ރ.ފައިނުގައި އަޅަން ނިންމާފައިވާ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމައިފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު ޒުހައިރު "ވަގުތު" އަށް މަހުލޫމާތު ހިތްސާކުރަމުން ބުނެފައިވަނީ ފައިނު އެއާޕޯޓުގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމާފައިވަނީ ރައީސް އޮފީހުން ވެސް ލަފާދީގެން ކަމަށެވެ. ދެން މަސައްކަތް ކުރަންވާ ގޮތެއް އެނގޭނީ ޕްލޭނިން މިނިސްޓްރީއިން ބާއްވާ ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭން (އެންޑީޕީ) ގައި ބައިވެރިވެގެން ކަމަށްވެސް ޒުހައިރު ވަނީ ވިދާޅުވެފައެވެ.

އެއާޕޯޓް އަޅާނަމަ ތިމާވެއްޓަށް ލިބޭނެ ބޮޑެތި ގެންލުންތަކައް ލިބިގެންދާނެ ކަމަށް ވެސް ޒުހައިރު ވަނީ ވިދާޅުވެފައެވެ.

ފައިނުގައި އަޅަން ނިންމާފައިވާ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ގޮތުން ހަދާފައިވާ އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ގައި ބުނެފައިވަނީ އެއާޕޯޓު އެޅުމަށް އެ ރަށުން 5792 ރުއްގަސް ކަނޑަންޖެހޭކަމަށެވެ.

އަދި ގަސްހެދިފައިވާ ސަރަހައްދުން 38 ޕަސެންޓްގެ ގަސް ކަނޑަން ޖެހޭކަމަށާއި މިކަމުގެ ސަބަބުން ރަށުގެ ފިނި ހޫނު މިނަށް އަންނަ ބަދަލުތަކުގެ އިތުރަށް ވެއްޔާއި ފެންފަށަލަ އަށް ވެސް ބަދަލުތަކެއް ކުރާނެ ކަމަށް މި ރިޕޯޓްގައި ވެއެވެ. އަދި މީގެ އިތުރުން އެއާޕޯޓުގެ މަސައްކަތަށް ބިން ހިއްކުމުގެ ސަބަބުން މޫދާއި ފަރުތަކަށް ގެއްލުން ވާނެ ކަމަށާއި މި މަޝްރޫއުގެ ސަބަބުން އެންމެ ބޮޑު ގެއްލުން ލިބޭނީ ރުއްގަސް ކެނޑުމުންނެވެ.

އެއާޕޯޓް އަޅަން ނިންމާފައިވާ ސަރަހައްދުގައި ބޮޑެތި ނިކަ ގަހާއި މަގޫ، އުނި، ފުނަ އަދި ދިއްގާ ފަދަ ގަސްތައް ހުރުމާއި އެކީ އޭގެ ތެރޭގައި ގިނަ ގަސްތަށް އެތައް ސަތޭކަ އަހަރެެއް ވަންދެން ދިރި ހުންނާނެ ކަމަށް ބެލެވޭތީ ވަނީ މިކަން ހުއްޓާލަން ނިންމާފައި ކަމަށްވެސް ރިޕޯޓްގައި ވެއެވެ.

އައިލޭން އެވިއޭޝަން އިން އަޅަން ހަވާލުވި މި އެއާޕޯޓްގައި 1320 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއަކާއި، 60 މީޓަރު ދިގު 15 މީޓަރު ފުޅާ ޓެކްސީވޭ އަކާއި 227.5 މީޓަރު ދިގު 45 މީޓަރު ފުޅާ އޭޕްރަން އޭރިއާއެއް ހެދުމަށް ވަނީ ނިންމާފައެވެ.

