ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީގެ ދަރިކަނބަލުން އަމްރާ އިނގިރޭސިވިލާތުގެ ލަންޑަންގެ ފާހާނާއެއްގެ ތެރޭގައި މިއަދު ތާށިވެއްޖެއެވެ.
މިނިސްޓަރ މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާހާނާގެ ދޮރު ނުހުޅުވިގެން ލަންޑަންގެ ފަޔާ ޑިޕާޓްމަންޓްގެ އެހީއަށް އެދުނު ކަމަށާއި އެހާދިސާ ރިޕޯޓް ކުރުމަށް ފަހު ފޯން ނުބޭއްވެނީސް ފަޔާ ޑިޕާޓްމަންޓުން އައިސް އަމްރާ ހުންނެވި ފާހާނާގެ ދޮރު ހުޅުވާފައި ކަމަށެވެ.
މިނިސްޓަރ މާރިޔާ ފަޔާ ޑިޕާޓްމަންޓްގެ މުވައްޒަފުން އަމްރާ އަށް އެހީވުމުގައި ދެއްކި ގާބިލްކަން ފާހަގަ ކުރައްވާ ލަންޑަންގެ ފަޔާ ބްރިގޭޑް އަށް ޝުކުރު އަދާކުރައްވާފައެވެ.
Amra got locked in the bathroom. Had to call the @LondonFire out. They came before we could put the phone down. Handled it so professionally. #OurHeroes #VeryImpressed Thank you very much @BlueLightWatch #LondonFireBrigade #WhiteChapel pic.twitter.com/XVadgJS3kg
— Mariya Didi 🎈 (@MariyaDidi) June 3, 2019
މިއަދު މިނިސްޓަރ މާރިޔާގެ ދަރިކަނބަލުން ސަލާމަތް ކޮށްދިނުމުގައި ލަންޑަންގެ ފަޔާ ބްރިގޭޑުން އާދަޔާއި ހިލާފަށް އަވަހަށް މަސައްކަތް ކުރި ނަމަވެސް ލަންޑަންގެ ފަޔާ ބްރިގޭޑްގެ މަސައްކަތް މާލަސްކަމަށް ބުނެ ފަހަކަށް އައިސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.
ލަންޑަންގެ ގްރީންފެލް ޓަވަރު އަނދައި ހުލިވެގެން ދިޔައިރު ވެސް ފަޔާ ބްރިގޭޑުން އެކަށީގެންވާ މަސައްކަތެއް ނުކުރި ކަމަށް ބުނާ މައްސަލައެއްގެ ތަޙްޤީޤު މިހާރު ވެސް ކުރިއަށް އެބަދެއެވެ.
ފޯނު ނުބޭއްވެނީހޭ... ބަލަ އެމީހިން އެކަހަލަ ކަމަކަށް ފޯނު ކޮށްފިއްޔާ ފޯނު ނުބާއްވާ ވާހަކަ ކުރިއަށް ގެންދަން ބުނާނެ އެމީހުންނަށް ދެވެންދެން އެތަނަކަށް، ، އެހެންވީމަ އެމީހުން 30 މިނިތް ފަހުން ދިޔައަސް ފޯނު ނުބެއްވެނީސް ތާ އެތަނަށް ދެވޭނީ ،
ރަގަނޅު ވާހަކައެއް
މަ ވެސް ދެން ނުބާއްވާނަން ފޯނެއް ފުލުސްކުދިން އައިމަ ނޫނީ.. ރަންކުރި ކުރީނުން ދެން ދުރަނަށް ހެދިފަ. ވ އިނގިރޭސީވެގެން. ހުއް..
ލަނަޑަން ގެ ފަޔަރ ބްރިގޭޑުންނަށް ޝުކުރު އަދާކުރަން އެނގިއްޖެ ދޯ.. މި ދިވެހިރާއްޖޭގެ ފަޔަރ ބްރިގޭޑުން އޭނާގެ އެންމެ ގާތުގައި ތިބެގެން ރެޔާއި ދުވާލު އެކުރާ މަސައްކަތް ނުފެނޭތަ.. އެކަންކމަށް ކީއްވެތަ ޝުކުރު ނުކުރަނީ.. މިތަނުގައި ކިރިޔާވެސް ކަމެއްވާ އިރަކަށް ފަޔަރ ބްރިގޭޑް މީހުންގެ ފަރުވާކުޑަ ކަމޭ ކިޔާފަ އެއްޗިހި ގޮވާލާނީ.. ދުވަހަކުވެސް ރަނގަޅު ކަމެއް ނުކޮށްދެވޭ.. ??
