މަތީތައުލީމު ލިބިގަތުމަށް ބޭނުންވާ އެންމެހާ ފަރާތްތަކަށް ހާއްސަކޮށް ހުޅުވާލި ދަރިވަރުންގެ ލޯނުގެ ބާކީ ހުސްކޮށް ތިބި ފުރުސަތަށް ހުޅުވާލާ އިރު ހުޅުވާނީ ދަރިވަރުން ބޭނުން ކޮންމެ ގައުމަކަށް ކިޔަވަން ދިއުމުގެ ފުރުސަތު ލިބޭގޮތަށް ކަމަށް ހަޔާ އެޑިޔުކޭޝަންގެ އުސޫލު ބަދަލު ކޮށްފިއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންވަނީ އެކަން އިއުލާނު ކޮށްފައެވެ. މީގެ ކުރިން ކިޔަވަން ލޯނު ހަަޖެހޭނީ ކަނޑައަޅާފައިވާ ގައުމަކަށް ދާނަމައެވެ.
އެގޮތުން ބަލާއިރު ކުރިންހަމަ ޖެހިފައިވާ ގައުމުތަކަކީ ފިލިޕީންސް، ތައިލެންޑް، ޗައިނާ، ކިރްގިސްތާން، އަޒަރްބައިޖާން، ޔޫކްރޭން، ޗެކްރިޕަބްލިކް، ރަޝިއާ އަދި ސާކްގެ ގައުމުތަކެވެ.
މިހާރު ގެނެސްފައިވާ އުސޫލުތަކުގެ ދަށުން ކޮންމެ ގައުމެއްގައި ކިޔަވަން ބޭނުންވި ނަމަވެސް، ލޯނަށް އެދި ހުށަހެޅޭނެއެވެ.
މިނިސްޓަރ ޕީއެސްއެމްގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ބޭނުން ގައުމަކަށް ކިޔަވަން ދާން ލޯނު ހަމަޖެހުނު ކަމުގައިވިސް އިތުރު ހަރަދެއް ހިނގާނަމަ ޒިންމާވާން ޖެހޭނީ ދަރިވަރުންކަމުގައެވެ.
ހަޔަ އެޑިޔުކޭޝަން މިނިސްޓްރީއަށް ވަނީ ގިނަގުނަފާޑުކިޔުންތަށް އަމާޒުވެފައެވެ. ސަބަބަކަށް ވެފައިވަނީ ލޯނަށް އެދި ހުށައެޅި 900 ވަރަކަށް ދަރިވަރުންގެ ތެރެއިން މަދު ދަރިވަރަކަށް ލޯނު ހަމަޖެހުމުންނެވެ.
ބޭރުގެ ގައުމުތަކަށް ކިޔަވަންދާން ބޭނުންވާ ފަރާތްތަކަށް ދަރިވަރުންގެ ލޯނުގެ ނަމުގައި ޖުމްލަ 242 ފުރުސަތެއް ހުޅުވާލިއިރު ލޯނު ހަމަޖެހުނީ އެންމެ 79 ފަރާތަކަށެވެ. ލޯނަށް އެދި 993 މީހުންވަނީ ފޯމުލާފައިވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެފައިވަނީ އެހާބައިވަރު ފޯމްތަށް ޑިސްކޮލިފައިވެފައިވަނީ ހުށަހަޅަން ޖެހޭބައެއް ލިޔުންތަށް މަދުވުމާއި އުސޫލާއި ހިލާފުވެފައިވާތީ ކަމަށެވެ. އަދި ލޯނުގެ ބާކީއޮތް 163 ޖާގައަށް މިހަފުތާގައި ފުރުސަތު ހުޅުވާލާނެކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ކުރިން ލޯނަށް އެދި ނުހޮވުނު ދަރިވަރުންނަށް ލުއި ގޮތެއް ހޯދައިދިނުމަށް މިނިސްޓްރީގެ "މައިއެޑިއުޕޯޓަލް" މެދުވެރިކޮށް އެޕްލިކޭޝަން އެޑިޓުކޮށް ފޯމު ހުށަހެޅޭނެއެވެ.
ކަޑަ މީތި...
ޕެންޝަން ފަންޑުން ހައްޖަށް ދެވޭގިތަށް އުތަ ލޯނު ތި ހަޖައްސާލަދެނީ، ގަދަ ކަލޭ
ކެމްޕެއިން ކުރައްވަމުން އިބޫ ސޯލިހް ގައިމު ވިދާޅުވީ ދުނިޔެއިން ބޭރުންވެސް ކިޔެވުމުގެ ފުރުސަތު އޮންނާނެޔޭ...
ޕެންޝަންފަންޑުން ޙައްޖައްދިއުން ތިޔައީ ހަމަ ލޮލޮގަ އެޅުވި އަނދުނެއް