ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވީނުވީ ތަނެއް ނޭނގޭތީ އޭނާ ހޯދައިދިނުމަށް ފުލުހުންގެ ކިބައިން އޭނާގެ އާއިލާއިން އެދެފި އެވެ.
އިލްހާމްގެ އާއިލާގެ ފަރާތުން ކޮއްކޮ ޒާލިފު އަހުމަދު ބުނެފައި ވަނީ އިލްހާމް ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު މާލެ އައުމާއެކު ފުލުހުން އެއަރޕޯޓުން އޭނަ ހައްޔަރުކުރި ކަމަށެވެ. އަދި އެއަށް ފަހު މިމަހުގެ 5 ވަނަ ދުވަހު ކްރިމިނަލްކޯޓުން އިލްހާމް ދޫކޮށްލިފަހުން ގެއަށްވަޑައިގެންނެވި ކަމަށާއި، ނަމަވެސް އެދުވަހު އަނބިކަނބަލުންނާއި ވާހަކަދެއްކުމަށްފަހު ދިއަފަހުން އިލްހާމްގެ ޚަބަރެއް އާއިލާއަށްވެސް ނުވާކަމަށެވެ.
އިލްހާމްގެ އާއިލާއިން އިތުރަށް ބުނީ އިލްހާމްގެ ޚަބަރެއް އާއިލާއަށް ވެސް ނޭނގޭއިރު ފުލުހުން ތަކުރާރުކޮށް އެމައްސަލައިގައި ސުވާލުކުރި އަސް އަދި އިލްހާމްގެ އަނބިކަނބަލުން ހައްޔަރުކުރިނަމަވެސް އެކަމަށް ދޭނެ ޖަވާބެއް ނެތްކަމަށެވެ.
ފުލުހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ގާސިމް އިބްރާހިމްގެ ދޮށީ ދަރިފުޅު ސިޔާދް ގާސިމް އާއި ދާއިރާގެ މެންބަރު އިލްހާމް އަހްމަދު މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންގެ މައްޗަށް ކުރަނީ ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތެވެ.
ފުލުހުންގެ އިކޮނިމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ މައްސަލައަކާއި ގުޅިގެން އިލްހާމް ހޯދަން ފުލުހުން އިއުލާންކޮށްފައި މިމަހުގެ 9 ވަނަ ދުވަހުއެވެ.
ހެހެހެ މޮޅު ސްޓަންޓެއް އާއިލާއިން ތި ޖެއްސީ
މިވާހަކައަށް ބުނެވޭނީ އޭނަގެ އާއިލާގެމީހުން އޭނަ ފޮރުވައިގެން އުޅެނީއޭ، ހުރިތަނެއް ތިމެންނަމެންނަށް ނެއެގޭކަމަށް ހަދަން ބުހުތާން ދޮގުހަދަނީ
ގާސިމުގެ ރިސޯތެޣްގަ ފިލާޣޮވެދާނެ ކަމަޣް ބެލެވޭ
ޔާގުންޑާ އަމުރަކަށް ފޮރުވީކަމަށްވާނީ ޔަގީނޭ! މަރާލީތޯޗެއް ?
ބޮޑުފިޑިޔެއްދޯ ރިއެރެޓީ ބާކީވީދޯ