އިންޑިޔާގެ ނޫހަށް ޑިފެންސް މިނިސްޓަރ މާރިޔާދީދީ ދެއްވި އިންޓަވިއުއާ ގުޅިގެން އެއްވެސް ބޭފުޅަކަށް ހިތްޕުޅު ހަމަނުޖެހިވަޑައިނުގެންފައިވާނަމަ އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންޑިއާ އަށް ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅަށް މާރިޔާ މަޢާފަށް އެދިވަޑައިގެންނެވީ މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އިންޓަވިއުގައި ބުނެވުނު ބަސްކޮޅާ މެދު ހިތްހަމަނުޖެހުމެއް ނުވަތަ އޮޅުމެއް އަރާފައިވާ ނަމަ، އަޅުގަނޑު އެކަމަށް ނުހަނު އިހްލާސްތެރިކަމާއެކު މާފަށް އެދެން،" މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މާރިޔާ މާފަށް އެދިވަޑައިގަތުމާއެކު، ޖަލްސާ އަށް ހާޒިރުވެވަޑައިގެން ތިއްބެވި މަޖިލިހުގެ ގިނަ މެމްބަރުންތަކެއް އަތްތިލަބަޑި ޖެއްސެވި އެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ އެ އިންޓަވިއުގައި 22 މިނެޓުވަންދެން ވާހަކަ ދެއްކެވި ކަމަށާއި، އެހެން ނަމަވެސް ހިތްޕުޅާ ހަމަނުޖެހިވަޑައިގެން އުޅުއްވާ ބޭފުޅުން ފާޙަގަކުރަނީ އެންމެ ފަސް ސިކުންތުގެ ވާހަކަކޮޅެއް ކަމަށެވެ. ހިތާމައަކީ ލައިވްކޮށް ރިކޯޑު ކުރެވޭ އެފަދަ އިންޓަވިއުތަކުގައި އަލުން ސުވާލު ކުރުމުގެ ފުރުސަތު ނުލިބޭތީ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެއްގޮތަކަށް ވެސް ދިވެހި އަސްކަރިއްޔާއިން ނުވަތަ، ދިވެހި ރައްޔިތުން، ދިވެހި ސަރުކާރުން އިންޑިޔާއަށް ބިރުން އުޅޭކަށް ނުޖެހޭ ކަމަށަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ރާއްޖެ ބާރުގަދަ ގައުމެއްގެ ގޮތުގައި ބޭއްވުމެވެ. އަދި ޖަޒީރާ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ދެމެހެއްޓުމުގެ ގާބިލްކަން ލިބިފައިވާ އަސްކަރިއްޔާއަކަށް ހަދަން ބޭނުންވާ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ލަދު

    އެންމެފަހުން ސައިޒުވީ

    44
    4
  2. Anonymous

    މަހާނަމައްޗަށް މަޑިއަށް ޖެހިފަ ތިހުރީ. ކަލޭމެން ހިތުން ކަލޭމެން އަރާމުގައި އުޅެފަ މަރުވެގެން ދިޔައިމަ އެކަން އެނިމުނީ. އެކަމަކު، މިދިވެހި ގައުމުގައި ކަލޭމެންގެ ދަރިފަސްކޮޅުވެސް އުޅޭނީ. ކިތަންމެ ފޮންޏެއްވެގެން އުޅުނަސް މިނޫންތަނަކުން ޖާގައެއް ނުލިބޭނެ. މިތަން އިންޑިޔާއަށް ތިދެނީ ވަގުތީ ފައިދާއަކަށް. ކަލޭމެންވެސް މިކަމުގައި ހިތާމަކުރަންޖެހޭނެ. ފައިސާއެއްނޫން ހުރިހާ އެއްޗަކީ. މިނިވަންކަން އެއްޗަކީ. ރޮހިންޏާ ދަރިކޮޅުމީޙުންނާއި، ފަލަސްޠީނު މީހުންނާއި، އިންޑިޔާގައި އުޅޭ މުސްލިމުންނާ މެދު ވިސްނާލަބަލަ. ހަގީގަތް އެހުންނަނީ ފެންނަން. އެކަމަކު، ތިމާގެ ނަފުސު މުޑުދާރުވެ އަމިއްލަ އެދުން އިންތިހާއަށް ދިޔައިމަ ފެންނާނީ ޝައިޠާނާ ދެއްކި އެއްޗެއް.

