ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން މާލޭގައި ހިންގަމުން އަންނަ ނިއުޕޯޓްގެ ހަތަރު ރެސްޓޯރެންޓެއް ބަންދުކޮށް ތަން ހުސްކުރުމަށް އެންގި އެންގުމާއި ގުޅިގެން ކޯޓަށް އެ މައްސަލަތައް ހުށަހެޅުމުން އޭގެތެރެއިން ތިން މައްސަލަ ނިއުޕޯޓަށް ކާމިޔާބުވެއްޖެއެވެ.

މިކަން ހާމަކޮށް ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޒާހިދު ރަމީޒް މިއަދު ވިދާޅުވީ، އާ ސަރުކާރު އައިތަނާ ނިއުޕޯޓް ބަންދުކުރުމަށް ކުރި އަމުރާއި ގުޅިގެން ހަތަރު މައްސަލައެއް ސިވިލްކޯޓަށް ހުށަހަޅާ އޭތެރެއިން ތިން މައްސަލަ އެއް ކާމިޔާބު ކުރެވިފައިވާ ކަމަށެވެ. އަދި ހަތަރުވަނަ މައްސަލައެއްގެ ގޮތުގައި، ބްރިޖްވިއު ޕްލެޓްފޯމް ހުންނަ ސަރަހައްދުގައި ދާދިފަހުން ހުޅުވި ނިއުޕޯޓް ވިއުސް ބަންދު ކުރުމުގެ މައްސަލަ ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒާހިދު ވިދާޅުވީ، ނިއުޕޯޓް ބަންދުކުރުމަށް އެންގިއެންގުމަކީ އޭނާ އާއި ސިޔާސީ ދެކޮޅުވެރިކަން އޮންނަ ފަރާތްތަކުގެ ނުފޫޒުންކޮށްފައިވާ ކަމެއް ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. އެކުންފުންޏަކީ އޭނާގެ އާއިލާގެ ކުންފުންޏެއް ކަމުގައި އާއި ކުންފުނީގައި އެތައް ސަތޭކަ މުވައްޒަފުންނެއް މަސައްކަތްކުރަމުންދާ ކަން ޒާހިދު ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ ނިއުޕޯޓް ވިއު ހުންނަ ސަރަޙައްދުގައި ޒަމާނީ ފުޓްސަލް ދަނޑެއް އަޅައި ބްރިޖްވިއު ޕްލެޓްފޯމް ކުރިމަތީގައި އާންމުން ހިތްފަސޭހަކޮށްލުމަށާއި ކުޑަކުދިންނަށް ކުޅެން ތިބެވޭނެ ގޮތަށް ތަނެއް ތައްޔާރުކޮށްފައިވާ ކަންވެސް ޒާހިދު ފާހަގަކުރެއްވިއެވެ.

ނަމަވެސް ނިއުޕޯޓް ވިއުގެ ޚަރަދުތައްވެސް ކަވަރު ނުކުރެވެނީސް އަދި އެއްބަސްވުމުގެ މުއްދަތު ހަމަނުވަނީސް ރެސްޓޯރެންޓު ބަންދުކޮށް ހުސްކުރުމަށް އެންގި އެންގުމަކީ ރަނގަޅު ނިންމުމެއް ކަމަށް ޤަބޫލުނުކުރައްވާ ކަމަށް ޒާހިދު ވިދާޅުވިއެވެ.

ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުގެ ހަތަރު ރެސްޓޯރެންޓެއް ބަންދުކުރުމަށް އެންގި މައްސަލައިގެ ތެރެއިން ތިން މައްސަލައެއް އެ ކުންފުންޏަށް ކާމިޔާބު ކުރެވިފައިވާކަން ޒާހިދު ހާމަކޮށްފައި މިވަނީ، ނިއުޕޯޓް ހުސްކުރަން ތައްޔާރަށް ތިއްބެވިކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުޙައްމަދު ވިދާޅުވެފައި ވަނިކޮށެވެ. ޝިފާ އެގޮތަށް ވިދާޅުވީ، ނިއުޕޯޓް ވިއު ހުންނާތީ އެ ސަރަޙައްދުގެ ހިތްފަސޭހަކަން ގެއްލޭކަަމަށް ބުނެ އެތަން އަވަހަށް ބަންދު ކުރަން ގޮވާލާ އާންމު ފަރާތަކުން ކޮށްފައިވާ ޓްވީޓަކަށް ޖަވާބުދާރީ ވަމުންނެވެ.

