އދ. މާމިގިއްޔަށް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ގެންދިޔަ ހިލަތައް އަނބުރާ ގެންނަން އުޅޭތީ އެ ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ރުޅި ގަދަވެއްޖެއެވެ.

މާމިގިލީ ކައުންސިލްެގެ އިސް ބޭފުޅަކު "ވަގުތު" އަށް ވިދާޅުވީ އެ ހިލަތަކަކީ އެ ރަށުގައި ތާރު އެޅުމަށް ކަމަށް ބުނެ މިދިޔަ އޭޕްރީލް މަހު ގެނައި ހިލަތަކެއް ކަމަށެވެ.

އަދި އެ ހިލަ ފުނިތައް އެކި ސަރަހައްދުގައި ބަހައްޓާފައި ހުރީ އެއްވެސް ކުއްޔެއް ވެސް ނުދައްކާ ކަމަށްވެސް ވިދާޅުވިއެވެ. އެހެން ނަމަވެސް ރަށުގެ މަސައްކަތެއް ކުރާތީ އަޅާނުލައި ދޫކޮށްލައިފައި އޮތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް ރައްޔިތުން ރުޅި ގަދަވީ އެ ހިލަތައް އަނެއްކާވެސް އެހެން ރަށަކަށް ގެންދަން އުޅޭތީ ކަމަށް ކައުންސިލް ބޭފުޅާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ގޮތަށް އެ ހިލަތައް ގެންދަން އުޅޭތީ ހިލަތައް ބެހެއްޓުމުގެ ކުލި ދައްކަން ޖެހޭނެ ކަމަށެވެ. އަދި އެގޮތަށް "ސްޓޯރޭޖް" ސައިޓެއްގެ ގޮތުގައި އެ ރަށުގެ ސައިޓް ތައް ބޭނުން ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހެޅި ކަމަށާއި އެކަމަކު އެއީ އާރުޑީސީގެ ތަކެއްޗަށް ކަމަށްވާތީ އެ ތަކެތި ގެންދެވޭނެ ކަމަށް ބުނި ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ވަގުތުން އާރުޑީސީއަށް ގުޅުމުން އެއްވެސް ބޭފުޅަކާއި ގުޅޭ ގޮތެއް ނުވިއެވެ.

ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ އާރުޑީސީއަކީ ބޮޑެތި މައްސަލަތަކެއް އޮތް ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބްރާހިމް

    ނަމަވެސް 60% ރައީސަށް ލިބޭނެޔޯލަ. އަދި އެސްބީއައި ފިޔަވައި އިތުރު ބޭންކެއްގެ ޚިދުމަތް ނުލިބުނަސް ގާސިމަށްވެސް 60% މާމިގިލިން ލިބޭނެޔޯލަ.