    73
    3
    • ާަައަސްލު

      ސާބަސް، މަ ތާއީދު

      5
      6
  3. އަހުމަދު ހުސައިން އަލީ

    ތީ މާފަށް އެދުނީކީ ނޫން އޮޅުމެއް އަރައިފައިވާނަމަ، ހިތްޕުޅު ހަމަނުޖެހިފައި ވާނަމަ. މާފަށް އެދެމޭ. ބުލްޝިޓް. މީހަކު އޮޅުމެއް އަރައިގެނެއް ނޫޅޭ. އަދި ދެއްކި ވާހަކަޔާ ހިތްހަމަ ނުޖެހޭނެކަން ވެސް އެނެގޭނެ. މާފަށް އެދެންޖެހޭނީ އެ ބުނި އެއްޗަކަަށް. މިކަމުގައި ވެސް އެމްޑީޕީގެ އާދަދައިގެ މަތީން މަކަރެއް ހަދާލީ. ނޫހުން ވެސް މިކަން ފާޙަގަކުރާންޖެހޭނެ. އޭނަ ބުނި އެއްކަކަށް މާފަކަށް ނޭދޭ.

    71
    4
    • ފުރޮޅިމަސް

      ހެޔޮއެއް ގޮތެއްވެސް ނޯންނާނެ މިމީހުން ނަކަށް.

      5
      39
  4. ކައްދާދި

    ތިޔަ އީ ހަމަ ދިވެއްސެއް އެ އީ ވިސްނޭނީ ތަންކޮޅެއް ލަހުން. އެކަމަކުވެސް ބުނެލަން ތިޔަ ފަދަ މަޤާމްއެއްގަ ހުރެ، ރާއްޖޭގެ މައްޗަށް އެވަރަށް ދަހިވެތި ވެފައި ވާ ބައެއްގެ ގާތުގައި އެފަދަ ވާހަކަ އެއް ދެއްކުން ހަމަ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ހަރުކަށި އިބާރާތުން ކުއްވެރި ކުރަން ތިޔަ ވަރުގެ މައާފް އަކުން ނުފުދޭނެ.

    40
    1
  5. ރަންނަ

    މައާފް އަށްއެދުމަކުން ނުފުދެއެވެ. މައާފް އަށް އެދުމަކީ ރިވެތި ސިފައެކެވެ. ތިކަމު ގެ އެންމެ ފުރިހަމަ ގޮތަކީ ކަމަނާ އިސްތިއުފާދެއްވުމެވެ. ކަމަނާ މިސާލު ނަންގަވާ ޑިމޮކްރަސީ ގައުމުތަކުގާއި އަމަލުކުރާގޮތް ބައްލަވާ އިބްރަތް ހާސިލްކުރަށްވާށެވެ. މާދަމާ ﷲ ގެ ހަޒްރަތުގާއި ޖަވާބުދާރީ ވާންޖެހޭކަން ގަބޫލުފުޅު ކުރަށްވަންތޯއެވެ. ޢެވެރިންގެ ކުރިމަތީގައި ބާވީސް ކީކުރަންތޯ އޭގެ އެތައް ގުނަ އިތުރަކަށްވެސް ވާހަކަފުޅު ދެއްކެވިދާނެއެވެ. ނަމަވެސް ފަސްސިކުންތުގެތެރޭ ގައި “ގައުމުގެ ހިތު”ގައި ލީ ލަކުނު ގަރުނުތަކަކަށް ދެމިގެން ދާނެކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. ދިވެހި ލޮބުވެތި ރައްޔިތުންގެ ހިތްތައް ނުތަނަވަސް ވެފާވުމަކީ ނުވުމަށްވުރެ ވުން ގާތް ކަމެކެވެ. ލަސްނުކުރަށް ވާ އަވަހަށް ފަރުދުންގެ ހިތްތަކަށް ޝިފާޔެއް ދެއްވުމުގެ ގޮތުން ކަމަނާ މަގާމާއި ދުރަށް ޖެހި ވަޑައިގަތުން ބުއްދިވެރިއެވެ.