މި އެއާޕޯޓްގައި ޒަމާނީ ފެންވަރުގެ ވަސީލައްތަށް ވަނީ ބަހައްޓަން ނިންމާފައެވެ. އޭގެ ތެރޭގައި ދެ ސިޓީ ހޮޓަލަކާއި އަޔުރްވެދިކް މެޑިކަލް ޓްރީޓްމެންޓް ސެންޓަރަކާއި މެޑިކަލް ރީހެބް ސެންޓަރެއް ގާއިމުކުރަން ނިނަމާފައިވެއެވެ. އަދި އައިލޭންޑް އެވިއޭޝަން ޓްރެއިނިންގް ސެންޓަރަކާއި މަތިންދާބޯޓު މަރާމާތުކުރަން އެންމެ ފަހުގެ ހޭންގަރެއް ހަދަން ވެސް ނިންމި އެވެ. އަދި ރޭގަނޑުވެސް ބޯޓްތަށް ޖެއްސޭނެ ގޮތަށް ނިންމާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބަޖުލި

    ތިޔަ އެއާޕޯރޓު އަޅަންވީ އަލިފުށީގަ. ރާ އަށްވެސް ށ ވެސް ފައިދާ ހުރީ އެގޮތް.

    5
    10
  2. Anonymous

    ތިޔަކަހަލަ ހުރިހާ މަޝްރޫޢު ތަކެއް ކެންސަލް ކުރާނެ އަދި.. އެޖެންޑާ 19 އަށް ވޯޓު ދިން އިރު ނޭގުނީމަ ދެރައީ...

  3. މީވެސްޤަމެކޯ

    ކޮންފަދަ ބޮޑެތި ގެއްލުން ފަޅަށާ، ފަރަށާ، މޫދައް... ފައިސާގެ ދަހިވެތިކަމުގަ އިންސާނުން، އިސްކަންދެނީ ތިމަވެއްޓައްވުރެއް، އެއަރޕޯޓް ނޭޅިގެން

    1
    2
  4. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ތި އީޕީއޭއަކީ އޭރު އޮންނަ ސަރުކާރެއް ބޭނުން ގޮތަކަށް ރިޕޯޓް ނެރޭބައެއް.. އެއިރެއްގެ ސަރުކާރާ ދެކޮޅަށް ނިންމި ނިންމުމެއް ނިކަން ދައްކަބަލަ؟ ނުދެއްކޭނެ. ތިރަށުގެވެސް ފެންފަށަލަޔާ ރުއްގަސް މިހާރު ތިފެނުނީ އާސަރުކާރެއް އައީމަ. މީ ހަގީގަތް. އީޕީއޭވެސް މިކަމަށް އެއްބަސްވާނެ.

    2
    1
  5. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ކޮން ރަލެއް ށަވިއަންޏެއް ކިޔާކަށް. އަލިފުށީ ދާއިރާގެ މެންބަރު އެއޮތީ ބިލެއް މަޖިލީހަށް ވައްދާފަ، ރާއްޖޭގެ ކަނޑުތަކުން ހުއްދަ ނަގައިގެން އިންޑިޔާ މީހުނަށް ރާއްޖޭގެ ކަނޑު ކަހާލުމުގެ ހުއްދަދޭން. އަލިފުށީދާއިރާއިން މިބުނާ މީހާއަށް ވޯޓުދިންމީހުން ބާރަށް އަތްޖަހާދެން. މަސްވެރިން ޖަހާނީ ބާރަށް ފައި.
    https://vaguthu.mv/news/176428

  6. ރައްޔިތު

    ކަމެއް ކުރެވޭ ބަޔަކަށްތާ ކަމެއް ވާނީ؟! ރޭވިފަ ނުފެށި ހުރި މަޝްރޫޢުތައް ކެންސަލް ކޮށްލާފަ ފެށިފަ ހުރި ކަންތައް ނިމުނީމަ ރިބަން ކަނޑާލަ ކަނޑާލާ ތިބޭނެ 5 އަހަރު ވަންދެން..!

  7. ހަހަ

    ޢަދިވެސް ހިތާހިތުގެ ގުޅުމަށް ވޯޓްދީ. ދެން ބާރަށް އަތްޖަހާ.. ކަމެއްވާވަރު ބަޔަކަށް ދޯ ކަމެއް ކުރެވޭނީ. ތިމާވެއްޓޭ ފަޅޮލޭ