އެމްޑީޕީ ތެރޭގައި ފެކްޝަންތަކެއް ނެތް ކަމަށާއި އެމްޑީޕީގެ ތެރޭގައި ހިޔާލުތަފާތުވުންތައް ހުރުމަކީ ކަންކަން ކުރިއެރުމަށް ލިބޭ މުއްސަނދިކަމެއް ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އިންތި މިހެން ވިދާޅުވީ "ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ، އެމްޑީޕީއަކީ އަބަދުވެސް އެކަތިގަނޑެއްގެ ގޮތުގައި އޮންނަ ޕާޓީއެއް ކަމަށާއި، އިންތިހާބުތަކުގައި ކާމިޔާބީތައް ވެސް ހޯދުމަކީ ވެސް އެކަމުގެ ދަލީލެއްކަމަށެވެ.
އެކި ކަންކަމުގައި ޕާޓީ ތެރޭގައި ހިޔާލު ތަފާތުވާ ކަމަށާއި އެ ހިޔާލުތަފާތުވުންތަކަކީ ޕާޓީގެ ކަންކަން ކުރިއެރުވުމަށް ލިބޭ މުއްސަނދި ކަމެއް ކަމަށް އިންތި ވިދާޅުވިއެވެ.
"ބައެއް ކަންކަމުގައި އެމްޑީޕީ ތެރޭގައި ހިޔާލު ތަފާތުވުންތައް އުޅޭ. އެއީ ލިބޭ ގެއްލުންތަކެއް ނޫން. އެއީ ޕާޓީ ދެ ފެކްޝަނަކަށް ބެހުމެއްވެސް ނޫން. އެމްޑީޕީ ވަރުގަދަ ޕާޓީއެއް ގޮތުގައި އޮތުމަކީވެސް ދެ ފެކްޝަނަކަށް ނުބެހޭކަމުގެ ދަލީލެއް،" އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ އާ މަޖިލިސް ހުވާކުރާއިރު، ރައްޔިތުން ވަނީ އެޖެންޑާ 19 ތަންފީޒު ކުރުމަށް އެމްޑީޕީއަށް ވަރަށް ބޮޑު އަޢުލަބިއްޔަތެއް ދީފައިވާ ކަމަށާއި، އެ މަސައްކަތް ލަސްކުރެވެން ނެތް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ގެންނަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއިދު ކުރައްވާފައި ވަނިކޮށް ރައީސް ޞާލިހް ވަނީ މަޖިލިސް ރައީސް ކަމަށް އެންމެ ރަނގަޅީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ކަމަށް ވިދާޅުވެފައެވެ.
އެއާއި އެކު އަފީފާއި އަސްލަމްގެ ސަޕޯޓަރުން ގެންދަނީ މީސް މީޑިއާގައި ވަރަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ބަދަލު ކުރަމުންނެވެ. އަޑުތައް އިވޭ ގޮތުގައި ބައެއް ވަޒީރުން ވެސް ގެންދަނީ އަފީފް މަޖިލިސް ރައީސް ކަމަށް ގެންނަން ކެމްޕޭން ކުރަމުންނެވެ. ނަމަވެސް ނަޝީދާއި، އެމަނިކުފާނުގެ ގާތް މަޖިލިސް މެންބަރުން ގެންދަނީ އަސްލަމް މަޖިލިސް ރައީސް ކަމަށް ގެންނަން ކެމްޕޭން ކުރަމުންނެވެ.
މިދެން ކިހާދެރަކަމެއް
ރައީސް ނަޝީދުގައި ވެރިކަން ނޫން އެހެންވުސްނުމެއް ނެތް.
މޑޕ ގައި ފެކްޝަންތަކެއް ނެތްކަމަށް ބުނަނީ
މަތިޖަހަން ވެގެންނެވެ ތިއައީވެސް ފެކްޝަނެވެ
ވެރިކަމަށް ފައިނަގާފައިވާ ބައިވަރު މީހުންތިބިއިރު
ކޮނެމީހަކީ ފެކްޝަނެކެވެ އޮޅުވާލަނުލާށެވެ