    40
    1
  6. ޔާމިން

    މާފްނުކުރެވޭނެ އިސްތިޔުފާދީ

    35
    1
  7. ގކދހގޖދފހގދހފޖގހދފޖގ

    ތަރުޖަމާގެ މައްސަލައެއްނެތްތާ ހަމަ އެހެންބުނެފިތާދޯ ދެންކީކޭބާ ދިފާއުގާ އެމީހުންބުނާނީ މާފަށް އެދިވަޑައިގަތުން ތަރުޖަމާ ކަންނޭގެ ދޯ ކުރާނީ .

    21
  8. އ

    މިވާހަކައިން އިގެނީ އޭނާ އެބަސް ބުނީ އިނގިގެންނޭ އަދި ބުނާން ބޭނުންވެގެންނޭ...... ކަލޭމެން ރައްޔިތުން ގަމާރީއޭ ފަހުމު ނުވަނީއޭ އެހެން ވެ އެކަމަށް މައާފަށް އެދެމޭ..... ސަބަބެއް ނެތި މައާފަށް އެދުންނަމަ ހުރިހާ ކަމެއް ނިމުނީ ރީތި ކޮށް އަޅުގަނޑަށް ދެއްކުނު ވާހަކައަށް ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދެމޭ ބުނެލީމާ ނުމުނީ ...... އަނބިން ފިރިން ކައިރިން ފިރިން އަނބިން ކައިރިން މައާފަށް ވެސް އެދެނީ ނޫންތޯ......

    27
    1
  9. ސައިބޯނި

    ކިޔޭނުކިޔޭ އެއްޗެއް ނޭނގޭ މިނިސްޓަރުން. މައްސަލައަކީ ގާބިލްނޫންވީމަަ. އެހެންމީހުންގެ ތައްޕަހުން އުޅެން އަބަދު ބޭނުންވަނީ

    35
    2
  10. މޮހަނު

    އިންޑިޔާ ސިފައިން މިޤައުމުން ފޭބުމަށް މިޤައުމުން އަމުރު ކުރީމަވެސް ނުފޭބުމުން ދޭހަވަނީ ކޮން އެއްޗެއްތޯ؟

    28
    2
  11. ދަރަނި

    މާރިޔާ މައާފަށް އެދުނީ ހިތާދެކޮޅަށް ހަގީގަތް ވާނީ ހަގީގަތަކަށް މައާފަށް ފުރަތަމަ އެދެންޖެހޭނީ އިންޑިޔާގެ ނޫސްތަކުގެ ކުރިމަތީގައި އެއައްފަހު ރާއްޖޭގެ ރައްޔަތުން މަޖުލީހުގެ ކުރިމަތީގައި މިކަންނުކުރާހާ ހިނދަކު މާރިޔާގެ މައާފު ރައްޔަތުން ގަބޫލުކުރާނެ ގޮތެއްބުނެބަލަ މާރިޔާއަކީ މިގައުމަށް ހިޔާނާތްތެރިވި ގައްދާރެއް އެހެންސަރުކާރަކުން މާރިޔާ ހައްޔަރު ނުކޮށްފި ނަމަ ރާއްޖެ ހިފުމަށް ގޮވާލާ ގޮވެލީގެ އަޑު ބާރުވާނެކަން ކަށަވަރު.

  12. ނަފާ

    އިސްތިއުފާދިފަމައާފައްއެދެ އެރުންގަބުލުކުރާނި

    11
  13. އެއްލާލާ

    އިންޑިއާ އަށް ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވުމަށް ފަހު މާރިޔާ މަޢާފަށް އެދިވަޑައިގެންފި އޭ އެހެންތޭ ތިޔާއީ މާފުކުރެވޭނެ ކަމެއް ނޫނޭ ތިޔާއީ ގައުމަށް ގައްދާރުވީއޭ މާރިޔާ ޖެހޭނީ އިސްތިއުފާ ދޭން އެނޫން ނަމަ މަޖްލީހުގައި މަމެން ޕިންކީންގެ ލާރޖް މެޖޯރިޓީ ބޭނުން ކޮށްގެން ނަގާ އެއްލާލަން ޖެހިދާނެއޭ މަމެން ބުނަން ނެތީމޭ...

