އދ. މާމިގިލީގައި އިއްޔެ ހިނގި އެކްސިޑެންޓަށްފަހު އެރަށު ސިއްހީ މަރުކަޒުގެ ހާލަތު ދަށްކަމުގެ އެރަށުގައި ސުލްހަވެރި މުޒާހަރާއެއް ކުރަމުން އެބަދެއެވެ.

އިއްޔެ އެރަށު އެއާޕޯޓްގައި ހިނގި އެކްސިޑެންޓްގައި އެކަކު ވަނީ ނިޔާވެފައެވެ. އަދި ތިން މީހަކަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އިއްޔެ ހަވީރު 16:20 ހާއިރު ހިނގި އެ އެކްސިޑެންޓްގައި އަނިޔާވި މީހުން އެ ސިއްހީ މަރުކަޒަށް ގެންދެވުނު ނަމަވެސް އެތަނުގައި އެކަށީގެންވާ ފަރުވާދެވޭނެ ވަސީލަތްތަކެއް ނެތުމުން އެ މީހުންނަށް ފަރުވަދެވުން ވަނީ ލަސްވެފައެވެ.

އެރަށުން ވާހަަކަދެއްކި މީހަކު ބުނީ، އެރަށު ސިއްހީ މަރުކަޒުގައި އެކްސްރޭ ނެގޭނެހާ މިންވަރުވެސް ނެތް ކަމަށެވެ.

"މިރަށުގެ ސިއްހީ ހާލަތު ވަރަށް ދަށް، އެހެންވެގެން އަސްލު މުޒާހަރާ ކުރަުމުން ދަނީ، މިރަށުގެ ސިއްހީ މަރުކަޒެއްގައެއް ނެތް އެކްސްރޭއެއްހާ މިންވަރުވެސް". އޭނާ ބުންޏެވެ.

މިއަދު 16:00 ގައި ރަށުގެ ބައެއް މީހުން އެރަށު ސިއްހީ މަރުކަޒު ކުރިމައްޗަށް ނުކުމެ މުޒާހަރާ ކުރަމުން އަންނައިރު، މާދަމާ އަދި އަނެއް ދުވަހުވެސް މި މުޒާހަރާ ކުރިއަށްދާނެ ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ. އަދި މި މުޒާހަރާ ކުރިއަށް ގެންދަނީ، އެރަށުގެ ސިއްހީ ހާލަތު ބަދަލުކޮށް، އެކަށީގެންވާ ހައްލެއް ހޯދުމުގެ ބޭނުމުގައި ކަމަށްވެސް އޭނާ ބުންޏެވެ.

އެ ރަށުގައި ރަނގަޅު ސިއްހީ ފަރުވާ ދެވެން ނެތުމުން މީގެކުރިންވެސް އެކި ހާދިސާތައް ހިނގާފައިވާކަމަށްވެސް އެ މީހާ ފާހަގަކުރިއެވެ.

އެރަށު ސިއްހީ މަރުކަޒުގައި ދެ ޑޮކްޓަރުން މަސައްކަތް ކުރެއެވެ. އެހެން ނަމަވެސް އެ ސިއްހީ މަރުކަޒުގައި ވަސީލަތްތައް ނެތުމުގެ ސަބަބުން އެކަށީގެންވާ ވަރުވާއެއް ރައްޔިތުންނަށް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ތީތިކަޑަ

    ޢަހަރުމެންރަށުގަ ސިއްހީމަރުކަޒުގަ ލޭގެޕުރެސަރު ބަލާލެވޭނެފަދަވެސްނެތް ދެންމުޒާހަރާކުރަންވީ

    10
    2
  2. ސޭޓް ނޫން ގޮތެއް

    ކޮބާތަ ސޭޓް ހުރިހާ މުޅި އަރިއަތޮޅު ބަޑުއަޅާލާގެން އަދިވެސް މަޖުލިސް ގޮޑި ހޫނުކުރެވޭތޯ ބަލާތި، ގައިމު އެކުސްރޭ މެޝިންގަޑެއްވެސް ގަނެލާފަ ދެވޭވަރުވެސް ސޭޓްކަށް ނުވޭ، އެކަމަކު މުޅި މާމިގިލި ހުރިހާ ބިމެއް ސޭޓް ހިސޯރު ކޮށްފި،

    11
    11
  3. ރާބޮޑޭ

    ސޭޓް އަޅަން އެއްބަސްވެ އެގުރިމެންޓް ހަދާފަވާ ހޮސްޕިޓަލް ނޭޅީމަ ވާނީ ތިހެން !

