ވެރިކަން ވައްޓާލުމަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު މިނިވަންކުރުމަށް އެމަނިކުފާނުގެ ދަރިކަނބަލުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ދުންޔާ މައުމޫން ފުރަތަމަ ފަހަރަށް ގޮވާލައްވައިފި އެވެ.

ރައީސް މައުމޫން މިނިވަންކުރުމަށް ދުންޔާ މައުމޫން ގޮވާލެއްވީ މިއަދު އެކަމަނާ ކުރެއްވި ޓްވީޓެއްގަ އެވެ. ދުންޔާ ވިދާޅުވީ އޭނާގެ ބައްޕަ އަދި "މިގައުމުގެވެސް ބައްޕަ ރައީސް މައުމޫން" މިނިވަންކޮށް ގެއަށް ގެނެސްދިނުމަށް ދައުލަތުގެ މުއައްސަސާތަކަށް ގޮވާލައްވާ ކަމަށެވެ.

މީގެ އިތުރުން ދުންޔާ ވަނީ އާއިލާއަށާއި ގާނޫނީ ވަކީލުންނަށް މައުމޫނާއި ބައްދަލު ކުރުމުގެ އިންތިޒާމް ފަހިކޮށްދިނުމާއެކު ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ސަރުކާރުގެ ކިބައިން އެދިފައެވެ.

މައުމޫން ހައްޔަރުކުރި ފަހުން ދުންޔާ މައުމޫން ވަނީ އެކަމަނާގެ ބައްޕަ މަތިން ވަރަށް ބޮޑަށް ހަނދާންވާ ކަމަށާއި ބައްޕަގެ ހާލަތާ މެދު ކަންބޮޑުވުވެވަޑައިގަންނަވާ ކަމަށް މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ފެބްރުއަރީ 05 ވަނަ ދުވަހުގެ ރޭ ރައީސް މައުމޫން ހައްޔަރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، ރިޝްވަތު ދީ ޤާނޫނާއި ޚިލާފަށް ވެރިކަން ވައްޓާލުމަށް މަސައްކަތްކުރުމާއި ފަނޑިޔާރުންގެ މަސައްކަތައް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ޙުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ގޮތުގައި ފައިސާ ދިނުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާއި ދެކޮޅަށް ސަލާމަތީ ބާރުތައް ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމުތައެވެ.

ފުލުހުން ވިދާޅުވާ ގޮތުގައި ރައީސް މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭ ގިނަ ހެކިތަކެއް ފުލުހުންނަށް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މެދުރާއްޖެތެރެ

    ބައްޕަމަތިންހަދާޏްކުރާނެކަމެއްނެތް ޔާމިންކައިރީހުރޭ އޭނާ ހަދާދޮގާ މަކަރުގަބައިވެރިވެގެން

  2. ޑިމޮކްރަޓިސްޓް

    ކަމަނާގެ ބައްޕާފުޅަސް ކުށެއްގެ ތުހުމަތުގަ ހައްޔަރުކުރީމަ، އެކަން ތަހުގީގު ކޮށްފަ ސަލާމަތް ވިއްޔާ އިނގޭތޯ ދޫކުރެވޭނީ#### ތިހެންހަމަ ދޫކުރާށޭ ގޮވުމަކީ ވަރަށް ޒިންމާދާރުކަންކުޑަ ގޮވާލުމެއް އިނގޭތޯ#### ތިކަން އޮތީ ތިހެންކަމަށްވާނަމަ މަގޭ ރައްޓެހި ދޮހުއްތުބޭގެ ދަރި ބަޝީރު ވެސް ޖެހޭނީ ދޫކޮށްލަން####

  3. މޫސަ

    އެއީހަމަ ބައްޕާފުޅު ދެކެވާ ލޯބިން ބުނިވާހަކައެއްބާ އެހެންނަމަ ބައްޕާ ފުޅުގެ ކަރުގައި ވާޖަހައިގެން ބޮޑު ބޭބެގެ ވެރިކަން ދިފާއު ކުރާކަށް މސައްކަތެއް ނުކުރާނެ.

    • 1233

      ކަރުގަ ވާ ޖަހައިގެންނެއްނޫން ގެންދިޔައީ. ގެންދިޔައީ ފުލުހުންގެ މަތީ އޮފިޝަލުން ވަޑައިގެން، ފުރިހަމަ އިއްޒަތުގަ، ގޮޅިއެއްގައެއްނޫން އޮންނަނީ. އެމަނިކުފާނަށް ދައުލަތުން ދެވެން ހުރި ހުރިހާ ލިޔެއްދޭ. އެކަމަކު، އެމަނިކުފާނަށް އެނގިވަޑާއިގަންނަވާނެ، ބަޣާވާތް ކުރުމަކީ ދީނީ ގޮތުން ކިހާ ފާފަލިބޭ ކަމެއްކަން. ވެރިކަމަށް ދަހިވެތިވާނެ. އެކަމަކު، ދީނީ އިންތައް ފަހަނައަޅާ ދާކަށް ނުވާނެ.

  4. އަހަރެން

    މައުމޫނުގެ 30 އަހަރު ނުހައްޤުން އަދަބު ލިބުނު ކިތައްމެ ބައްޕަ އެއްގެ ދަރިން އޭރު ކިހާ ވަރަކަށް ތިހެން ގޮވިތޯ

  5. ޙަފްޞާ / މާލެ

    ތެދެއް!ބައްޕާފުޅުދެކެ ލޯބިވުމަކީ އިބްލީހުންނާގުޅިގެން ބައްޕާފުޅުކުރައްވާ ހުރިހާ ނުބައިކަމެއްގައި އެއްބާރުލުން ދިނުން! އެގޮތަށްކަންނޭގެ "މޫސަ" އެ ވިސްނަވަނީ! އާދަނަށް ގޮތެއް ، މައުމޫނަށް އެހެންގޮތެއް ، އިދްރީހަށް އާގޮތެއް ، މިގޮތކަށް ނުހެދޭނެ!

  6. ބެއްޔާ

    މައުމޫނުގެ 30 އަހަރުގެ ވެރިކަން ދިފާކުރިގޮތަށް ޔާމީނުގެ ވެރިކަން ދިފާއުކުރަން ޖެހޭނެ. ވަރަށް ސަލާމް ދުންޔާ

  7. އަދލ

    ޔަާމިިީނުގެ ވެރިކަމަކިިީ ހަމަ ހަގިީ އަނިޔަާވެރި ވެރި

    ވެރިކަމެއް އެކަމަކު އައްނިީގެ ވެރިކަމެށް ބެޭނުމެއްނުޫން