  14. އެދުރުބެ

    ތީ ޤާބިލްކަން ނެތީމަ ބުނެވޭ ބަސްބަސް ދެނެވެސް އިސްތިއުފާ ދިނުންމާ ރަނގަޅުވާނެ

    13
  15. މާރިޔާ އަޙްމަދު

    އެ ބުނީ ސަތޭކަ ދުވަހުގެ ވަޢުދެއްބާ !

    11
  16. ނާސިރު

    ދިވެހި ސިފައިންވެސް ބޮޑުންތިބީ ގައުމު އަޅުވެތި ކުރަން/ދެންދިވެހިންކުރި ގަދަރެއް ސިފައިންނަކަށް ނުކުރާނެ!

  17. ހާލުގެދުލުން

    ޤާނޫނު ތަންފީޛުކުރާ އިދާރާއެއްގެ ވެރިއަކަށް ޤާނޫނުމައްޗަށް ފައިންއަރާ ޗިސްޗިސްކުރި އަންހެނަކު ބަހައްޓަން ނުވާނެ. ޑިފެންސް މިނިސްޓަރ އަކަށް ލާނެ ރަނގަޅު މީހަކު އެމްޑީޕީ ގަނެތީތަ؟

    12
  18. މަންސޫރު

    މާރިޔާ އަކި މި ބޮޑު މުޤާމް ލިބިފާ މިކަހަލަ ވާހަކަ ދެކުމަކި ވަރަށް ބޮޑު ފިންޑިކަމެއް ކުރުއުނު.އަދި މިނާއަކި ގައުމެއްގެ ދިފާއި ވަޒީރު.ާއަދި ސިޔާސި ބެނުމަކަ ފާޅު ފާޅު މީހުނ ވައްދާތި ވަރަށް ހައިރާންވެ

    12
  19. އިސަ

    މިނިސްޓަރު ޤައުމުދެކެ ލޯބިވާހެން ހީވެއިތަ؟ ބޭއިޚް ތިޔާރުގައިވެސް އެމަޤާމުގައި ހުންނަވާ ބޭފުޅަކު ވިދާޅުވެގެން ނުވާނެފަދަ ބަހެއް ވިދާޅުވެފައި މާފައްއެދުނީމާ ނިމުނީތަ؟ ހުރިހާ ކުއްވެރިންނަށްވެސް މާފަށް އެދެފިނަމަ މާފުކޮށް ސަލާމަތް ކުރަންޖެހޭނެދޯ އެކަމަކު ނުކުރެއެއްނު

    11
  20. ޖަހާންގީރު

    ނުކުރާނަން މާފެއް !

    12
  21. ދެކޮޅު ބަލާ

    ސިކުންތަކައްވިޔަސް އެ މަޤާމުގައި ހުރެގެން އެހެން ބުނެވިގެން ނުވާނެ.

    12
  22. އަހަރެނ

    މާރިޔައަކީ ދިވެހި ޤައުމުގެ އެއްވެސް ސަރުކާރަކުން ވަޒީފާއެއް ދިނުން ޙަރާމްވެފައިވާމީހެއް، ޤައުމުގެ އެންމެމަތި ޤާނޫނު ކަމުގައިވާ ދަސްތޫރަށް ކޮޅަށް ފައިން އަރާފައިވާ މީހެއް، މިހާރު އެބުނީ ޤައުމުގެ އެންމެ އިސް ދިފާޢީ ފަރާތެއްގެ ގޮތުގައި ހުރެ ބޭރުގެ ޤައުމަކަށް މިޤައުމު ހިފިދާނެކަމަށް ބުނެ ދިވެހިންގެ ޤައުމިއްޔަތު ވަންތަކަން އިންދެ ޖައްސާލި ދިފާޢީ ވަޒީރު، ދިވެހިންގެ ހިތްތަކުގައި ދިވެހިންގެ މިނިވަންކަމަށް ޤަދަރުކުރުމުގެ ގޮތުން މިހާރު ތި މާރިޔާ އިސްތިއުފާދޭންޖެހޭ ނޫނިއްޔާ ތީނަ ވަކީކުރަންޖެހޭ

