ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ގެ އެއްވެސް ބޭންކް އެކައުންޓެއް ރާއްޖޭގައި ވެސް އަދި ރާއްޖެއިން ބޭރުގައި ވެސް ނެތް ކަމަށް އޭނާގެ މާލީ ބަޔާނުގައި ބުނެފިއެވެ.
އެމްޑީޕީ އިން ރޭ ވަނީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުންގެ މާލީ ބަޔާން އާއްމު ކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނޭ އީވާގެ މާލީ ބަޔާނުގައި ބުނެފައި އޮންނަނީ އެއްވެސް ބޭންކެއްގައި އީވާގެ އެއްވެސް ބޭންކް އެކައުންޓެއް ނެތް ކަމަށެވެ.
އީވާގެ މާލީ ބަޔާނުގައި ބުނެފައި އޮންނަ ގޮތުގައި ރައްޔިތުން މަޖިލީހުގެ މުސާރައިގެ އިތުރުން އީވާ އަށް އިތުރު އެއްވެސް ގޮތަކުން އާމްދަނީއެއް ނުލިބެއެވެ. އެއްވެސް ކުންފުންޏެއްގައި އީވާގެ ހިއްސާއެއް ނެތް ކަމަށާއި ކުލީގެ ގޮތުގައި ވެސް އޭނާ އަށް އާމްދަނީއެއް ނުލިބޭ ކަމަށް މާލީ ބަޔާނުގައި އެބައޮތެވެ.
އީވާގެ އެއްވެސް ބޭންކް އެކައުންޓެއް ނެތުމުން މިހާރު ރައްކާކުރެވިފައި ހުރި އެއްވެސް ފައިސާއެއް ވެސް އީވާގެ އަތުގައި ނެތް ކަމަށް މާލީ ބަޔާނުގައި ވެއެވެ.
ރައްކާކުރެވިފައި ފައިސާއެއް ނެތުމުގެ އިތުރުން އީވާގެ ނަމުގައި އެއްވެސް ލޯނެއް ވެސް އަދި އެއްވެސް މުދަލެއް ވެސް ނެތެވެ.
އީވާގެ މާލީ ބަޔާނުގައި އީވާ ވަނީ އެބަޔާނުގައި ހުށަހެޅިފައިވަނީ ފުރިހަމަ ތެދު މައުލޫމާތުކަމާއި މިމައުލޫމާތުގައި އެއްވެސް ފޮރުވުމެއް ވަންހަނާ ކުރުމެއް އަދި އުނިއިތުރު ކުރުމެއް އެކުލެވިގެން ނުވާނެ ކަމަށް އިޤުރާރުވެ ސޮއި ކުރައްވާފައެވެ.
އޭޕްރީލް މަހު އޮންނަ މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވުމަށް އީވާ އަށް ޓިކެޓް ލިބިވަޑައިގެންނެވީ ޕްރައިމަރީއަކާއި ނުލައެވެ. އެއީ އޭނާ އާއި ވާދަކުރެއްވުމަށް އެއްވެސް ބޭފުޅަކު ޕްރައިމަރީ އަށް ކުރިމަތި ނުލެއްވުމުންނެވެ.
އީވާ މިހާރު ފުރިހަމަ ކުރައްވަމުން ގެންދަވަނީ މަޖިލީހުގެ ދެވަނަ ދައުރެވެ. އޭނާ ފުރަތަމަ މަޖިލީހަށް އިންތިޚާބުވީ 2009 ވަނަ އަހަރު އެވެ.