    18
    2
  4. ޢަލީ

    އަހަރެން ހީކުރީ ސޭޓްހުރީ ތިރަށަށް ތިހުރިހައިކަމެއް ފުރިހަމަ ކޮށްދީފައިކަމަށް. ވަރަށްދެރަދޯ އަދިވެސް ހޮވާތި

    21
    3
  5. އަބުލޯ

    މިކަމަކީ ހޮސްޕިޓަލްގެ މައްސަލައެއްވެސްނޫން އަދި އެއާރޕޯޓްގެވެސް މައްސަލައެއްނޫ މިއީ ވެހިކަލްދުއްވަންއިން ކަލޭގެ މައްސަލަ މިސޮރުލައިސަންސް ހޯދީ ކިހެނެއްތޯބަލަންޖިހޭނެ ދެންއަވަހަށް މިކަމުން ބޯދަމައިގަންނަން މަސައްކަތްކުރާތަންފެންނާނެ ދެންބުނާނެ ވެހިކަލް ކޮންޓުރޯލްނުވިއޭ އަމިއްލަޔަށްގޮސް ޖޯލިފޮތީގައިޖެހުނީ

    5
    4
  6. ގިނޖެ

    ބަލަ ސޭޓޫޫ...ޫޫޫޫ!

    6
    3
  7. ސޭޓު

    ކޮބާ ސޭޓު އަޅަން ބުނި ހޮސްޕިޓާ

  8. ޢަލީ

    ކޮން މަރުކަޒަކުންތަ އެކްސްރޭ ނެގެނީ؟؟ ބައެއް ހޮސްޕިޓަލްތަކުންވެސް ތިކަން ނުވޭ. ސިޔާސީ ތަޅާފޮޅުން އެކަނި މިތާ އޮންނަނީ????

  9. ޢަބްދުﷲ ފާއިޒު

    މާމިގިއްޔަކީ އަތޮޅުގައި އޮތް އެންމެ މީހުން ގިނަ އަދި ހަމަ އެއާއެކު ރިސޯޓުތައް އެހާ ކައިރީ މީގެ އިތުރުން ބޮޑު އެއަރޕޯޓެއް އޮތް ރަށަކަށްވާއިރު އެރަށުގައި ޒަމާނި ފެންވަރުގެ ހޮސްޕިޓަލެއް ހުރުމަކީ ވަރަށް މުހިއްމުކަމެއް.

  10. ޙަސަން

    ތިމީހުން ތި މުޒާހަރާ ކުރިއަސް ނުކުރިއަސް މިއަހަރު މާމިގިލީގައި ހޮސްޕިޓާ ހަދާނެ، ނޭގޭދޯ އިމާރާތް ޑިޒައިންކޮށް ބީ އޯ ކިއު އަށްް އިއުލާނަ ކޮށްފަ އޮތްކަމެއް

  11. މުދައްރިސް

    ސޭޓް އައްތަ މާމުގިލީގެ ޓެކުސް ދައްކަނީ ސޭޓް ހޮސްޕިޓާ އަޅާ އެކުސްރޭ މެސިން ގަންނަން؟؟؟ ސޭޓް ކުރަނީ ވިޔަފާރި ސަރުކާރުން ކުއްޔައްދިން ބިމެއްގަ އެ ބިމުގަ ވިޔަފާރި ކުރާތީ މިޔަދު މާމިގިލީގެ ރައްޔަތުން ކައިބޮއި އުޅެނީ މާމިގިލީގެ 350 މީހުނައް ވަޒީފާ ދީގެން އެވުރެޖު މުސާރަ 8000 ރުފިޔާއިން މަތީގެ.

  12. ANEES

    އަދިވެސް 30 އަހަރަށް ޤާސިމަށް ތިގޮނޑިދީ.. ކަމަކަށް ޑިމާންޑްކޮއްލަން ނުކެރޭ ޤާސިމްދެކެ ބިރުން..

    1
    1
  13. ާލާލު

    އެއާރޓު މައްސަލަ / ސިއްހީމަރުކަޒުގެ މަައްސަލަ/ ޑުރަައިވަރުންގެ މަައްސަލަ/ މާލެނުފޮނުވުމުގެ.މަައްސަލަ.
    ޑޮކުޓަރުންގެ މައްސަލަ / ޕޮލިސްސުޓޭސަނުގެ މަައްސަލަ /
    މައްސަލަބަލާނެ