    11
  23. ވަތަނީ

    މާރިޔާ މައާފަށް އެދުމަކުން ނުފުދެއެވެ މާރިޔާ
    ދެއްކެވި ވާހަކައިން އެނގިގެންދިއައީ ރާއްޖޭގެ
    ޑިފެންސް މިނިސްޓަރެއްގެ މަގާމަށް ތަސައްރަފް
    ނުފުދޭކަމެވެ ގައުމުގެ މިނިވަންކަމާއި ސިޔާދަތު
    ދެމެހެއްޓުމުގެ ހިއްވަރާއި ފައްނުވެރިކަމާއި ހުނަރު
    ތައް މާރިޔާގެ ކިބާގައި ނެތްކަމެވެ މަގާމަށް
    ނުފުދޭކަމެވެ.

  24. ސޯލިހް

    ތީ ގަންޖާ ގުރޫޕްގެ ހަމައިން ނެއްޓިފައިވާ ލާދީނީ ފިކުރުގެ ވާނުވާ ނޭގޭ ބުރާންޗެއް އެހެންވީމަ ބުނެވުނު އެއްޗެއް ފަހުމް ވާނީ ވާއެެއްޗެއް ވާފަހުން ...

    7
    1
  25. ކަނޑާލާ

    އޭއި މިހިރަ ހައުސިންގް މިނިސްޓަރޭ ތަމެންނަށް ފްލެޓެއް ނުދެވުނެއް ނޫންތޭ މެކުނު ފުމުނަސް ގާހަކަ އަށް ނުފުމެވޭނެއޭ ތަމެން ގެއަށް ކަނޑާލަން ވިސްނަމުންދާށޭ އެއިރުން މާ ތާހިރުވާނެ އެއް ނޫންތޭ މަމެން ބުނަން ނެތީމޭ ކޯއްޗެއްތޭ ދެން ފްލެޓް ތައް ހައްގު ނޫން މީހުންނަށް ދިނީއޭ ތަމެންނަށް ކީއް މީ މަމެންގެ މާލެ ސަރަހައްދު ދޯ ތަމެން ކަނޑާލާ ގެއަށް ހަމަ މިހާރު ކަނޑާލާ ކަނޑާލާ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

  26. ނުކުރާނަމޭ

    އިންޑިއާ ސިފައިން ފައްސާލާ ވާހަކަ ދައްކާކަށް ނުޖެހޭނެ ކަމަށް މާރިޔާ އަށް ނުބުނެވޭނެއޭ އެއީ ރާއްޖޭގެ ރައީސެއް ނޫނޭ ކުޑާ ކޮށް ސައިޒު އޮޅިގެން އުޅޭހެން މަމެންނަށް ހާދަހީވެއޭ ދޯ އިންޑިއާ ސިފައިން ރާއްޖޭގެ މިނިވަން ކަން ނަގާލަން ތާ އަބަދު ކެނެރީގެ ނަޝީދު އާއި ގުޅިގެން މަސައްކަތް ކުރާނަމަ އިންޑިއާ ސިފައިން ރާއްޖެއިން ފައްސާލާ ވާހަކަ ދިވެހި ރައްޔިތުންނަށް ދެއްކޭނެއޭ މާރިޔާ އަކީ އެއީ އުތީމު ތިން ބެއިންގެ އާއިލާ މީހެއް ތޭ ނޫންދޯ ބެހޭވެސް މީހެއް ނޫންދޯ..