މާރިއާގެ ހުރި އަމިއްލަ އެދުން ބޮޑުކަން ދޯ... ދަރިވީމަ ލަންޑަނަށް ތެންކްސް.. އެކަމަކު އިހަކަށް ދުވަހު އެރޯވި ސީއެޗްއެސް ފުރަގަހުގައި ހުންނަ ގޭގައި އުޅޭ އެންމެން ސަލާމަތް ކުރަން މަސައްކަތް ކުރި ފުލުހުންނާ ސިފައިންނަށް ނޯ ތެންކްސް... ކަޅުދުން ބޮއެގެން ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ހާލު ބަލާލާކަށެއްވެސް އެންމެ ކުޑަމިނުން ނުދޭ...
އެއީވެސް އެމީހުންގެ ފަރުވާކިޑަކަމުންވީ ކަމެކޭ.. އެހެންވީމަ ނުދާނެ އެންނު.. ބޮޑެތި މަޤާމުތަކުގައި މިމީސްމީހުން ތިބެގެން ހުރިހާ ހުރިހާ ބުރައަކާއި ތަކުލީފަކާއި ފުރާނަ އަތަށް ލައިގެން ގޮސް އެހެންމީހުންގެ ފުރާނަ ސަލާމަތް ކޮށްދިނީމައި ސާބަސް ވެސް މިމީހުންނަށް.. އެކަމަކު ކަމެއް ނުވެއްޖެ ޙާލަތެއްގައި އެއީ އެތަނަކަށް ދިޔަ ފަޔަރ ބްރިގޭޑުންގެ ފަރުވާކުޑަކަން .. މިއީވެސް މާތްﷲ ހައްދަވާފައި ތިބި އިންސާނުންނޭ އެއްފަހަރުވެސް ހިތައްނާރާ އެއްޗެއް ބުނާއިރު..
ތިޔަ ހާދިސާއައް ހޮލީވުޑު ފިލުމެއް ކުޅެންވީނުން..
މާރިޔާގެ ދަރި މަޝްހޫރުމިވީ ފާޙާނާ ތާށިވި މީހެއްގެ ގޮތެްތާ އެހެންވީމަ ތިވެސް ގޮތެއް
އަހަރެން ހަނދާނަށް އަންނަނީ ދިވެހި ސިފައިންނަށް ހިތްވަރު ދިނުމުގެ ބަދަލުގައި އިންޑިޔާ އަށް ރާއްޖެ ހިފިދާނެ ކަމަށްބުނެ ދެއްކިވާހަކަ.
ސަމީ އަށް އީދު މުބާރަކް އާއި ވެދުން. މާރިޔާ ބޭނުންފުޅު ކުރައްވާފައި އެއޮތީ މަޖާޒީ ބަހެއް. ފާޑު ވިދާޅުވުމުގެ ކުރިން ކުޑަކޮށް ވިސްނާ ވަޑައިގަތުން ވަރަށް ރަނގަޅުވާނެ !!!
ފާޚާނާގެ ދޮރު ގެ ތަޅު އަނބުރަން ވީ ފަރާތް ހަދާން ނުވެގެން ޕެނިކް ވީބާ.
އެއީވެސް ފާޑެއްގެ އިޝްތިހާރެއް ކޮށްލީ.މިކަހަލަ ކަންކަމަށް އެކަމަނާމެން ވަރަށްމޮޅުވާނެ. ތުއްތުކުދިންނަކަށް މިކަހަލަކަންތައްތަކުގެ ސިއްރެއް ނޭނގޭނެ!!!
އާނ! ތިޔަފާޑުގެ މީހުންގެ ގޮތް ކައިރީ ތިބި މީހުންނަށް ޝުުކުރު ކުރަން ނޭނގޭއިރު ދުރު ތިބިންނަށް ކަންދައްކަން ތިވަރެއްނެތްދޯ
މާރިޔާ މެން ފޮނުވި މީހެއް ނަމަ ޓޮއިލެޓު ތަޅާލާނީ
ގޭގެ ފަަހާނާ ނުހުޅުވިއްޖިއްޔާ ދެން ހުރިހާ އެންމެންވެސް ރާއްޖޭގެ އަލިފާން ނިއްވާ މީހުންނަށް ގުޅާތި
މީދެން ހަބަރެއްތަ ބޯހަލާކު މިގައުމްގައި ހިނގާ މާބޮނޑެތިކަންތައް ހަބަރައްނާރަ އެބަދޭ
މިއީވެސް ޚަބަރެއް؟