މާލޭގެ ވިޔަފާރި ބަނދަރުގައި އޮތް ބޯޓެއްގެ ވިންޗު ބިންދައިގެން ގޮސް ޖެޓީ މައްޗަށް ވެއްޓިއްޖެއެވެ.

ފުލުހުން ބުނެފައި ވަނީ މެންދުރު 2:00 އެއްހާއިރު ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާ، ނަމަވެސް އެތަނުގައި ހުރި މުދަލަށް ގެއްލުންވެފައިވާ ކަމަށާ، ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ވިންޗު ބިންދައިގެން ގޮސް ވެއްޓިފައި ވަނީ އެމްޕީއެލްގެ މަގަތު ފާލަމުގެ މައްޗަށެވެ. އެމްޕީއެލްގެ މުދާ ބެލުމުގެ ތެރޭގައި މީގެ ކުރިންވެސް ވަނީ ނުރައްކާތެރި ބައެއް ހާދިސާތައް ހިނގާފައެވެ. ބައެއް ބޯޓުތަކުގެ މުދަލަށްވެސް ވަނީ އެފަދަ ހާދިސާތަކުގައި ގެއްލުން ލިބިފައެވެ.