ދެން މަޖިލިސް އިން ދޭ 1 މިލިޔަން ރުފިޔާ ހަމަ ގަނޑުކޮށް އަތައްތަ ދެނީ،؟؟ ޖޯކު ފުލޯކު ވާހަކަ، ކަނބުލޯ ރައްޔިތުން ކުރިމަތީ މި ދުނިޔެމަތީ އެތައް އަނދުނެތް އެޅުވިދާނެ، އަދި ދޮގުވެސް ހެދިދާނެ،، އެކަމަކު މަޙުޝަރު ބިމުގައި ތި ދޮގުތަކާއި މަކަރާތް ހީލަތް ހެދިދާނެބާ؟؟؟ އަދިވެސް ތިހުރީ އޮރިޔާމުން، ފުރަތަަމަ އޮރިޔާން ނިވާކޮށް ދުނިޔެ އަށް ލޯހުޅުވަބަލަ،
މީ ޓެކްސްއައް މަކަރުހަދަން ކުރާކަމެއް
މިޚަބަރު އެހާފުރިހަމައެނޫން. ސާފުކޮށްދޭން އެބަޖެހޭ ރައްޔިތުންގެ މަޖުލީހުން ލިބޭމުސާރަޔާ އިނާޔަތްތަށް ޖަމަކުރަނީ ކޮން އެކައުންޓަކަށްތޯ؟ ޕެންޝަންފަންޑަށް ފައިސާ ނުދައްކަނީތޯ؟
މިކަހަލަ މަކަރުވެރިން މަޖްލިހަށް ހޮވާކަށް ނުވާނެ. މަ އަދި ހުރީ މީނަ އައްވޯޓް ދޭން ކަމަށް އެކަމު ދެނެއް ނުދޭނަން. މީނަ ހޮވަން ހެޔޮ ނުވާނެ.
ތިނުވާނެ ތެދަކަށް.
މުސާރަ އަތަށް ދެނީ ދޯ
80000 ކޮއްމެ މަހަކު ހުސްކުރަނީ
ރޯބުހުތާނު ދޮގު
ދެން މަޖިލިސްއިން ލިބޭ މުސާރަ އަތަށްތަ ދެނީ؟ ޕެންޝަން ފަންޑަށް ފައިސާ ޖަމާނުކުރޭތަ؟ އަޖައިބުން އަޖައިބު.
ކުލަ ޔެލޯ މީހަކަށް މިވީހާ ތަނަކު ނެތް ތެދެއް ހެދިފައެއް، މިހާރު އަތުން އަތަށް ރުފިޔާ ނުދޭނެކަން އެންމެ ގަމާރު މީހާއަށް ވެސް އެކަން އެނގޭނެ، އެހެން ވީއިރު ކަމަނާގެ ބޮޑު މުސާރަ ނުނަގަނީތަ؟ ނޫނީ އަތަށް ދެނީ ތަ؟
ތި ނުވާނެ ތެދަކަށް. މިފަދަ ޒަމާނެއްގަ ބޭންކުގެ މުޢާމަލާތެއް ނުކުރާކަމަށް ބުނުމަކީ ވަރށްބޮށު އޮޅުވާލުމެއް. ވޯޓު ދޭން ހެޔޮ ނުވާނެ
އީވާގެ ތިޔަ ވާހަކަތައް ޤަބޫލު ކުރާނީ އެމްޑީޕީގައި ތިބި ދެ އުޅިއެއް ނުވާ ގަމާރުން.
