިގައުމު މިދަނީ ސިޔާސީ ހަމަނުޖެހުންތަކާއި ދިމާއަށް." ޝައިނީ ވިދާޅުވިއެވެ.

ޝައިނީ ވިދާޅުވީ ސިޔާސީ ހަމަނުޖެހުންތަކެއް ކުރިމަތިވުމުގެ ސަބަބުން ގެއްލުން ލިބޭނީ އާއްމު ރައްޔިތުންނަށް ކަމަށެވެ.

ޔާމީންގެ ވެރިކަމުގައި ޔާމީންގެ އެންމެ އަރިހުގައި މަސައްކަތް ކުރެއްވި އެއް ވަޒީރަކީ ޝައިނީ އެވެ. އޭނާ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަނީ ހެންވޭރު އުތުރު ދާއިރާ އަށެވެ. ޝައިނީ އިންތިޚާބުގައި ވާދަކުރަން ޕީޕީއެމް އިން ޓިކެޓް ދިން ނަމަވެސް އޭނާ އިންތިޚާބުގައި ވާދަކުރަނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ.

އިއްޔެ ޔާމީން ހައްޔަރު ކޮށް އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަބުއާ

    މޮޅު ވާހަކައެއް ބުނެލައިފި. ހިއެއް ނުވޭ ހޮވޭނެހެނެއް.

    4
    7
  2. އެޑަމް

    ޔާމީން ވެރިކަމުގަ އިދިކޮޅު ހުރިހާ ލީޑަރުން ހައްޔަރުކުރިއިރު ސައިނީ މި ޓްވީޓް ނުކުރީ ކީއްވެބާ

    7
    7
  3. ޒާ

    ނިކަން ރީއްޗަށް ބަލަންތިބޭ. ހަމަނުޖެހުން އުފެދުމުގެ އިތުރުން ގައުމު ބަނގުރޫޓްވާނެކަމުގެ ވާހަކަ ތައް އެދަނީ އަޑުއިވެމުން. އައިލޭންޑް އޭވިއޭޝަން ބަނގުރޫޓް ވެއްޖެ. ދެންވީ އިންޑިއާގެ ފަލައިޓްގައި ދަތުރުކުރަން ފަށަން. މި ވެރިކަން ނިމޭއިރު ޔާމީނު ގެނެސްދިން ތަރައްގީ ނުވެސް ފެންނާނެކަން ކަށަވަރު.

    13
    4
  4. ޖަހާންގިރި

    ކިނބޫސަރުކާރު ހެވިދިލިފަ ހުއްޓާ ގައުމު ބަނގުރޫޓު ވެއްޖެ އިރާދަ ކުރެއްވިއްޔާ އަދި ރައީސް ޔާމީން ވެރިކަމަށް ގެނެސް މާލެއާއި ވިލިގިނލިި ބުރިޖަކުން ގުޅާލަދޭނެ ކިނބޫ ސަރުކާރު ދުވަހަކަށްވުރެ ދުވަހެއް އަންނަނީ ނިކަމެތިވަމުން އެންމެފަހުން ވެއްޓޭނެ ކަމީ ޔަގީންކަމެއް.

    5
    5
  5. މނ

    ޔާމީނުގެ ވެރިކަމުގަ މިގައުމު ހަލަބޮލިކޮއްލި ވަރައް މިތެރިކަމުގަ ހަލަބޮލިކޮއްލައިފިނަމަ ވެރިކަންވެއްޓޭނެ ކަން ހމަ ޔަގީމް......

  6. އަހު

    ކަލޭ ތިވާހަކަ ދައްކާކަށް ތާހިރެއްނޫން