  27. ދިސްއިޒްއިޓް

    ހަމަޖެހުން އަންނާނީ ޕާކިސްތާން ޓެރަރިޒަމާ ދުރުވުމުން ކަމަށް ކެނެރީގެ ނަޝީދު ބުނި ނަމަވެސް އޭނާ އިންޑިއާގެ ހަތިޔާރު ވިއްކާ ޑީލަރެއްގެ އަތުން ކަޓް ކާލައިގެން މަޖްލީހުގެ ކެމްޕެއިނަށް ޚަރަދުކޮށް އަދި އެއާރޕޯރޓް އެޑީލަރު މެދުވެރިކޮށް އިންޑިއާގެ ޖީއެމްއާރަށް ވިއްކާލަން އުޅޭތީވެ އެކަޓް ޖައްސަން ހުރީ އޭނާ ތައްޔާރަށް ކަން އިންޑިއާގެ ހަތިޔާރު ވިއްކާ ޑީލަރަށް އެކަން އަންގައިދެނީއޭ އޭނާ މިހާރު މީ އޭނާ ކުރާ ކަމަކީ ދިސް އިޒް އިޓް..

  28. ކްލޯސްޑް

    ކާކުތޭ ބުނީ ތަމެން ގާތު މާފަށް އެދޭށޭ އޭން ބުނެބަލަ ބުނެބަލަ ބުނެބަލަ މީހަކު ނުބުނެއޭ އެހެންތޭ ދެން ކިއެއްކުރަންތޭ ތަމެން މާފަށް އެެދެނީ މަގާމްގެ ދިފާއުގައޭ ކިއެއްކުރާ މަގާމެއްތޭ މަގާމް ވަރަށް ބޭނުންވެއޭ އެއީ ފައިސާ ގަނޑު މަޅާލެވޭނީ އެއިރަށް ނޫންތޭ އެހެންތޭ ތަމެންގެ މާފެއް ގަބޫލެއް ނުކުރެވޭނެއޭ އެހެރީ ވަންދޮރު ނިކުމެ ދާންވީއޭ އިސްތިއުފާ ދީފައި ދޭންވީއޭ އިސްތިއުފާ ދޭންވީ ދޭންވީ އެއްވެސް ޗޮއިސް އެއް އެއްވެސް އެކްސްކިއުޒެއް ނޯންނާނެ މިކަމުގައި މިމަގުން މިކަން ހިނގަން ޖެހޭނެއޭ އެނިމުނީއޭ ޗެޕްޓަރ ކްލޯސްޑް..

  29. ކިނބޫ

    ކަލޭ ދޮގު ހެދީމަ ދެންވެސް އޮޅޭނީ އޮޅިފަ ތިބި ކަލޭގެ ބާގައި މީހުން. ވައްކަން ކޮށްގެން އިންތިޚާބަު ފޭރިގަންނަން އިބްޑިއާއިން އެހޭތެރިކަން ހޯދައިގެން ކަލޭމެން ތިތބީ އެމީހުންގެ އަޅުންނަށް ވެފަ. ދެން ކޮން އިސްތިގުލާލެކޭ ކިޔާކަށްތަ؟

  30. ނެތީމޭ

    ފްލެޓްތަކާ ގުޅޭގޮތުން ކޮމެޓީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިއޭ ތިޔާއީ ތަމެންގެ މިނިސްޓަރޭ މާދަމާ މަޖްލީހަށް ދަމާތީވެ ތަމެން ޖައްސާ ފޭކް ގޭމްސް ތަކެއް ނޫންތޭ ތިޔާ ކޮމެޓީއިން މިހާތަނަށް ކުރި ކަމެއް ނެތޭ މުޅިން ވެސް އެހެން މީހުންގެ ކުށް ދެއްކުމޭ އޮންނަނީ ރޯ ބުހުތާނު ދޮގު ހަދައިގެން އެއީ ކަންނުވެ ނަންވާ މީހުންގެ ސްޓައިލްއޭ ތަމެންނަށް ތިޔާ ކަމެއް ނުވާނެއޭ ތަމެން ތިޔާ ކަން ހުއްޓާލާ ރަށުތެރޭން އެހެން ކަމަކާއިގެން އުޅުނިއްޔާ މާތާހިރުވާނެއޭ ބުނަން މަމެން ނެތީމޭ...

  31. މާރިއާއްދީ

    ކޮން މާފެއް ކިޔާކަށްތަ ލަފުގަ ހިފާ ދަމާ ނެރެގެން އަނެއްކާވެސް އަނގަމަތި ފަޅާލަންވީ.