ކޮންމެ މަހެއްގެ މަޖިލިސްއިންދޭ މުސާރަ ހަވާލުކުރަންދަނީ ފިނޭންސް މިނިސްޓަރ ކަމައްވާނީ
ބަޔާނުގަ އެގޮތަށް ލިޔެފައޮތީމަ އެއީހަމަ ރަނގަޅު ބަޔާނަކަށްވާނެތަ އެހެންވިއްޔާ ފިނޭސް މަޖިލީސްގެ މާލީ ޒިންމާދާރު ވެރިޔާއާއި މިނިސްޓރ އޮފް ފިނޭންސް އެވަނީ ދައުލަތުގެ މާލިއްޔަތު ގަވާޢިދާ ޚިލާފުވެފަ
ތީވެސް ވަރަށް ލަދުހަޔާތްކުޑަ އަންހެނެއް، ބޮޑާކަމާއި ކިބުރުވެރިކަމުން އަރާހުރި، ތިވެރިން ޢާ
ފިލުކަމުން ހޭނުލެވި ތިއްބާ ދުނިޔެ ޤިޔާމަތްވާނީ،
= މޯލްޑިވިއަން ދޮގުހަދާ ޕާޓީ=
ދައްކާ ހުރިހާ ވާހަކައެއް ގަބޫލްކުރަންޖެހޭނީ އިދިކޮޅަށް، ކޮބާތަ ފެހިފިތަށް އޮބާލަން ނަގާހާބައިވަރު ،ރައްޔިތުން މިތިބީ ދެބަންދިހާރު ވެފަކަމަށްތަ ތިބަލަނީ ހުރިހާފަހަރަކު މޮޔަހެއްދޭ ނެ ކަމަށް ނުބަލާތި ؟
ތިއަށްވުރެ ހަމަޖެހޭ އެއްޗެއްކިޔާބަލަގަ ދޯ.... ތީކީ ގަމާރުންވެސް ގަބޫލުކުރާނެ ވާހަކައެއްނޫން
މިކަހަލަ، ރޯމާ ދުވާލު މަކަރާއި ހީލަތް ހަދާ މީހުން މަޖިލީހަށް ހޮވަން ހެޔޮވެސް ނުވާނެ. ގަލޮޅު އުތުރު ދާއިރާގެ މީހުން ވޯޓުލާއިރު މިކަމާއި ވިސްނުން ވަރަށް މުހިއްމު. އެހެން މީހުންނަކީ ބޯގޯހުން ކަމަށް ދެކޭ މީހެއް މި އީވާ އަކީ. އެންމެ ފަހުން ބޮޑު ބޯގޯހަކަށް މިވީ ކުނި އީވާ.
ޢެންމެ މަކަރުވެރިން ވެސް ތިޔަހާ ފޭކް ކަމެއް ކުރި ވާހަކައެއް ނާހަން.
ވަގުނައްވުރެ ވަގުވީމަ ނުހުންނާނެ.....
ތި ހުރިހައި ބަޔާނެއް ނެރުމުގެ ބަދަލުގައި އީވާ އަމިއްލައަށް ތިމަންނާއަކީ ފިރިހެނެކޭ ބުނިނަމަވެސް ތަންކޮޅެއް ފަސޭހައިން ޤަބޫލުކުރެވުނީސް!
ދަންނަވަންތޯ. މިއީ ޙަޤީޤީ ވަގުންނަކީ. މިއީ އަހަރެމެންނަށްވެސް އެނގޭ ކުޅިވަރެއް.
މިތާގަ ކޮމެންޓުކޮށްފަހުރިމީހުންނަށަ ވަރަށް އެއްޗެއްނޭނގޭކަމަށްފެނޭ. ފެންޝަން ފަންޑަށް ފައިސާ ޖަމާކުރުމަކާ މިކަމަކާ ގުޅުމެއްނެތް. އެހެނީ އެމީހެއްގެ މުސާރަ ޖަމާކުރާނީ އެމީހަކު އެދޭ އެކައުންޓަކަށް. އެއީ އެހަންމީހެއްގެ އެކައުންޓަކަށްވިޔަސްހެޔޮ. ޖެހޭނީ އެކަމަށް ހަމަޖެހިފައިވާ ކަންކަން ފުރިހަމަކޮށްލަން. މިއީ އެކަހަލަ މަކަރުވެރިން އަމަލުލުރާނެގޮތް.
