މާލެ ސަރަޙައްދުގެ ކުނި މެނޭޖް ކުރުމުގެ ކަންތައްތައް ކުރިއަށްގެންދާ ކ. ތިލަފުށީގައި ކުނި މެނޭޖްކުރާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން ކުނި އެންދުން މަނާކޮށްފިއެވެ.

މިކަން ހާމަކޮށް ތިލަފުށި ކޯޕަރޭޝަނުން މިއަދު ކުރި އިއުލާނެއްގައި ވަނީ، ތިލަފުށީގެ އެއްވެސް ޕްލޮޓެއްގައި އަދި މަސައްކަތްކުރާ އެއްވެސް ސަރަޙައްދެއްގައި، ކުނި މެނޭޖްކުރާ ފަރާތްތަކުން ފިޔަވައި އެހެން އެއްވެސް ފަރާތަކުން ކުނި އެންދުމަކީ މަނާކަމެއް ކަމަށެވެ.

އަދި އެ އެންގުމާއި ޚިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.