ސަންގު ޓީވީން ގެނެސްދިން ޑްރާމާއެއްގައި ބަދުއަހުލާގީ މަންޒަރުތަކެއް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ބެލެވޭތީ ޖަވާބުދާރީވާން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އަންގާފައި ވަނިކޮށް، އެ ޑްރާމާގައި ދެއްކި މަންޒަރުތަކަކީ އިސްލާމީ މިންގަނޑުތަކަށް ނުފެތޭ، އަދި މުޖުތަމަޢު ފަސާދަކުރާ ފަދަ މަންޒަރުތަކެއް ކަމަށް އިސްލާމިކް މިނިސްޓްރީންވެސް ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމީ ޝަރީއަތުގައި އައިސްފައިވާ އަދަބާއި އަހުލާގާ ފުށުއަރާ މަންޒަރު ސަންގު ޓީވީން މީޑިއާގައި އާންމުކުރި ކަމުގެ ޝަކުވާ މިނިސްޓްރީ އަށް ލިބިފައިވާ ކަމަށެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސަންގު ޓީވީން ދެއްކި، "ރޯހާ" ނަމަކަށް ކިޔާ ޑްރާމާ ސީރީޒްގެ އެޕިސޯޑެއްގައި ހިމެނޭ ގައިގޯޅި އަދި އިޖްތިމާއީ މިންގަނޑާއި ޚިލާފް މަންޒަރުތަކެއްގެ މައްސަލައެވެ.
ބްރޯޑް ކޮމްއިން ބުނެފައި ވަނީ އެ ޑްރާމާގެ މަންޒަރުތައް ބްރޯޑްކާސްޓް ކުރުމުގެ ސުލޫކީ މިންގަނޑާ ހިލާފަށް ބެލެވޭ ކަމަށާއި، އެހެން ނަމަވެސް އަދި އެ މައްސަލައިގައި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އެހެންކަމުން މައްސަލައިގެ ތަހުގީގު ނިމެންދެން ކޮންޓެންޓް ރައްކާކޮށްފައި ބެހެއްޓުމަށް ވެސް ސަންގު ޓީވީއަށް ވަނީ އަންގައިފައެވެ.ބްރޯޑްކޮމް އަށް ހުށަހެޅި ޝަކުވާއާ ގުޅިގެން ސަންގު ޓީވީން އެ ކޮމިޝަނަށް ޖަވާބުދާރީވުމަށް އެންގީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ 2:00 ގެ ކުރިން ލިޔުމަކުންނެވެ. އަދި ޖަވާބުދާރީ ނުވާ ނަމަ، ލިބިފައިވާ ހެކިތަކުގެ އަލީގައި މައްސަލަ ބަލައި ނިންމާނެ ކަމަށް ވަނީ އަންގައިފައެވެ.
ސަންގު ޓީވީން ދައްކާފައިވާ މި މަންޒަރު ތަކަކީ އިޖްތިމާއީ މިންގަނޑާއި ޚިލާފް މަންޒަރުތަކެއް ކަމަށްބުނެ، މީސްމީޑިޔާގައި ވަރަށް ގިނަ ބަޔަކުވެސް އަންނަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
ފުރަތަމަ ކަަަމަކަށް ޑްރާމާ ކުޅުންވެސް އިސްލާމީ މިންގަނޑު ތަކަށް ނުފެތޭ.. ދެން އޭގަ އެދައްކާ މަންޒަރުތައް ފެތޭނީ ކިހިނެތް ؟؟؟
ތިކަން ނޭގިގެން މިތިބީ ތިޔަމިިނިސްޓްރީގެ ބަހެއްނުލިބިގެން. އިސްލާމީ މިންގަޑާއި އެއްގޮތަށް ނުވަތަ އިސްލާމީ އުސޫލާއި އިސްލާމްދީނުގެ ހަމަތަކާއި އެއްގޮތަށް ކުޅެފައިވާ އެއްވެސް ފިލްމެއް ނުވަތަ ޑްރާމާއެއްނަމަވެސް އޮތިއްޔާމު މިނިސްޓަރު އެކަން ބުނެދިނުން ވަރަށް އެދެން.
ކޮޓަރިއަކުން ފެނިއްޖާ ހިފާގެންގޮސް އަދަބު ކަޑައަޅާ..
އެކަމަކު ފިލްމެއްގަތެރެއިން ކިތައްމެ ވަރަކަށް އޮޅުލިސް އެ އަސްލެއްނޫން..
މި ނިޒާމް ވޯޓުލައިން ތި ގާޢިމްކުރަނި...