އޭލެވެލް ނިންމާ ދަރިވަރުންނަށް މަތީ ތައުލީމު ނުވަތަ ކުރިއަށް ދާނެ ދާއިރާތަކާއި ފުރުސަތުތަށް ހިމެނޭ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ "އިންޓަސްޓްރިއަލް ލިންކްސް" ފެއާ 2019 މިއަދު ފަށައިފިއެވެ.

މިއަދު ވިލާ ކޮލެޖްގައި ބޭއްވި މި ފެއާ ފެށުމުގެ ރަސްމިޔާތުގައި ވިލާ ކޮލެޖުގެ އިސްވެރިނާއި ވިލާ އިންޓަނޭޝަނަލް ހައިސްކޫލުގެ ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މި ފެއާ ހުޅުވާ ދެއްވީ ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު، މުހައްމަދު އަސްލަމް އެވެ.

މިރޭގެ ނިޔަލަށް ކުރިއަށްދާ މި ފެއާ ގައި ރާއްޖޭގެ އިތުރުން ބޭރުގެ އިދާރާތަކުގެ ގިނަ އަދަދެއްގެ ސްޓޯލްތަށް ހުރި އިރު މި ފެއާ ގައި ވިލާ ކޮލެޖް, އައިޖީއެމްއެޗް, މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން, މޯލްޑިވިސް ރެޑް ކްރޮސް, މޯލްޑިވިސް ޕޮލިސް ސާވިސް އަދި މީރާ އިން ވެސް ބައިވެރިވެއެވެ.

މިފެއާ ގައި ބޭރުގެ ޔުނިވާސިޓީ ތަކުގެ ތަޖުރިބާކާރުނާއި އަދި ރާއްޖޭގެ އެކި އިދާރާތަކުގެ ތަޖުރިބާކާރުނާއި ބައްދަލު ކޮށް މަތީ ތައުލީމާއި ވަޒީފާއާއި ބެހޭގޮތުން ދަރިވަރުނަށް މައުލޫމާތު އޮޅުން ފިލުވޭނެއެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ކޮންމެ އަހަރަކު ބާއްވާ މި ފެއާގައި ފުރަތަމަ ޑިގްރީ އާއި ހަމައަށް ދަރިވަރުންނަށް ކިޔެވޭނެ ގޮތާއި ބެހޭ ގޮތުން މައުލޫމާތު ލިބެން ހުންނާނެއެވެ.

މިއަދު ފެށި މި ފެއާ އަށް ވިލާ ކޮލެޖް ޒީނަތްތެރުމުގެ ހުރިހާ މަސައްކަތެއް ކުރީ ވިލާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުނެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން އޭލެވެލް ނިންމާ 290 އަށް ވުރެ ގިނަ ދަރިވަރުން މިދިޔަ އަހަރު ވަނީ ގްރެޖުއޭޓް ވެފައެވެ.