މިމަހުގެ ހަވަނަ ދުވަހު ބޭއްވި ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ލ. ފޮނަދޫ ދާއިރާގެ ވޯޓު ލީ ހުރިހާ ފޮސިތައް އަލުން ގުނައިދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް މައްސަލައެއް ހުށަހަޅަފި އެވެ.
މި މައްސަލަ ހުށަހަޅަފައިވަނީ އެ އިންތިޚާބުގައި ވާދަކުރެއްވި ޕީއެންސީ ގެ ކެންޑިޑޭޓް ޢަބްދުއްރަޙީމްގެ ފަރާތުންނެވެ.
އެ ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ކުރި ހޯދައި އެ ގޮނޑި ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް އަދި ގާނޫނީ ވަކީލް މޫސާ ސިރާޖެވެ.
ދެން ފޮނަދޫ ދާއިރާއަށް ވާދަ ކުރެއްވީ ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލެއްވި ކެނޑިޑޭޓް ފާތިމަތު ޒައީމާ އާއި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ތާއީދާއެކު އަމިއްލަ ގޮތުން ކުރިމަތިލެއްވި އަބްދުﷲ ކަމާލުއްދީނެވެ. އަދި އަމިއްލަ ދެ ކެންޑިޑޭޓުން ކަމަށްވާ މުހައްމަދު ނާއިފާއި މުހައްމަދު ވަހީދު ވެސް ވާދަ ކުރެއްވިއެވެ.
މިކަމާއި ގުޅޭގޮތުން “ވަގުތު” އަށް މަޢުލޫމާތު ދެއްވަމުން އަދުރޭ ވިދާޅުވީ ވޯޓު ފޮށިތައް އަލުން ގުނަން ބޭނުންވަނީ ވޯޓު އޮޅުވާލުމުގެ މައްސަލަ ތަކެއް ފާހަގަ ކުރެވޭތީ ކަމަށާއި އެދިފައިވާނީ ފޮނަދޫ ދާއިރާގެ ހުރިހާ ވޯޓެއް އަލުން ގުނުމަށް ކަމަށެވެ.
”މިއުޅެނީ ވޯޓުގެ ފަރަޤުގެ މައްސަލައެއް ނޫން. މި އިންތިޚާބުގައި އޮޅުވާލުންތަކެއް ހުރެގެން އެ މައްސަލަ މި އުޅޭނީ. ބައެއް ފޮށިތައް ނުގުނަނިސް ބައެއް މީޑީޔާތަކަށް އެނގިއްޖެ އަޅުގަނޑު ނުހޮވޭކަން.” އަދުރޭ ވިދާޅުވިއެވެ.
ނިމިދިޔަ އިންތިޚާބުގައި އެމްޑީޕީން ވަނީ މަޖިލީހުގެ ސްޕަރ މެޖޯރިޓީ ހޯދާފައެވެ.
މައްޗަންގޮޅި މެދުދާއިރާ އަލުން ގުނާލަބަލަ
މިހާރު އެއްޗެއް ހީވާން އެބައުޅޭ...
ގައުމު ފަހުރުވެރިވާ ޒައީމް ބުނީ އިންތިޚާބު ގައި މައްސަލަ އެބަ ހުއްޓެވެ