މީޑިއާ ކައުންސިލުން ކޮންމެ އަހަރަކު ދެމުން އަންނަ ނޫސްވެރިކަމުގެ މިއަހަރުގެ އެވޯޑާށް 74 ފަރާތަކުން ކުރިމަތިލައިފިއެވެ.

މީޑިއާ ކައުންސިލުން މިއަދު ބުނީ، އެ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމަށް 45 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށާއި، އެކައުންސިލުން ދޭ ނޫސްވެރިކަމުގެ ހާއްސަ އިނާމަށް 29 ހުށަޅުމެއް ލިބިފައިވާކަމަށެވެ.

އެހެންކަމުން ޖުމްލަ 74 ފަރާތަކުން އެ އެވޯޑަށް ވަނީ ނަން ހުށަހަޅާފައެވެ.

މިގޮތުން އެކި ދާއިރާތަކުން ލިބުނު ހުށަހެޅުންތައް:

މިއަހަރު ބާއްވާ ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ ޙަފްލާގައި ޖުމްލަ ނުވަ ދާއިރާއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އިޖްތިމާޢީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުޢީ އަދި ޤާނޫނީ ދާއިރާ، ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ޕޮޓޯ ގްރަޕީ ގެ ދާއިރާ، ވީޑިޔޯ ގްރަފީގެ ދާއިރާ އަދި ފީޗާ ދާއިރާ ހިމެނެއެވެ. މީގެ އިތުރުން އެންމެ އުންމީދީ ނޫސްވެރިޔާގެ އެވޯޑުވެސް މި ޙަފްލާގައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.