ގަވައިދުގަ ބުނާގޮތުން މުސާރަ ޖަމާކުރެވޭނީއެމީހެއްގެ އަމިއްލަ ނަމުގަ އޮންނަ އެކައުންޓަކަށް މަޖްލިސް މެމް ބަރުން ޖަލްސާ އަށް ނުދިޔަސް ފުލް މުސާރަ ލިބޭގޮތަށް ތިމީހުންގެ ފައިސާ އެހެންމީހެއްގެ އެކައުންޓަށް ވެސް ޖަމާކުރެވެނީ ތޯއްޗެ އަހުންގެ މުސާރަ އަހުންނާ އަހުންގެ ފިރިމީހާގެ ނަމުގަ އޮންނަ ޖޮއިންޓް އ/ކ އަށް ޖަމާ ކުރަން އެދުނީމަ އޮފީހުން އެކަން ކޮއްނުދިން
މީނަޔަށް ޒަކާތު ފަންޑުން އެހީވާން ފެންނަނީ، މިހާ ފަގީރު ހާލުގަ އުޅޭ މީހެއް މަދުވާނެ....މިހާރު މަލޭގަ އެކައުންޓެއް ނެތް ވާލެއް ކާޅެއްވެސް ނޫޅޭނެ.
ދަރީގެއެކައުންޓަށް މުސާރަ ޖަމާކުރަނީ. ތެދުވެރިކަން ދެން ވިސްނާލާ
ތީ ނަޝީދުގެ ފައިން ފަޅާފައިން ނިރެއް ދޮގުހެދުމުގަަ މިމީހުން ފަހަތައް ޖައްސާ ލެވޭނެ ބަޔަކު ނުތިބޭނެ.....
ތިފަދަ ދޮގުވެރިން ބަޔަކު ރަޢިއްތަތުންގެ މަޖިލިހުގައި އިހުލާސްތެރިކަމާއެކު ރަޢިއްޔަތުންނަށް ކޮށްދޭނީ ކޮންކަމެއްބާ ތިހުރީ ފާޅުކަންބޮޑު އެއްމެނަށްއެގޭ ކަންކަމުގައި އީވާހަދާލާދޮގު މިފަހަރުވެސް އެއުޅެނީ މަޖިލިހަށްކުރިމަތިލައިގެން ދާއިރާގެ ރަޢިއްޔަތުންވޯޓުދިނުމުގައި މިފަދަ މީހުންބާކީކުރުމަށް ގޮވާލަން
މީނަގެ ފިރި އެއް ހުރޭތަ
ދަރިއެއް ހުރޭ ތަ
މަޖިލިސް މުސާރަ ދެނީ އަތަަށް.. މަޖިލީހުން ސާފުވާނެ.. ކުރިން ފިރިމީހާ ސާބެގެ އެކައުންޓަށް ޖަމާކުރި..
ކަނޑައެޅިގެން ދޮގެއް މުސާރަ ޖަމާވަނީ އަތްޕުޅަތޯ
މުސާރަޖަމާވާ ހިސާބެއްނެތްދޯ ވަގުން ކިޔަނީ ތިޔަކަހަލަ މަރުމޯލުންނަށްް. ޔާމީނު ވަރެއްނެތް
މާލީ ބަޔާނުގައި އެބައޮތް ބީއެމްއެލް ގެ އެކައުންޓެއް އިންނަކަމަށް. އެހެންވީމަ ތީ ދޮގު ޚަބަރެއްނު.....
ޢީވާގެ ބަޔާނުގަ އޭނަގެ ބޭންކް ޢެކައުންޓް ހުރިކަމަށް އެބައިން. ދޮގު މައުޟޫމާތެއް
އެމަންޖެގެ އެކައުނޓެއް ނެތީސް މަޖިލީހުން އެމަންޖެއައްލިބޭ މުސާރަކޮޅު ލިބެނީ ކިހިނެއް ކާކުގެ އެކައުންޓަކައް ޖަމާކުރަނީ ދައުލަތުންދޭ މުސާރަ ދޭންޖެހޭފަރައްތަކައް ދިނުން އޮންނަނީ ކިހިނެއް އީވު