ނިއުޕޯޓް ވިއު ހިންގާ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޒާހިދަކީ، ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރި އަދި ފަހުން ޕީއެންސީގެ ކައުންސިލްގައި ވެސް ހިމެނުނު ބޭފުޅެކެވެ. ސަރުކާރު ބަދަލުވިތާ ގިނަ ދުވަހެއް ނުވަނީސް ނިއުޕޯޓް ރެސްޓޯރެންޓުތައް ހުއްޓުވުމަށް ސަރުކާރުގެ އިސް ބައެއް ފަރާތްތަކާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދިޔައީ ބާރު އަޅަމުން ކަން ފާހަގަކޮށްލެވެއެވެ.

ސަރުކާރުން ބުނަމުން ދަނީ ނިއުޕޯޓް ވިއު ބަންދު ކުރަނީ އެ ސަރަޙައްދު އާންމުންނަށް ހުޅުވާލަން ކަމަށެވެ. ނަމަވެސް މިހާރުވެސް އެ ސަރަޙައްދަކީ އާންމުންނަށް ހިތްފަސޭހަކޮށްލަން ތިބެވޭ ގޮތަށް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް އާންމުކޮށް ކުދިބޮޑު އެންމެނަށް ހުޅުވާލާފައި އޮންނަ ސަރަޙައްދެއްކަން ފާހަގަކޮށްލެވެއެވެ. ނިއުޕޯޓް ވިއުގެ އިތުރުން، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހިންގާ އެހެން ރެސްޓޯރެންޓުތައް ބަންދު ކުރުމަށް ނިންމީ ކީއްވެ ކަމެއް އެނގިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޢަލީ

    ހަމަ ބޭރުކުރަންވީ. ކޯޓުތަކުގައި ތި ތިބަ ބައިގަނޑު ވެސް ބޭރކުރަންޖެހޭ. ޓި ނިންމުންތަކެއް ބަލައެއް ނުގަނެވޭ.

    3
    5
  2. ބުއްޅަ

    ސޮއެކޮށްލާފަ މިލިޔަނެއް ދިނީމަ ހަމަޔަކަށްއެޅޭނެ!

    3
    1
  3. ާަާަަައަސްލު

    ތީދީނައްފުރައްސާރަކުރާ ބައިގަނޑު ސަރުކާރާ ގުޅިގެން ހިންގިކަންތައްގަނޑެއް...ރިލްވާންއާއި ޔާމިންރަޝީދުއަކީ 2މުރުތައްދު ގަބޫލްކުރިޔަސް ނުކުރިޔަސް.

    6
    1
  4. ޙުޅުމާލެއިން

    ކުލިނުދައްކާ ތިބޭ ހުޅުމާލެ ބީޗު ހުސްކޮށްދީބަލަ

  5. ޣާދިރު

    ބުލެކު މެން މަހައްދާން ޖެހޭނީ..

  6. މިއްޓޭ

    ވާނެވާނެ... ތިތަނުގެވެރިންނަކީ ރީދޫހުން ވަރަށްގަދަޔައް ޖެހިފަތިބިބައެއް. މަޖިލިހުގެ 65 ގޮޑި އެމީހުންއަތުގައޮތީމަ ފަނޑިޔާރުން ހުރިހާކަމެއްވެސް ނިންމާނީ އެމީހުންނާއެއްކޮޅަށް. އެއީކޯޓުތަށް މިނިވަންވުން. މިހާރުހުރިހާކޯޓެއްވެސް ބަރާބަރު. ހާދައިންސާފުވެރިޔޭދޯ...

    1
    1
  7. ހަމަ

    މީކިހިނެއްހޯދި ތަނެއްބާ ބިޑަކާނުލާތަ

  8. ދޮގެއް؟

    ފަނޑިޔާރުގެ ނަޒާހަތްތެރިނަމަ އެމްޑީޕީ ބޭނުންވާ ގޮތަށް ތިކަން ނިމުނީހީ.

    7
    1