ދިއްފުށީ ފިހާރައަކުން ތިޖޫރިއެއް ވަގަށް ނެގި މައްސަލައިގައި ވައްކަން ކުރި ކަމަށް ބުނާ ފަރާތްތަކާއި އެރަށުގެ ރައްޔިތުންނާއި ދެމެދު ހިނގަމުން އަންނަ ހަމަނުޖެހުންތައް ހުއްޓާލައިފިއެވެ.
އެރަށުން "ވަގުތު" އަށް މަޢުލޫމާތު ދިން މީހަކު ބުނެފައިވަނީ ފުލުހުންނަށް ތަޙްޤީޤް ނުކުރެވޭތީ އެރަށު މީހުން ނިކުމެ ތަޙްޤީޤް ކުރަމުންދާ ކަމަށެވެ. އެގޮތުން މިރޭ ދެވަނަ މީހަކު ހިފަހައްޓާ ސުވާލު ކުރަމުން ދަނިކޮށް ފުލުހުން އައީ ކަމަށެވެ.
"ތަޙްޤީޤް ކުރަމުން ދަނިކޮށް ފުލުހުން އައީމަ އޭނާ ދޫކޮށްލީ." އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ.
މިރޭ ތަޙްޤީޤަށް ހިފެހެއްޓި ދެވަނަ މީހާއަށް އަނިޔާވެފައެއް ނުވެއެވެ.
އެރަށުގައި ރޭވެސް ގިނަ ހަމަނުޖެހުންތަކެއް ހިނގާފައިވާއިރު، އެރަށުގައި މަޑުނުކޮށް ފުލުހުން ރަށުން ފޭބުމުން ގިނަ ބައެއްގެ ފާޑު ކިޔުންވަނީ އަމާޒުވެފައެވެ.
ރޭ ނޫން ކުރީ ރޭ ދިއްފުށީ ފިހާރައެއްގެ ތިޖޫރި ވަނީ ލައްކައެއްހައި ރުފިޔާ އާއި އެކު ވަގަށް ނަގާފައެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ މިއީ "ވަގުން" އެފިހާރަ ފަޅާލީ ހަތްވަނަ ފަހަރު ކަމަށެވެ. މިރޭ އެރަށު މީހުން ނިކުމެ، ރޭ ނޫން ކުރީ ރޭ ވަގަށް ނެގި ކަމަށް ބުނާ ތިޖޫރިއެއްވަނީ ހޯދާފައެވެ. 180،000 ރުފިޔާއާއެކު ވަގަށް ނެގި މި ތިޖޫރި ފެނުނު އިރު ފައިސާއެއް ނެތެވެ.
ސާބަހޭ ރައްޔިތުންނޭ. ސާބަހޭ ރައްޔިތުންނޭ. ފުލުހުންނަށް ތަހްގީގު ނުކުރެވުނަސް ރައްޔިތުން ތަހްގީގު ކުރާނެ. ނަތީޖާވެސް ނެރޭނެ. ފައިސާ ހޯދާފައި ނޫނީ ހުއްޓާ ނުލާތި. ވަރިހަމަ އުނަގަނޑުގައި އަޅާ ރޮނދިގަނޑު ވިއްކާލައިގެން ނަމަވެސް ފައިސާވެސް ހަމަކުރާތި.
ތަހްގީގު ފުރިހަމަކޮށްފައި ނޫނީ ދޫނުދޭތި. ރައްޔިތުން ނުކުމެ ވޯޓުދީފައި ނިންމީމާ ނިމޭނަމަ ރައްޔިތުން ތަހްގީގުކޮށްފައި ނިންމީމާ ނިމެންވާނެ. ރައްޔިތުންގެ ބާރަކީ އެންމެ ފުރަތަމަ އަދި އެންމެ ފަހުގެވެސް ބާރު. އެބާރުގެ ބޭނުން ފިސާރި ފުރިހަމައަށް މިފަހަރު ހިފާތި. ހަތަރުއަނާއެއް މަދުވިޔަސް ދޫނުދޭތި.
މި މާތް ރަމަޒާން މަހު اَللّٰهُ ގެ ހުކުމްތަކަށް ގޮންޖަހާ އަމިއްލަ ހުކުން ކުރި މީހުންނަށް ގިޔާމަތް ދުވަހުން އެކަމުގެ ހިތި ފެންނާނެ ކަމީ އެއްވެސް ޝައްކެށް އޮތް ކަމެއްނޫން..އަވަހަށް ތައުބާ ވުމަށް ގޮވާލަން.
... އެމީހުން ހީކުރަނީ އެނޫނީ ރުޅިގަދަ، ގަޑު ހުރި މީހުން ނުތިބޭނެކަމަށް.... ބަލަ ވައްކަން ކޮށް، ރަށުގެ އަމާންކަން ގެއްލި އިދާރާގެ ތިޖޫރިވެސް ނަގާ މުޅިރަށުތެރެއަށް ބިރުވެރިކަން ފަތުރާ އިރު.... އެކން ފުލުހުންނަށް ތަހުގީގު ނުކުރެވޭއިރު... އެކަމުގެ ހަމަ "ހިތި" ބަލަން ތިބެން ވީތަ؟
ގިޔާމަތް ދުވަހު ކަލޭމެންގެ ތަހުގީގު އޮންނާނެ...އަވަހަށް ތައުބާ ވޭ
ތަންތަން ފަޅާ ފައިސާ ނަގާ ފޭރޭމީހުންގެ ތަހުގީގު ވެސް ޤިޔާމަތްދުވަހު އޮންނާނެ....
ގެޔަކުން ވައްކަންކޮށްގެން ޕޮލިހުންނަށް ގުޅި މީހެއްވިއްޔާ އެގޭނެ ޕޮލިހުންގެ ފަރުވާކުޑަކަން. އެމީހުންގެ އަމާޒަކީ މުއްސަނދިންނާ ޕަވަރ އޮތް ސަރުކާރައް އެހީތެރިވުން. ނިކަމެތިންނަށް ތިބި ބައެއްނޫން.
ރައްޔިތުންގެ ކިބައިން ވެރިކަން ފެށެނީ ވީމާ ރައްފުށުގަތިބި މިފަދަ ގުރޫޕުތައް ފުނޑުފުނޑު ކޮއްލުމުގެ ހިތްވަރު ހުންނަންވާނެ ފުލުހުންނަކީ ތަހުގީގު ހިންގޭވަރުބައެއްނޫން މިއަދުވެސް އުވާލަންވެފަ އޮތް މުވައްސަސާއެއް ސިޔާސީ ހަރާކާތް ހިންގާ ބައެއް ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގަ ތިބިއްޔާ ފަނޑިޔާރުންނާ ފުލުހުންނާ ގޭންގުތައް ޖެހޭނީ ހަމަބިމައް ތިރިވާން