ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ޝަރުޢީ ދާއިރާއާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން ޤާނޫނީ ވަކީލު އަލްއުސްތާޛު ހުސްނުއް ސުއޫދުގެ މައްސަލަ ބެލުމަށް ނިންމަވައިފިއެވެ.
ސްޕްރީމް ކޯޓުން ބުނެފައިވަނީ، ރޭ، ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ޝަރުޢީ ދާއިރާއާ ގުޅޭގޮތުން ޤާނޫނީ ވަކީލު އަލްއުސްތާޛު ހުސްނުއް ސުއޫދު ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން، ކޯޓު ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދާއި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދުގެ ދަށުން އެ މައްސަލަ ބެލުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވައިފައިވާ ކަމަށެވެ.
އެ ޕްރޮގްރާމްގައި ސުއޫދު ދެެއްކި ވާހަކަތަކުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް އެއްވެސް އިތުބާރެއް ނެތްކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ވަކިކުރުން ޖެހޭ ކަމަށް ގަބޫލު ކުރާކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.
އަދި ސުއޫދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަގާމުން ވަކިކުރަންޖެހޭނީ އިޖުރާތްތަކުގެ ތެރެއިން ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.
ސުއޫދު ވިދާޅުވީ، އެ ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން ޖެހެނީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހު ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން ކަމަށެވެ،
ސުޢޫދަކީ ސްޕްރީމް ކޯޓަށްވުރެ މަތީގައި ހުންނަ މީހަކަށް ވެދާނެ! ޔަޤީންވާގޮތުގައި ކުރިޔަށް އޮތް ދުވަސްތަކުގައި ސްޕްރީމް ކޯޓުގެ މައްޗަށް ސުޢޫދު ޙުކުމްކުރާނެ! ސަބަބަކީ އިންސާފު ހުރީ ދެފައި ކައިރިވެސްކޮށްލަން ނުކެރިފައި!
ށުޢޫދޭކިޔާ ކަލޭގެ އަބަދުވެސް ބޭނުންވަނީ އުއްތަމަ ފަނޑިޔާރުކަން، ގާނޫނީ ދިގުއަތް ބޭނުންކުރަން ރައީސުމީހާމެން ބޮލަށްހެރިގެން އުޅެނީ ހުރިހާ ޝަރުޢީ މުއައްސަސާއަށް ވުރެވެސް މަތީ ބާރެއް ހޯދަން
އެއްކަލަ ސުމޯޓޯ ނިކުތީތަ؟
ނޫނީ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް މީހެއްގެ މުޅި ކެރިއަރ ފުނޑާލަނީތަ؟
ފަނޑި...ޔާރުން؟
މިދުނިޔެއިން ސުޢޫދު ބޭނުންވަނީ އުއްތަމަ ފަނޑީޔާރުކަން. މިފަހަރު އެކަން ކާމިޔާބުކުރާނެ. މިފަސްއަހަރު ތެރޭގައި ޔަޤީންކަށވަރުކަމެއް. ބާބު 1 ފެށުނީ....
ސުއޫދަކީ މައުމޫނުގެ އަނިޔާވެރި ދިގު ތިރީސްއަހަރުގައި ހައުދަހާ ގިނަ ބައެއްގެ ހައްގުތަކަށް އަރާގެންފައި ހުރި ސޮރެކޭ. ތިސޮރު މިގައުމުން ބޭރުކޮށްގެން މެނުވީ އިންސާފެއް ގާއިމް ނުކުރެވޭނެ.