ގަލޮޅުގައި ހުންނަ ފިހާރައެއް ފަޅާލައި ބައި ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނުއެެވެ.

ފުުލުހުން މިއަދު ވިދާޅުވީ، ވައްކަންކޮށްފައި ވަނީ އެމްއޭ ސާވިސަސް ކޮމްޕްލީޓް ޑައިވިން ސޮލިއުޝަން ފިހާރަ އިން ކަމަށެވެ.

އެ ފިހާރައިން ވައްކަންކޮށް، 2600 ޑޮލަރާއި 13500 ރުފިޔާ ވަގަށް ނަގާފައިވެއެވެ. ވަގަށް ނެގި މި ފައިސާތަކުގެ އަދަދު 53000 ރުފިޔާ އަށް ވުރެ ގިނަވާނެއެވެ.

މާލެ އާއި އަތޮޅު ތެރޭގައި ވައްކަން ކުރުން ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދިންމަނަ

    ކއްކުރަންތަ ފިހާރައިގެ ފައިސާ ބަހައްޓާފަ ހުންނަނީ މިހާރު ވަގުންގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ދުވަސް ވަރެއްގަ ޖީބުގަ ހުންނަ ފައިސާ ކޮޅުވެސް ވަގަށް ގެންދަނީ މިކަމާ ފޭބި ރައިސް ބުނަނީ ކީކޭތޯ ބަލަން ބޭނުން

    5
    3
    • Anonymous

      ކީއްކުރަން ފޭބި ރައީސް؟މިހާރުގެ ވަގު ރައީސް ކައިރީ އަހާލާ ސާފުކޮށްލަން ބޭނުމިއްޔާ.

      1
      1
  2. ހުސޭނުބޭ

    ރައީސްމީހާ ބުނެފައި އޮތީ މީގެ ކުރިން އެއްވެސް މިނިވަންކަމެއް ނެތޭ! މިހާރު ހުރިހައި މިނިވަންކަމެއް ހޯދާދެވިއްޖެއޭ! ވަރަށް ސަލާން!

    9
    2
  3. ބީނޫ

    މަރުހަބާ އެޖެންޑާ 19!!

  4. ގޮރުނު ދޯރު

    އެޖެންޑާ 19 ގެ ދަށުން ހެލްމެޓް އަޅައިގެން ކަންނޭގެ ވައްކަން ކުރޫ..

    1
    1
  5. އަހްމަދު

    ރައީސްދެއްވި މިނިވަންކަމާއެކު މިހާރު ރޯމާ ދުވާލު ވައްކަންކުރަނީ.

    1
    1
  6. ނަފާ

    ފޭބި ރައީސަކާކޮންކަމެއް . ކޮމެޓީރައީސް ކޮބާތަ. ކޮމެޓީއެއް ހަދަންފެނޭ. ފޭބިރައީސް ވެރިކަނކުރިއިރު ތިކަހަލަ ބޮޑެތިވައްކަމެއްނުކުރޭ. ޤައުމު ހަބޭހަށް އަމާން. ބިރުވެރިކަމެއްނެތް.

    2
    1